ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 15:27
ޕްލާސްޓިކް ކޮތަޅު ކެންޔާގައި މަނާ ކުރީ ހޯމަ ދުވަހުން ފެށިގެން
ޕްލާސްޓިކް ކޮތަޅު ކެންޔާގައި މަނާ ކުރީ ހޯމަ ދުވަހުން ފެށިގެން
ގޫގުލް
ކެންޔާ
ކެންޔާގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަނާކޮށްފި
 
އެފްރިކާގެ ބައެއް އެހެން ގައުމުތަކުގައި ވެސް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާކޮށްފައިވޭ، އޭގެތެރޭގައި މާލީ، ކެމަރޫން، ޓެންޒޭނިއާ ހިމެނޭ
 
ޕްލާސްޓިކް ކޮތަޅު މަނާ ކުރުމުގެތެރޭގައި ހިމެނެނީ އެ ބޭނުން ކުރުމާއި، އުފެއްދުމާއި، އަދި ޕްލާސިޓިކް ގައުމަށް އެތެރެ ކުރުން

ކެންޔާގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުުރުން ހޯމަ ދުވަހުން ފެށިގެން މަނާކޮށްފިއެވެ

އެގޮތުން ޕްލާސްޓިކް ކޮތަޅު ދެން އެއްވެސް ފަރާތަކުން ބޭނުންކޮށްފި ކަމަށްވާނަމަ 38،000 ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮންނާނެއެވެ. ނުވަތަ ހަަތަރު އަހަރަށް ޖަލު ބަންދުގައި ބެހެއްޓުމުގެ ފުރުސަތު އޮންނާނެއެވެ. ކެންޔާ ސަރުކާރުން ބުނާ ގޮތުން ޕްލާސްޓިކް ކޮތަޅު މަނާކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ މަދުވެގެން 19،000 ޑޮލަރުގެ ޖޫރިމަނާ އަކާ ކުރިމަތިލާން ޖެހޭނެއެވެ. ނުވަތަ މަދުވެގެން އެއް އަހަރު ދުވަހުގެ ޖަލު ބަންދަކާއި ވެސް ކުރިމަތިލާން ޖެހިދާނެއެވެ. 

ކެންޔާގައި ޕްލާސްޓިކް ކޮތަޅު މަނާ ކުރުމުގެތެރޭގައި ހިމެނެނީ އެ ބޭނުން ކުރުމާއި، އުފެއްދުމާއި، އަދި ޕްލާސްޓިކް ގައުމަށް އެތެރެ ކުރުމެވެ. އަދި  ޕްލާސްޓިކް ކޮތަޅު މަނާ ކުރުމުގެ ތެރޭގައި، ސިނާއީ ބޭނުންތަކަށް ޕްލާސްޓިކް ކޮތަޅު އުފެއްދުން ނުހިމެނެއެވެ. 

ޕްލާސްޓިކް ކޮތަޅު ކެންޔާގެ ވެރިރަށް ނައިރޯބީގެ މަގުތަކުގައި ގިނަ އަދަދަކަށް ކުނީގެ ގޮތުގައި ހުރެއެވެ. އަދި ކުނި އުކާ ސައިޓުތަކުގައި ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު އުކާފައި ހުރެއެވެ. 

އދ ގެ އެންވަޔަރަމަންޓަލް ޕްރޮގްރާމް އިން ހާމަކުރާ ގޮތުގައި ހަމައެކަނި ކެންޔާގެ ސުޕަމާކެޓުތަކުގައި އެކަނިވެސް އަހަރަކު 100 މިލިއަން ޕްލާސްޓިލް ކޮތަޅު ކަސްޓަމަރުންނަށް ދެއެވެ. 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް