އަންގާރަ 20 އޮކްޓޯބަރ 2020
03 ހެއި
1442 ރަބީއުލް އައްވަލް 03
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
އިރުއޮއްސޭ 17:53
އިޝާ 19:05
އުހުދު ފަރުބަދަ

އުހުދު ފަރުބަދަ – ދީނަށް ނަސްރު ހޯދުމަށް މުސްލިމުންގެ ހިތްވަރު ރަމްޒްކޮށްދޭ ނިޝާނެއް!

  • ފަރުބަދަ އަށް ދިއުމަށް އެންމެ ކަމުދަނީ މެންދުރު ކުރީގެ ވަގުތު

ކ. މާލެ | 21 އޯގަސްޓް 2017 | ހޯމަ 12:05 | 13,218

އުހުދު ފަރުބަދަ އަށް ހައްޖަށްދާ ގިނަ ބަޔަކު ޒިޔާރަތް ކުރޭ - ޝަޓާ ސްޓޮކް

ހައްޖުގެ ވާޖިބުތަކާއި ރުކުންތައް އަދާ ކުރުމަށް މައްކާ އަށް ދަތުރު ފެށުމުގެ ކުރިން މަދީނާގައި ތިބޭ މީހުން ޒިޔާރަތް ކުރުމަށް ޝައުގުވެރިވާ ތަންތަނުގެ ތެރޭގައި އުހުދު ފަރުބަދަ ހިމެނެއެވެ.

އުހުދު ފަރުބަދަ (ޖަބަލް އުހުދު) މަޝްހޫރު ވެފައިވަނީ އައްރުމާތު ފަރުބަދަ ނުވަތަ ދުނިދަނޑިވެރިންގެ ފަރުބަދައިގެ ނަމުންނެވެ. މީގެ އިތުރުން އުހުދު ފަރުބަދަ އެ ފަރުބަދަ އަށް ކިޔަން ފެށުމުގެ ކުރިން ކިޔާ އުޅުނީ ޖަބަލް ޢައިނައިން (ދެލޯ ފަރުބަދަ) އެވެ.

މިތަނަކީ އިސްލާމީ ތާރީޚުގައި އިބްރަތްތެރި ހާދިސާ އެއް ހިނގި ތަނެކެވެ. އަނެއް ކޮޅުން މިތަނަކީ ޚުދު ކީރިތި ރަސޫލާ ވަޑައިގެން ހުންނެވި ތަނެކެވެ.

މި ހާދިސާ ހިނގީ ރަސޫލާ މައްކާއިން މަދީނާ އަށް ހިޖްރަ ކުރެއްވިތާ 3 ވަނަ އަހަރުގައެވެ. އަދި އެ ހާދިސާ ގުޅިފައިވަނީ އިސްލާމީ ތާރީޚުގައި ލިޔެވިފައިވާ އުހުދު ހަނގުރާމަ އާ އެވެ.

އުހުދު ހަނގުރަމާގައި ސަހާބީންގެ ތެރެއިން 50 ދުނިދަނޑިވެރިންނަށް މިތަނުގައި ދުޝްމަނުންނަށް ފާރަ ލައިގެން ތިބުމަށް ރަސޫލާ އެންގެވިއެވެ. ދިފާއުގައި ބަޔަކު މިތަނުގައި ބޭތިއްބެވުމަށް ރަސޫލާ ނިންމެވި ސަބަބެއް ކަމުގައި ބުނެވެނީ ދުޝްމަނުންނަށް ފަހަތުން އައިސް މުސްލިމުންނަށް ހަމަލާ ދިނުމަށް ހުރަސް އެޅުއްވުމެވެ. މިކަން މި ގޮތައް ކުރެއްވުމަށް ރަސޫލާ އިރުޝާދު ދެއްވާފައި އޮއްވާ، ފާރައަށް ތިއްބެވި ސަހާބީންނަށް ހަނގުރާމަ ނިމުނީ ކަމުގެ ހީތައް ކުރެވި، އެތަން ދޫކޮށް ދާން ފެށިއެވެ. އެއާއެކު ދަނޑިވަޅު ބަލަން ތިބި ދުޝްމަނުންނަށް ފުރުސަތު ލިބި މުސްލިމުންނަށް އިސާހިތަކު ހަމަލާދީ މުސްލިމުން މި ހަނގުރާމައިން ބަލި ވެއްޖެއެވެ.

މި ފަރުބަދަ އަށް ޒިޔާރަތް ކުރާ ހައްޖުވެރިން ފަރުބަދަ އަށް އާއްމުކޮށް ގޮސް އުޅެނީ ހެނދުނު 7 ން ފެށިގެން މެންދުރުވުމާ ދޭތެރޭގައެވެ. މި ފަރުބަދަ އަށް ދާ މަގުތަކަކީ އެހާ އޮމާން، ފަސޭހަ މަގުތަކަށް ނުވިޔަސް އުމުރުން ދުވަސްވީ މީހުންވެސް ފަރުބަދަ އަށް ޒިޔާރަތް ކުރުމަށް ޝައުގުވެރިވާކަން ފާހަގަ ކުރެވެއެވެ.

މިއީ އިސްލާމްދީނުގެ ކުރީކޮޅު ދީނަށް ނަސްރު ހޯދުމަށް މުސްލިމުން ކުރި މަސައްކަތާއި ދުޝްމަނުނަށް ދެކޮޅަށް ދެއްކި ހިތްވަރު ރަމްޒްކޮށްދޭ ފަރުބަދައެއް ކަމަށް އިސްލާމީ ތާރީޚް ދިރާސާ ކުރައްވާ އިލްމްވެރިން ވިދާޅުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.