އަންގާރަ 20 އޮކްޓޯބަރ 2020
03 ހެއި
1442 ރަބީއުލް އައްވަލް 03
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
އިރުއޮއްސޭ 17:53
އިޝާ 19:05
ހައްޖު 1438

ސައުދީ އަށް ޒުލްހިއްޖާ މަހުގެ ހަނދެއް ހޯމަ ދުވަހު ނުފެނުނު، ބޮޑު އީދު ވާނީ ސެޕްޓެމްބަރ 1

  • މުސްލިމުންގެ ބޮޑު އީދަކީ ސެޕްޓެމްބަރު މަހުގެ 1 ވާ ހުކުރު ދުވަސް
  • ހައްޖުގެ އަޅުކަން ފެށޭނީ، އޮގަސްޓް 30 ވާ ބުދަ ދުވަހު
  • ރާއްޖޭގެ ކަލަންޑަރުގައި ވެސް އީދު ދުވަސް ކަނޑައަޅާފައިވަނީ ސެޕްޓެމްބަރ 1

ކ. މާލެ | 22 އޯގަސްޓް 2017 | އަންގާރަ 00:40 | 5,783

ޒުލްހިއްޖާ މަހުގެ ހަނދު ހޯމަ ދުވަހު ނުފެނުކަން ސައުދީން ވަނީ އިއުލާން ކޮށްފައި - ގޫގުލް

ޒުލްހިއްޖާ މަހުގެ ހަނދު ހޯމަ ދުވަހު ނުފެނުނު ކަމަށް ސައުދީ އަރަބިއްޔާ އިން ނިންމުމާއެކު، މި އަހަރުގެ މުސްލިމުންގެ ބޮޑު އީދަކީ ސެޕްޓެމްބަރު މަހުގެ 1 ވާ ހުކުރު ދުވަސް ކަމުގައި ވެއްޖެއެވެ.

އިސްލާމީ ކަލަންޑަރުގައި އަޟުހާ ޢީދު ދުވަހަކީ ޒުލްހިއްޖާ މަހުގެ 10 ވަނަ ދުވަހެވެ.

އީދު ދުވަސް މި ގޮތައް ކަނޑައެޅިގެން ދިއުމާއެކު ހައްޖުގެ އަޅުކަން ފެށޭނީ، އޮގަސްޓް 30 ވާ ބުދަ ދުވަހުއެވެ.

އީދު ދުވަސް ކަމުގައި ރާއްޖޭގެ ކަލަންޑަރުގައިވެސް ކަނޑައަޅާފައިވާ ދުވަހަކީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހެވެ.

ސެޕްޓެމްބަރު މަހުގެ 1 ވާ ހުކުރު ދުވަހުން ފެށިގެން 4 ވާ ހޯމަ ދުވަހާ ހަމައަށް ބޮޑު އީދު ބަންދުގެ ގޮތުގައި ރާއްޖޭގެ ރަސްމީ ކަލަންޑަރުގައި ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.