ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 11:45
ކަރީނާ ކަޕޫރާއި ސައިފް އަލީޚާން އަދި ތައިމޫރު
ކަރީނާ ކަޕޫރާއި ސައިފް އަލީޚާން އަދި ތައިމޫރު
ބޮލީވުޑް ހަންގާމާ
"ވީރޭ ދި ވެޑިން"
"ވީރޭ ދި ވެޑިން"ގައި ތައިމޫރު ނުފެންނާނެ: ކަރީނާ
 
ކަރީނާ ޝޫޓިންއަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ދާނީ ތައިމޫރު ގޮވައިގެން

"ވީރޭ ދި ވެޑިން" ގައި ކަރީނާ ކަޕޫރުގެ ދަރިފުޅު ތައިމޫރު އަލީ ޚާން އެއް ނުފެންނާނެކަމަށް ކަރީނާ ބުނެފިއެވެ. ކަރީނާ މިހެން ބުނެފައިވަނީ ތައިމޫރު "ވީރޭ ދި ވެޑިން" ގައި ފެނިގެންދާނެކަމަށް އަޑުތައް ފެތުރުމުންނެވެ.

ކަރީނާގެ ސްޕޯކްސްޕާސަން ބުނެފައިވަނީ އެއީ ދޮގެއްކަމަށާއި އަދި ތައިމޫރު ފިލްމުތަކުން ނުފެންނާނެކަމަށެވެ.

ކަރީނާ ވިހެއުމަށްފަހު އެންމެ ފުރަތަމަ ފިލްމަކުން ފެންނާނީ "ވީރޭ ދި ވެޑިން" އިންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކަރީނާ ޝޫޓިންއަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ދާނީ ތައިމޫރު ގޮވައިގެންނެވެ.

ކަރީނާ ވިހެއިތާ ހަތް މަސްދުވަސްވެފައިވާއިރު އޭނާ ވަނީ މި ފިލްމު ކުޅުމަށް ހަށިގަނޑު ކުރިން ހުރި ބައްޓަމަށް ރުޖޫއަ ކޮށްފަ އެވެ. 

"ވީރޭ ދި ވެޑިން" ގެ ޝޫޓިން ވީއެންމެ އަވަހަކަށް ފެށުމަށް ފިލްމުގެ ޕްރޮޑިއުސަރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
0%
0%
0%
0%
0%
ކޮމެންޓް