ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 14:58
ޖެކްލިން
ޖެކްލިން
ގެޓީ އިމޭޖަސް
ޖެކްލިން
"ރޭސް3" އިން ޖެކްލިން ވެސް ފެންނާނެ
 
"ރޭސް" ގެ ފުރަތަމަ ފިލްމު ނެރެފައި ވަނީ 2008 ވަނަ އަހަރުގައި

ފިލްމު ސީރީޒް 'ރޭސް'ގެ ތިން ވަނަ އިންސްޓޯލްމަންޓުގައި ސަލްމާން ޚާންއާއި އެކު ފެންނާނެ އަންހެން ތަރިއަކީ ޑެއިޒީ ޝާހު ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

ސަލްމާންޚާނާއި އެކު ޑެއިޒީ ޝާހު ފެންނާނެ ކަމަށް އަޑު ފެތުރިފައިވަނިކޮށް އެ ދެތަރިންނާއެކީ ފިލްމީ ތަރި ޖެކުއިލިން ވެސް ފެންނާނެ ކަމަށް ޔަގީންވެފައިވާ ކަމަށް ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ.

"ރޭސް" ގެ ފުރަތަމަ ފިލްމު ނެރެފައި ވަނީ 2008 ވަނަ އަހަރުގައެވެ. އަދި ދެވަނަ ފިލްމު "ރޭސް2" ބެލުންތެރިންނާއި ހަމައަށް އައިސްފައި ވަނީ 2013 ވަނަ އަހަރުގައެވެ.
މި ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ރެމޯ ޑި ސޫޒާ އެވެ. ރެމޯ ވަނީ "ރޭސް3" ގެ ތަރިންނާއި ފިލްމު ފަށާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ރޭމޯ އާއި ސަލްމާން މިހާރު ވެސް އަންނަނީ އިތުރު ފިލްމެއްގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް 'ރޭސް 3' އަށް ވަގުތު ދިނުމަށް ރޭމޯ ވަނީ އެ ފިލްމުގެ  މަސައްކަތް ފަސްކޮށްލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް