ހޮނިހިރު 24 އޮކްޓޯބަރ 2020
07 ހެއި
1442 ރަބީއުލް އައްވަލް 07
ފަތިސް 04:36
އިރުއަރާ 05:49
މެންދުރު 11:54
އަސްރު 15:11
އިރުއޮއްސޭ 17:52
އިޝާ 19:05
ހައްޖު 1438

އިންޑޮނީޝިއާ ހައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި މަދަހަ ކިޔާ ވީޑިއޯ އެއް ވައިރަލް ވެއްޖެ

  • މިއަހަރުގެ ހައްޖުގައި ބައިވެރިވާ އުމުރުން އެންމެ ދޮށީ މީހަކީވެސް އިންޑޮނީޝިއާ ރައްޔިތެއް

ކ. މާލެ | 23 އޯގަސްޓް 2017 | ބުދަ 21:51 | 4,041

އިންޑޮނީޝިއާގެ ހައްޖުވެރިންގެ ބޮޑު ގުރޫޕެއް ޖިއްދާ އެއަރޕޯޓުގައި - ޓްވިޓަރ

އެތައް ސަތޭކަ އިންޑޮނީޝިއާގެ ހައްޖުވެރިން ޖިއްދާ އެއަރޕޯޓަށް ފޭބުމާއެކު އެއަރޕޯޓުގެ އެރައިވަލް ހޯލްގައި އެއް އަޑުން މަދަހަ ކިޔަމުން ދަނިކޮށް ނަގާފައިވާ ވީޑިއޯ އެއް ސޯޝަލް މީޑިއާ ގައި ވައިރަލް ވެއްޖެއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް އާދެވެމުން އެމީހުން އުފަލުންތިބި ވަރު މި ވީޑިއޯއިން ހާމަވެއެވެ.

ހައްޖުގެ އަޅުކަން އަދާކުރަން މިހާތަނަށް އެކި އެކި ގައުމުތަކުން 1.3 މިލިއަން މީހުން ބުދަ ދުވަހުގެ ނިޔަލަށް އައިސްފައިވާ ކަމަށް ސައުދީ ރަސްމީ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. މިއަހަރު ހައްޖުވުމަށް ބޭރު ގައުމުތަކުން އައި މީހުންގެ އަދަދު 25 އިން ސައްތަ މިދިޔަ އަހަރާ އަޅާ ބަލާއިރު މައްޗަށް ގޮސްފައިވާ ކަމަށްވެސް ސައުދީ އަރަބިއްޔާއިން ހާމަކޮށްފައިވެއެވެ.

މިއަހަރު ހައްޖުވުމަށް ބޭރު ގައުމުތަކުން އައި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން އެންމެ ދޮށީ މީހަކީވެސް އިންޑޮނިޝިއާގެ ރައްޔިތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.