ކ. މާލެ
|
30 އޯގަސްޓް 2017 | ބުދަ 13:33
ނިރަޖް ވޯރާ
ނިރަޖް ވޯރާ
ގެޓީ އިމޭޖަސް
ނިރަޖް ވޯރާ
ނިރަޖް ވޯރާ ކޯމާގައި އޮންނަތާ 10 މަސް
 
24 ގަޑިއިރު އޭނާއަށް ފަރުވާދިންކަމުގައި ވިއަސް އޭނާގެ ސިއްހަތު ރަނގަޅު ނުވޭ

ޑައިރެކްޓަރ ނިރަޖް ވޯރާ ކޯމާގައި އޮންނަތާ 10 މަސްވެއްޖެއެވެ. ނިރަޖް ވޯރާ ކޯމާއަށް ލާފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި  އޭނާއަށް ޖެހުނު ހާޓްއެޓޭކާއި ގުޅިގެންނެވެ.އޭރު އޭނާ ދިޔައީ "ހީރާ ޕެރީ3" ގެ ޑައިރެކްޝަން ކުރިއަށް ގެންދަމުންނެވެ.

އޭނާ ކުރިން  އޮތީ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް(އެއިމްސް) ގައެވެ. އެހެން ނަމަވެސް ފަހުން އޭނާ ވަނީ އޭނާގެ އެކުވެރި ފީރޯޒްގެ ގެއަށް ބަދަލު ކޮށްފައެވެ. އެހެން ނަމަވެސް 24 ގަޑިއިރު އޭނާއަށް ފަރުވާދިން ކަމުގައި ވިއަސް އޭނާގެ ސިއްހަތު ރަނގަޅު ނުވާ ކަމަށް ބުނެފައިވެއެވެ.

ނިރަޖް ކޯމާއަށް ދިއުމުގެ ސަބަބުން "ހީރާ ޕެރީ3" ގެ މަސައްކަތް މިއަދާއި ހަމައަށް ވެސް އޮތީ ހުއްޓިފައެވެ.  އޭނާއަކީ ކުޅަދާނަ އެކްޓަރެއް ވެސް މެއެވެ. އަދި އޭނާ ވަނީ ޑައިރެކްޓް ކުރުމުގެ އިތުރުން ފިލްމުތަކުގެ ސްކްރިޕްޓް ވެސް ލިޔެފައެވެ.

އޭގެ ތެރޭގައި "ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ" އަކީ ފާހަގަ ކޮށްލެވޭ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް