ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 18:53
ޢަދާލަތު ޕާޓީގެ އިސްބޭފުޅުން ޕްރެސް ކޮންފަރެންސް ދެއްވަނީ
ޢަދާލަތު ޕާޓީގެ އިސްބޭފުޅުން ޕްރެސް ކޮންފަރެންސް ދެއްވަނީ
ރާއްޖެއެމްވީ
ޢަދާލަތު ޕާޓީ
މައުލޫމާތު ހާމަކޮށްދީ": އެނބޫދޫފަޅުގެ މަޝްރޫޢާ ގުޅޭ ގޮތުން އަދާލަތުގެ އާދޭސް
 
މި މަސައްކަތް ބިޑްކުރުމެއް ނެތި ހަވާލުކޮށްފައިވުމަކީ އިޤްތިޞާދީ ބޮޑު ޖަރީމާއެ
 
އެނބޫދޫފަޅުގައި ތަރައްޤީކުރެވެމުންދާ ވިޔަފާރިއަކީ އޭގެ އަސަރު ދިވެހި މުޖުތަމަޢަށް އިންތިހާ ދަރަޖައަކަށް ކުރިމަތިކުރުވާނެ ކަމެއް

މިހާރު މިއޮތް ސަރުކާރުން ކުރަމުންދާ ކަންކަމާއި ހިންގަމުންދާ މަޝްރޫޢު ތަކާ ގުޅޭގޮތުން ތަފާތު އަޑުތައް ދަނީ އިވެމުންނެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. ބައެއް ކަންކަމުގައި  އެނގިފާޅުވެފައިވާ ޙަޤީގަތްތަކުގެ ސަބަބުންނެވެ. މަޝްހޫރު އެމްއެމްޕީއާރުސީގެ ކަންކަން ދިޔަ ގޮތުންނެވެ.

ޢަދާލަތު ޕާޓީއަކީ މިސަރުކާރު ގެނައުމަށް އުފެދުނު ކޯލިޝަންގައި ހިމެނުނު ޕާޓީއެކެވެ. ސަރުކާރު ކޯލިޝަންގައި  އޮވެގެން ވެސް ސަރުކާރުން ކުރި ގޯސް ކަން ކަމަށް ނޫނެކޭ ބުނި ޕާޓީއެކެވެ. އެނބޫދޫ ފަޅުގެ މަޝްރޫޢާ ގުޅޭގޮތުން ވެސް އެަޕާޓީން ވަނީ ބަސް ބުނެފައެވެ. އަދާލަތު ޕާޓީން އެކަން ވަނީ އެޕާޓީގެ ބަޔާނަކުން އަންގާފައެވެ

އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހުޅުވާލެވިފައިވާ މިނިވަން ވާދަވެރި ވިޔަފާރީގެ މާޙައުލެއްގެ މައްޗަށް ދިވެހިރާއްޖޭގެ އިޤްތިސާދު ބިނާކުރުމަކީ  ޢަދާލަތު ޕާޓީއިން ވަކާލާތުކުރާ ސިޔާސަތެކެވެ. ބައިނަލްއަޤުވާމީ  ވިޔަފާރިވެރިންނަށް ވެސް ދިވެހި އިޤްތިސާދުގެ ތެރޭގައި ދެފުށް ފެންނަ އަދި ހަމަހަމަ އުސޫލެއްގެ މަތިން ހަރަކާތްތެރިވެވޭނެ ވާދަވެރި ވިޔަފާރީގެ މާހައުލެއް ގާއިމުވެފައި އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމުގައިވެސް އެ ޕާޓީން ދެކޭ ކަމަށެވެ. ހަމަ އެހެންމެ ބައިނަލްއަޤުވާމީ ވިޔަފާރިތަކަކީ ރާއްޖޭގެ އަމިއްލަ ވަންތަކަމާއި، ޘަޤާފަތާއި އަދި އިޖުތިމާޢީ ފޭރާމަށް އޭގެން ނޭދެވޭ އަސަރު ކުރުވަނިވި ކަމަކަށް ވެގެންނުވާނެ ކަމުގައި ވެސް އެ ޕާޓީއިން ދެކޭ ކަމަށެވެ.

ދިވެހިރާއްޖެއަށް މުޅިން އައު ގޮތަކަށް ތަރައްޤީ ކުރުމަށް އެކީއެކަށް 9 ރިޒޯޓް ހެދުމަށް ވެރިކަން ކުރާ މާލެ އާއި ކައިރިން 50 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވާ އެނބޫދޫފަޅުގައި ތަރައްޤީ ކުރެވެމުންދާ ވިޔަފާރިއަކީ އޭގެ އަސަރު ދިވެހި މުޖުތަމަޢަށް އިންތިހާ ދަރަޖައަކަށް ކުރިމަތިކުރުވާނެ ކަމެއް ކަމުގައި ފާހަގަ ކުރާ ކަމަށެވެ. އެއް ފަޅެއްގައި ގިނަ ރިޒޯޓްތަކެއް ތަރައްޤީ ކުރަން ފެށިގެން މިދާ ފަރުތުވެރިކަމުގެ ވިޔަފާރީގެ ބާވަތަކީ ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރެވިގެންދާ ކަމަކަށް ވީ ހިނދު ވެސް، މި ކަމާއި ގުޅޭ ގޮތުން އެކަށީގެންވާ މަޢުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާތީ ކަންބޮޑުވުން އަދާލަތުން ވަނީ ފާޅު ކޮށްފައެވެ.  ދިވެހިރާއްޖޭގައި ހިންގާ އަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި ފަތުރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫޢަށް މި މަޝްރޫޢުވެފާވާއިރު، މި މަސައްކަތް ހަވާލުކުރެވިފައި ވަނީ ބިޑްކުރުމެއް ނެތިއެވެ. މި އުސޫލުން މިކަންކޮށްފައިވުމަކީ އިޤްތިޞާދީ ބޮޑު ޖަރީމާއެކެވެ. އަދި މިކަން ޢަދާލަތު ޕާޓީއިން ވަނީ ކުށްވެރި ވެސް ކޮށްފައެވެ.  

އެޕާޓީން ބުނީ މި ފަދަ ބޮޑު ވިޔަފާރިއަކަށް 9 ރިޒޯޓް ހެދޭ ވަރުގެ ބޮޑު މާ ސިންގާ ފަޅެއް 50 އަހަރުގެ މުއްދަތަށް 40 މިލިއަން ޑޮލަރަށް ދީފައިވުމަކީ ދިވެހި ދަޢުލަތުން ހަމަ އަގުގައި ކޮށްފައިވާ މުއާމަލާތެއްތޯ ވެސް ސުވާލު އުފެދޭ ކަމަށެވެ.

ރާއްޖޭގެ ރިޒޯޓްތަކަށް އަންނަ ފަތުރުވެރިންގެ ޢަދަދު މަދުވަމުން އަންނަ ދުވަސްވަރެއްގައި، މާލޭ ކައިރީގައި މިވަރުގެ ބޮޑު މަޝްރޫޢެއް ދިވެހި ސަރުކާރުން ކުރިޔަށް ގެންދަން ނިންމެވި އިރު، އެހެނިހެން ރިޒޯޓްތަކަށް އަދި އެހެންމެ އަލަށް ތަރައްޤީ ކުރެވެމުން އަންނަ ރިޒޯޓްތަކަށް މީގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު ބެލިފައިވަނީ ކިހާވަރަކަށްތޯ ސުވާލުއުފެދޭ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ފައިދާ މުޅި ދިވެހި ރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ލިބިދިނުމަށްޓަކައި ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ރިޒޯޓްތައް ތަރައްޤީ ކުރުމަކީ ކޮންމެހެން މުހިންމެ ކަމަކަށް ވީހިނދު، ވަކިން ޚާއްސަކޮށް ރިޒޯޓްތައް ހެދިފައިނުވާ އަތޮޅުތަކުގައި ރިޒޯޓްތައް ތަރައްޤީކުރުމަށް އެތަކެއް ރައްޔިތުން އަޑުއުފުލަމުން ދާއިރުވެސް، ރާއްޖޭގައި ހިންގޭ ފަތުރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫޢު އަނެއްކާ ވެސް ބިނާވެގެން މިދަނީ އެންމެ ރިޒޯޓް ގިނަ އެއް އަތޮޅުކަމަށްވާ މާލެ އަތޮޅުގައި ކަމަށް އަދާލަތުން ވަނީ ފާހަގަކޮށްފައެވެ.

މި ފަދަ ބޮޑުފަޅެއް ހިއްކައިގެން މަސައްކަތް ކުރިޔަށް ގެންދާ ހިނދު، މީގެ ސަބަބުން އެ ސަރަޙައްދުގެ ގުދުރަތީ ވަޞީލަތްތަކަށް ކުރުވާނެ ނޭދެވޭ އަސަރު ދެނެގަތުމަށްޓަކައި ކުރިން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް  އެނަރޖީގެ  ބެލުމުގެ ދަށުން ހެދޭ އެންވަޔަރަމަންޓަލް އިންޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރު ކުރުމުގެ މަސައްކަތް 2015 ވަނަ އަހަރު ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ  ބެލުމުގެ ދަށަށް ބަދަލުކުރެވިފައިވުމީ އެ ޕާޓީން އެކަމާ ކަންބޮޑުވާ ކަމެއް ކަމަށާއި އެ އުސޫލުގެ ދަށުން ތައްޔާރު ކުރެވޭ ރިޕޯޓްތަކުގެ ސައްޙަކަމާމެދު ސުވާލުއުފައްދަން ނުހަނު ޖާގަ ހުޅުވިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ. 

އަދާލަތުން ބުނީ ސަރުކާރާއި މެދު ކޮރަޕްޝަންގެ މާސިންގާ  ތުހުމަތުތައް ކުރެވެމުން އަންނަ ދަނޑިވަޅެއްގައި  ދިވެހިރާއްޖޭގެ ގުދުރަތީ ވަޞީލަތްތަކުގައި އަޑިނޭގޭނެހެން ބޮޑެތި މަޝްރޫޢުތައް ހިންގަން ބިދޭސީ ފަރާތްތަކަށް ފުރުޞަތު ދެވުމުގެ ކުރިން ސަރުކާރުގެ ފަރާތުން މިފަދަ މަޝްރޫޢުތަކުގެ ފުރިހަމަ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް، ވަކިން ޚާއްސަކޮށް ދެ ފިޔަވައްސަކަށް ބެހިގެން އެނބޫދޫފަޅުގައި ކުރިޔަށް ގެންދެވޭ މި މަޝްރޫޢުގެ ހަޤީގަތް  ހާމަކުރުމަށް ޢަދާލަތު ޕާޓީގެ ފަރާތުން ގޮވާލާ ކަމަށެވެ. އެޕާޓީން އޮތީ ސަރުކާރުން އެކަން ކުރުމަށް އެދިއެދިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
22 އޯގަސްޓް 2017 | އަންގާރަ 19:07
ހުސެން
އަހަރެންގަބޫލުކުރާގޮތުގާ ތިޔައަދާލާތުޕާޓީގެނަމުއެދޭ އެއްވެސްކަމެއްކޮެއްދޭކަށެންނުޖެހޭނެ ތިޔާ ވަގަންމީހުންވައްދާގެން ރަޖިސްޓުރީކޮއްފާވާ ޕާޓީއެއް މަމީވެސް މައްވަގަން އެޕާޓީއައްވެއްދިމީހެއް