ކ. މާލެ
|
26 އޯގަސްޓް 2017 | ހޮނިހިރު 17:30
މަސްޖިދުލް ހަރާމަށް މިދިޔަ ހުކުރު ނަމާދަށް މީހުން ޖަމާވަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެއް
މަސްޖިދުލް ހަރާމަށް މިދިޔަ ހުކުރު ނަމާދަށް މީހުން ޖަމާވަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެއް
އޮކާޒް
ހައްޖު 1438
ހައްޖުން ދޭން ޖެހޭ މެސެޖަކީ އެއްބައިވަންތަކަން: ހަރަމްފުޅުގެ އިމާމް
 
މަސްޖިދުއް ހަރާމަށް 1.5 މިލިއަން މުސްލިމުން ހުކުރު ނަމާދަށް ދިޔަ

ހައްޖުގެ އަޅުކަމުގެ ތެރެއިން މުސްލިމުން ދޭން މެސެޖަކީ މުސްލިމް އުއްމަތުގެ އެއްބައިވަންތަކަން ކަމުގައި ހަރަމްފުޅުގެ އިމާމް އަދި ޚަތީބު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު މަސްޖިދުލް ހަރާމްގައި އިއްވި ޚުތުބާގައި ބުނެފައިވަނީ މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދުމަކީ މުސްލިމުން ފަހަތައް ދާނެ ކަމެއް ކަމުގައެވެ.

"މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދުމުން ގޮސް ވެއްޓެނީ ޖާހިލިއްޔަ ޒަމާނަށް، އަދި މުސްލިމުންގެ މެދުގައި ހުންނަ ތަފާތުތައް ރަމްޒްކޮށްދެނީ އަނދިރި ޒަމާން" އިމާމް ވިދާޅުވިއެވެ.

މާފު ކުރުމާއި، ލޯތްބާއި، އުޚުއްވަތްތެރި ކަމާއި، ހަމަހަމަ ކަމާއި، އެހެން މީހުންގެ ކަންކަމަށް އިހްތިރާމް ކުރުން ފަދަ މުސްލިމުންގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކުގެ މުހިންމު ކަމުގެ މައްޗަށްވެސް ޚުތުބާގައި އަލިއަޅުއްވާލެއްވިއެވެ. އިމާމް ވިދާޅުވީ މާފް ކުރުމުގެ ތެރެއިން މުސްލިމުންގެ މެދުގައިވާ ދެބަސްވުންތައް ނައްތާލަންޖެހޭ ކަމަށެވެ.

ހައްޖުގެ ސިއާރަކަށް ވާންޖެހޭނީ ހަމައެކަނި ﷲ ގެ އެއްކައުވަންތަ ކަމާއި ރަސޫލާގެ ސުންނަތް ކަން ހައްޖުވެރިންނަށް އިމާމު ހަނދާން ކޮށް ދެއްވިއެވެ. އިމާމު ވިދާޅުވީ ހައްޖުގެ އަޅުކަމުގެ މަގްސަދާ ޚިލާފް އެއްވެސް ކަމެއްގެ ތެރެއަށް ހައްޖުވެރިން ވަދެގެން ނުވާނެ ކަމަށެވެ.

މަސްޖިދުލް ހަރާމްގައި ކުރި ހުކުރު ނަމާދުގައި 1.5 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް