ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 13:12
އަމީތާބް ބައްޗަން
އަމީތާބް ބައްޗަން
އިންޑިއަން އެކްސްޕްރެސް
އަމީީތާބް ބައްޗަން
އަމީތާބަށް 75 އަހަރު ފުރެނީ، ފިލްމީ ދާއިރާގައި 48 އަހަރު
 
އިންޑިޔާގެ ޕާލަމެންޓްގެ މެންބަރުކަން ވެސް ވަނީ ކުރައްވާފައި
 
އަމީތާބްގެ އުފަންދުވަހަކީ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަސް

އިންޑިއާގެ ބޮލީވުޑްގެ ފިލްމީތަރި އަމީތާބަކީ މިހާތަނަށް އިންޑިއާގެ ފިލްމީދާއިރާގައި އުފެދުނު ވަރުގަދަ އެއް ތަރިއެވެ. އޭނާ އަށް ވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ މިހާރު 48 އަހަރުވެފައެވެ. އޭނާ ފިލްމީދާއިރާއަށް ވަދެފައިވަނީ 15 ފެބްރުއަރީ 1969 ވަނަ އަހަރުގައެވެ.

އެއީ "ސާތު ހިންދުސްތާނީ" ނަމަކަށް ކިޔާ ފިލްމަކުންނެވެ. އެއީ އޭނާގެ އުމުރުން 27 އަހަރުގައެވެ. އެ ރޯލުން އޭނާޔަށް ގައުމީ އެވޯޑެއްވެސް ވަނީ ލިބިފައެވެ. އޭނާ ކުޅެފައިވާ ފިލްމުތަކުގެ އަދަދު 179 އަށްވުރެ ގިނަވާނެއެވެ.

އަމީތާބަށް  ވަނީ ފިލްމީ ދާއިރާގައި ކާމިޔާބީތަކެއް ވެސް ލިބިފައެވެ. އެގޮތުން އޭނާއަށް ވަނީ 3 ނެޝަނަލް އެވޯޑާއި 12 ފިލްމު ފެއާ އެވޯޑް ލިބިފައެވެ.  ފިލްމް ފެއަރ ބެސްޓް އެކްޓަރ އެވޯޑް އަށް އެންމެ ގިނައިން ނޮމިނޭޓް ވުމުގެ ޝަރަފް ނުވަތަ ރިކޯޑް ވެސް އޮތީ އަމީތާބް ގެ އަތުގައެވެ. އަދި 2000 ވަނަ އަހަރު އިންޑިއާގައި ހޮވާފައިވާ ސާސްކަފްގެ އެންމެ މޮޅު ފިލްމީ ތަރީގެ މަގާމް ވެސް އަމީތާބް ވަނީ ހޯދާފައެވެ.
ފިލްމް ކުޅުމުގެ އިތުރުން، ލަވަކިޔުން، ފިލްމް ޕްރޮޑިއުސްކުރުން، އަދި ޓީވީ ޝޯ ވެސް އަމީތާބު ހުށައަޅައެވެ.

އަމީތާބް ކުޅެފައިވާ ފިލްމު ތަކުގެ ތެރޭގައި "ބޮމްބޭ ޓު ގޯއާ"، "ޒަންޖީރް"، އާނަންދް"، "މެއިން އައުރް މޭރީ ތަންހާއީ"، "ޗުޕްކޭ ޗުޕްކޭ" ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ.

އަމީތާބުގެ ފިލްމީ ކެރިއަރުގެ އެންމެ ހަނދާނުން ނުފިލާނެ ދުވަހަކީ ހިންދީ ފިލްމު "ކޫލީ" ގެ ގެ ޝޫޓިންގެ ތެރޭގައި އޭނާގެ ބަނޑަށް، މޭޒެއްގެ ކަން ވަދެ ސީރިއަސް ޒަޚަމްތަކެއް ލިބުނު ދުވަހެވެ.  އޭނާގެ ފޭނުން މުޅި އިންޑިޔާގެ އެތަން މިތަނުގައި ކަޅު ހެދުން އަޅައިގެން ރޮމުންރޮމުން މަގުތަކަށް ނުކުތެވެ. ނަމަވެސް ފަހުން އޭނާ ވަނީ ރަނގަޅުވުމަށްފަހު އަލުން ފިލްމު ކުޅެން ފަށާފައެވެ.

އަމީތާބް ވަނީ 1984 ން 1987 އަށް އިންޑިޔާގެ ޕާލަމެންޓްގެ މެންބަރުކަން ވެސް ކުރައްވާފައެވެ.

އަމީތާބަށް މިއަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހު 75 ފުރޭނެއެވެ. އެހެން ނަމަވެސް އޭނާ ވަނީ އޭނާގެ އުފަންދުވަސް ފާހަގަ ކުރަން ބޭނުން ނުވާކަމަށް ބުނެފައެވެ. އަދި އޭނާ ބޭނުންވަނީ އުފަންދުވަހުގައި އެކަނި އުޅެންކަމަށް ބުނެފައިވެއެވެ. އަމީތާބް އޭނާގެ ބްލޮގުގައި ބުނެފައި ވަނީ އޭނާގެ 75 ވަނަ އުފަންދުވަހުގައި ބޭނުން ވަނީ އެކަހެރި ތަނެއްގައި އެކަނިމާއެކަނި އުޅެން ކަމަށެވެ. އަދި އެތަނަކީ އެއްވެސް ބަޔަކަށް ނޭނގޭ ތަނަކަށް ވާންޖެހޭ ކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް