ކ. މާލެ
|
30 އޯގަސްޓް 2017 | ބުދަ 11:35
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް އަސްަކަރީ ބާރުދެއްކުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް އަސްަކަރީ ބާރުދެއްކުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން
ރޮއިޓަރސް
އުތުރު ކޮރެއާ މައްސަލަ
އުތުރު ކޮރެއާ އިން މިސައިލް ހަމަލާ ދިނުން ހުއްޓާލާ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލަން ޖެހޭ: އދ ގެ ސެކިޔުރިޓީ ކައުންސިލް
 
އދ ގެ ސެކިޔުރީޓީ ކައުންސިލުން ކުއްލި ބަައްދަލުވުމެއް ބޭއްވީ އުތުރު ކޮރެއާ އިން ޖަޕާނު ސަރަހައްދުން ފޮނުވާލި މިސައިލް އަކާ ގުޅިގެން

އުތުރު ކޮރެއާ އިން މިސައިލްތައް އުދުއްސާލުން ހުއްޓާލުމަށާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އދ ގެ ސެކިޔުރިޓީ ކައުންސިލުން އުތުރު ކޮރެއާ އަށް ގޮވާލައިފިއެވެ. 

އުތުރު ކޮރެއާ އިން އަންގާރަ ދުވަހު ޖަޕާނުގެ އުތުރު ސަރަހައްދު ހުރަސްކޮށް ފޮނުވާލި މިސައިލް އާއި ގުޅިގެން އދ ސެކިޔުރިޓީ ކައުންސިލުން އަންގާރަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނީ އުތުރު ކޮރެއާ އިން ޖަޕާނު ސަރަހައްދު ހުރަސްކޮށް މިސައިލް ފޮނުވާލުމަކީ "އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި" އުުތުރު ކޮރެއާ އިން މިހާރުން މިހާރަށް ހަމަނުޖެހުން އުފެދޭ ކަަންކަމުން ދުރުވުމަށް ގޮވާލާ ކަމަށެވެ. 

އދ ގެ ސެކިޔުރިޓީ ކައުންސިލުގެ 15 މެމްބަރުންގެ އިއްތިފާގުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ އެ ކައުންސިލުން "ސުލްހަވެރި، ޑިޕްލޮމެޓިކް އަދި ސިޔާސި  ހައްލެއް" އުުތުރު ކޮރެއާ މައްސަލައަށް ބޭނުންވާ ކަމަށެވެ. 

އދ ގެ ސެކިޔުރިޓީ ކައުންސިލުން އޯގަސްޓް މަހު ވަނީ އުތުރު ކޮރެއާ އާ ދެކޮޅަށް، އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.  އދ ގެ ސެކިޔުރިޓީ ކައުންސިލުން ވަނީ 2006 އިން ފެށިގެން އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައެވެ. 

އުުތުރު ކޮރެއާ އިން އަންގާރަ ދުވަހު ފޮނުވާލި މިސައިލް ވެއްޓިފައި ވަނީ ޖަޕާނުގެ އުތުރުގައިވާ ރަށެއް ކަމުގައިވާ ހޮކައިޑޯގެ އިރުމަތިން 1180 ކިލޯމީޓަރު ބޭރަށެވެ. މިސައިލް ވެއްޓިފައި ވަނީ ވައިގެ ތެރޭގައި މިސައިލް ގޮވައި ތިން ބަޔަށް ބައިބައިވެގެން ކަމަށް ޖަޕާނާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެއެވެ.

އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންޔަންގް އާއި ދުރުނޫން ހިސާބެއްގައި އޮންނަ ސުނާން ކިޔާ ސަރަހައްދަކުން އުދުއްސައިލި މި މިސައިލް ވެއްޓިފައި ވަނީ އެ މިސައިލް ވައްޓާލުމަށް ޖަޕާނުން ފިޔަވަޅެއް ނާޅަނީސް ކަމަށް ޖަޕާނުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
30 އޯގަސްޓް 2017 | ބުދަ 15:39
USA nuclear ok
އަޖައިބެއްތީ