ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 22:58
ބައިސްކަލްގައި ހައްޖަށް ދިޔަ ޓީމުން، އިސްލާމް ދީނަކީ ސުލްހައިގެ ދީނެއް ކަމުގެ މެސެޖް ފާޅު ކުރުން ހިމެނޭ
ބައިސްކަލްގައި ހައްޖަށް ދިޔަ ޓީމުން، އިސްލާމް ދީނަކީ ސުލްހައިގެ ދީނެއް ކަމުގެ މެސެޖް ފާޅު ކުރުން ހިމެނޭ
ފޭސްބުކް
ހައްޖު 1438
އިނގިރޭސިވިލާތުގެ ލަންޑަނުން 9 މީހުން ބައިސްކަލުގައި ހައްޖަށް!
 
މި ޓީމުން މަދީނާ އިން މައްކާ އަށް ދާނީވެސް ބައިސްކަލުގައި

އިނގިރޭސި ވިލާތުގެ 9 މުސްލިމުން ބައިސްކަލުގައި މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާ އަށް ހޮނިހިރު ދުވަހު ހިނގައްޖެ ކަމަށް ސައުދީ އަރަބިއްޔާގެ ނިއުސް އޭޖެންސީ، އެސް.ޕީ.އޭ އިން ހާމަ ކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ލަންޑަނުން ފެށި މި ދަތުރު، ސައުދީ އަރަބިއްޔާ އަށް ފޯރި އިރު މި ގްރޫޕުން ވަނީ ތިންހާސް ކިލޯ މީޓަރުގެ ރާސްތާއެއް ބައިސްކަލުގައި ކަޑައްތު ކޮށްފައެވެ. މި ދިގު ރާސްތާ ކަޑައްތު ކުރީ ހަ ހަފްތާގެ މުއްދަތެއްގައެވެ. މި ދަތުރުގައި މި ޓީމުން ހުރަސް ކުރި ގައުމުތަކުގެ ތެރޭގައި، ފްރާންސް، ސްވިޒަލޭންޑް، އިޓަލީ، ގްރީސް އަދި މިސްރު ހިމެނެއެވެ.

މި ޓީމުގެ ސައުދީ އަރަބިއްޔާގެ އެތެރޭގެ ދަތުރު ހަމަޖެހިފައިވާ ގޮތުން ޖިއްދާ އިން މަދީނާ އަށް އަދި މަދީނާ އިން މައްކާ އަށް ދިއުމަށް ހަމަޖެހިފައި ވަނީވެސް ބައިސްކަލުގައެވެ.

"ހައްޖު ރައިޑް" ގެ ނަމުގައި މި ޓީމުން ބައިސްކަލްގައި ހައްޖަށް އައުމުގެ މަގްސަދު ތަކުގެ ތެރޭގައި، އިސްލާމް ދީނަކީ ސުލްހައަށް ލޯބިކުރާ ދީނެއްކަން ފާޅު ކުރުމާއި، ސީރިއާގެ ރެފިއުޖީންނަށް އެހީވުމަށް ފައިސާ އެއްކުރުން ހިމެނޭ ކަމަށް މި ޓީމުން ހާމަކޮށްފައިވެއެވެ. މި ޓީމުން އުއްމީދު ކަރަނީ އެއް މިލިއަން ޕައުންޑް ރެފިއުޖީންނަށް އެހީވުމަށް ހޯދުމަށެވެ.

މި ޓީމް ސައުދީ އަރަބިއްޔާ އަށް ދިއުމުން އެ ގައުމުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމުރާ އާއި ޖެނެރަލް އޮތޯރިޓީ ފޯ ސްޕޯރޓް ގެ އޮފިޝަލުން މަރުހަބާ ކިޔާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
33%
67%
0%
0%
0%
0%
ކޮމެންޓް