ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 15:20
"ޖުޅްވާ2"ގެ ޕޯސްޓަރ
"ޖުޅްވާ2"ގެ ޕޯސްޓަރ
ގެޓީ އިމޭޖަސް
"ޖުޅްވާ2"
"ޖުޅްވާ2"ގެ ޓްރެއިލާ 14 މިލިއަން މީހުން ބަލައިފި
 
ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު

މިމަހުގެ 21 ވަނަ ދުވަހު ނެރުނު "ޖުޅްވާ2" ގެ ޓްރެއިލާ 14 މިލިއަން މީހުން ބަލައިފިއެވެ.

ވަރުން ދަވަން އާއި ޖެކްލީން ލީޑު ރޯލުން ފެނިގެންދާ "ޖުޅްވާ2" އަކީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓް ކޮށްފައިވާ ފިލްމެވެ. 

މި ފިލްމުގެ ޓްރެއިލާ ނުކުތުމާއެކު އެތަކެއް ބައެއްގެ  ތައުރީފު ދަނީ މި ޓްރެއިލާއަށް އޮހެމުންނެވެ. އަދި އޮންލައިންކޮށް މި ޓްރެއިލާ ބެލި މީހުންގެ އަދަދު 14 މިލިއަނަށް ވުރެ ކުރިއަށް އޮތްތާގައި ގިނަވާނެ ކަމަށް މިޓްރެއިލާއަށް ތައުރީފު ކުރަމުންދާ ފަރާތްތަކުން ބުނެއެވެ.

"ޖުޅްވާ2" އަކީ މީގެ 20 އަހަރު ކުރިން ޑޭވިޑް ސަލްމާނާއެކީ ހެދި ފިލްމު "އުޅްވާ" ގެ ދެވަނަ ބައެވެ. އެފިލްމަށް ވެސް ބެލުންތެރިންގެ ތަރުހީބެއް ލިބުނެވެ.

"ޖުޅްވާ2" ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް