ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 22:30
އޮށްގައު އުކުމުގެ ފެސްޓިވަލްގައި ދެ އަވަށުގެ ވާދަވެރިން ކޯރުގެ ދެފަރާތުގައި ތިބެގެން ގައު އުކަނީ
އޮށްގައު އުކުމުގެ ފެސްޓިވަލްގައި ދެ އަވަށުގެ ވާދަވެރިން ކޯރުގެ ދެފަރާތުގައި ތިބެގެން ގައު އުކަނީ
ނިއުސްލަޔަންސް
އޮށްގައު އުކުމުގެ ފެސްޓިވަލް
އޮށްގައު އުކުމުގެ ސަގާފީ ފެސްޓިވަލްގައި 400 މީހުން އިންޑިއާގައި ޒަޚަމް ވެއްޖެ
 
މީހުންނަށް ލިބޭ ގެއްލުން ކުޑަ ކުރަން ގަލުގެ ބަދަލުގައި ރަބަރުބޯޅަ ތައާރުފް ކުރަން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައި

ވާދަވެރި ދެ ވިލެޖްގެ ދެމެދުގައި ކޮންމެ އަހަރަކު އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ޗިންދްވާރާ ޑިސްޓިރިކްޓްގެ ޕަންދުރުނާގައި ބާއްވަމުން އަންނަ އޮށްގައު އުކުމުގެ މި އަހަރުގެ ހަރަކާތުގައި 400 ށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

މި އަހަރުގެ މި ހަރަކާތް އޮތީ މިދިޔަ ހަފްތާ ބަންދުގައެވެ.

އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި ފެސްޓިވަލް ކޮންމެ އަހަރަކުވެސް ނިމިގެންދަނީ ބައެއް މީހުން މަރުވެ އަދި ގިނަ އަދަދެއްގެ ބަޔަކު ޒަހަމް ވެގެންނެވެ.

ހަރަކާތް ފަށަނީ، ޕަންދުރްނާ އަވަށުގެ މީހުން ޖާމް ކޯރުގެ އެއް ފަރާތުގައި އެތުރޭ އިރު ސަވަރުގޮން އަވަށުގެ މީހުން ކޯރުގެ އަނެއް ފަރާތުގައި އެތުރުމުންނެވެ.

އެހިސާބުން އެއްބަޔަކު އަނެއް ބަޔަކާ ދިމާލަށް އޮށްގައު އުކަން ފަށައެވެ. ފެސްޓިވަލްގައި މޮޅުވަނީ އޮށްގައު އުކަމުން ގޮސް ކޯރުގެ މެދުގައި ހަރުކޮށްފައި ހުންނަ ދިދައެއް ނަގައިގެން ގެންދެވޭ އަވަށެއްގެ ބަޔެކެވެ.

ފެސްޓިވަލް ފެށުމުގެ ކުރިން، ކޯރުގެ އައްސޭރީގައި އޮފިޝަލުން ފަސްޓް އެއިޑް ކޭމްޕް ޖަހައެވެ.

ފެސްޓިވަލް ފެށުމުގެ އެއްދުވަސް ކުރިން އެ ސަރަހައްދުގައި މަސްތުވާ އެއްވެސް ބާވަތެއްގެ އެއްޗެއް ވިއްކުން ފުލުހުން މަނާ ކުރެއެވެ. އަދި އޮށްގައު ނޫން ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވިދާނެ އެހެން އެއްވެސް އެއްޗެއް ބޭނުން ކުރުން އޮންނަނީ މަނާކޮށްފައެވެ.

މި ފެސްޓިވަލް އިން ދެ އަވަށުގެ މީހުންނަށް ލިބޭ އަނިޔާ ކުޑަކުރުމުގެ ގޮތުން އޮށްގަލުގެ ބަދަލުގައި ރަބަރު ބޯޅަ ތައާރަފް ކުރުމަށްވެސް އޮފިޝަލުން މަސައްކަތް ކުރި ނަމަވެސް ބައިވެރިން އެކަމާ ދެކޮޅު ހެދުމުން އެކަންވަނީ ކާމިޔާބު ނުވެފައެވެ.

ފެސްޓިވަލްގެ ބައިވެރިޔަކު ޒަހަމް ވެގެން ފަރުވާ ދިނުމަށް ގެންދަނީ

މިކަން ފެށިފައިވަނީ، ސަވަރުގޮން އަވަށުގެ ފިރިހެން ކުއްޖަކު ކޯރު ހުރަސްކޮށް ފަތާފައި ގޮސް ޕަންދުރުނާ އަވަށުގެ އޭނާގެ ލޯބިވެރިޔާ ގޮވައިގެން އަންނަން އުޅެނިކޮށް ސަވަރުގޮން މީހުންނަށް ފެނުމުން، އެ ދެލޯބިވެރިންނާ ދިމާލަށް ސަވަރުގޮންގެ މީހުން ނުކުމެ ގައު އުކި ހާދިސާ އާ ގުޅިގެން ކޯރުގެ މެދުގައި އެ ދެމީހުން މަރުވުމުން އެކަން ފާހަގަ ކުރުމުގެ ގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
67%
33%
0%
ކޮމެންޓް