ކ. މާލެ
|
30 އޯގަސްޓް 2017 | ބުދަ 23:51
2017 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއިން
2017 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއިން
އަލްއަރަބިއްޔާ
ހައްޖު 1438
4 ހޮސްޕިޓަލާއި 46 ހެލްތް ސެންޓަރު އަރަފާތު ދުވަހަށް ތައްޔާރުވެފައި
 
މިނާގައިވެސް ސިއްހީ ޚިދުމަތްތައް ހުރީ ފުރިހަމަ އަށް ކަމަށް އޮފިޝަލުން ހާމަކޮށްފައިވޭ

ހައްޖުގެ އެންމެ މުހިންމު ދުވަސް ކަމުގައިވާ އަރަފާތު ދުވަހަށް ދެ މިލިއަނަށް ވުރެ ގިނަ ހައްޖުވެރިން އަރަފާތު ބިމަށް ބުރާސްފަތި ދުވަހު ޖަމާވާއިރު، ސިއްހީ ޚިދުމަތުގެ ކަންކަން ހަމަޖެއްސުމަށް 4 ހޮސްޕިޓަލާއި 46 ހެލްތް ސެންޓަރު ތައްޔާރު ކުރެވިފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، އަރަފާތުގައި ހުރި ހޮސްޕިޓަލް ތަކާއި ހެލްތް ސެންޓަރުތަކުގައި ބޭނުންވާ ހުރިހާ ސާމާނެއް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ 4 ހޮސްޕިޓަލުގައި 600 އެނދު ހުންނާނެ ކަމަށެވެ. އޭގެ އިތުރުން އޮޕަރޭޝަން ތިއޭޓަރާއި، ޚާއްސަ ކްލިނިކްތައް ހޮސްޕިޓަލުތަކުގައި ހުންނާނެ ކަމަށެވެ. މީގެ އިތުރުން ފާމަސީތަކާއި، އިމަޖެންސީ ވާރޑާއި، އިންޓެންސިވް ކެއަރ ޔުނިޓްތަކާއި، ސަންސްޓްރޯކް އަށް ފަރުވާ ދިނުމަށް ޚާއްސަ އިންތިޒާމްތައް ހަމަޖެހިފައިވާ ހުންނާނެ ކަމަށެވެ.

ހައްޖުގެ ފުރަތަމަ ދުވަހު ހައްޖުވެރިން މިނާގައި ތިބި އިރުވެސް ސިއްހީ ޚިދުމަތްތައް ހުރީ ރަނގަޅަށް ހަމަޖެހިފައި ކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ. މިނާގައި 250 އެނދުގެ ހޮސްޕިޓަލްގެ ޚިދުމަތުގެ އިތުރުން، އަވަސް ފަރުވާ ދިނުމަށް ބޭނުން ކުރާ އެއަރކްރާފްޓްތައް ހުންނާނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް