ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 12:42
ހަނދާ ބެހޭ މައުލޫމާތު ހުށަހަޅަން ޖެހެނީ ކޯޓުތަކަށް
ހަނދާ ބެހޭ މައުލޫމާތު ހުށަހަޅަން ޖެހެނީ ކޯޓުތަކަށް
ނޭޝަނަލް ޖިއޮގްރަފިކް
ހައްޖު 1438
މިރޭ ޒުލްހިއްޖާ މަހަށް ސައުދީގައި ހަނދު ބަލާނެ
 
އަރަފާތުގައި ތިބެން ޖެހޭ ދުވަސް ކަނޑައަޅަނީ އައު މަހުގެ ހަނދު ބަލައިގެން

ހޯމަ ދުވަހުގެ އިރު އޮއްސުމާއެކު ޒުލްހިއްޖާ މަހަށް ހަނދުބެލުމަށް ސައުދީ އަރަބިއްޔާގައި އުޅޭ އެންމެހާ މުސްލިމުންނަށް އެގައުމުގެ ސްޕްރީމް ކޯޓުން ގޮވާލައިފިއެވެ.

ހޯމަ ދުވަހަކީ ޒުލްގައިދާ މަހުގެ 29 ވަނަ ދުވަހެވެ.

ސްޕްރީމް ކޯޓުން ބުނެފައިވަނީ ހަނދު ފެނިއްޖެ މީހަކު އެކަން އަންގާނީ އެންމެ ކައިރީގައި ހުރި ކޯޓަކަށް ކަމަށެވެ. ކޯޓަށް ގޮސް އެމައުލޫމާތު ނުދެވޭ ނަމަ ފުލުހުންނަށް އެ މައުލޫމާތު ދިނުމަށް ސްޕްރީމް ކޯޓުން އެދިފައިވާ ކަމަށް ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ބުނެފައިވެއެވެ.

ޒުލްހިއްޖާ މަހަށް ހަނދުބަލަނީ ހައްޖުގެ އެންމެ މުހިންމު ދުވަސް ކަމުގައިވާ އަރަފާތު ދުވަސް ކަނޑައެޅުމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
100%
0%
0%
0%
0%
ކޮމެންޓް