ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 18:34
މިނިސްޓަރ ސައީދުއާއި ރައީސް ޔާމީން އަދި ފިނިފެންމާ
މިނިސްޓަރ ސައީދުއާއި ރައީސް ޔާމީން އަދި ފިނިފެންމާ
ރާއްޖެ އެމްވީ
މިނިސްޓަރ ސައީދު
މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ
 
ތައުރީފް ކުރަން ނޭނގި ތައުރީފް ކުރުމުން އެ ރައްދުވާ ފަރާތަށް އެކަން ވަނީ ބޮޑު ބޮލުގެ ރިހުމަކަށް

ތައުރީފް ކުރުމަކީ އިންސާނާގެ ތޮބިއްޔަތުގައި ހުންނަކަމެކެވެ. ބައެއްފަހަރު ކަށީގައި ހިފައިފަ ހުންނަ އާދަޔަކަށް ވެސް ވެއެވެ. އެކި މީހުން ތައުރީފް ކުރަނީ އެކިގޮތަށެވެ. އެކަމަކު އެއްމެންގެ ވެސް މަގުސަދަކީ އެކައްޗެކެވެ. އެއީ ކަމެއް ނުވަތަ މީހެއް ނުވަތަ އެއްޗެއް ޙާސިލް ކުރުމެވެ. އަނެކާ ރުއްސުމެވެ. ޝައުގުވެރި ކުރުވުމެވެ.

ކޮންމެއަކަސް ކޮންމެ އެދުމެއްގާ  ކޮންމެ ގޮތަކަށް ކުރިޔަސް ކުރަން ވާނީ އެކަށީގެންވާ ތައުރީފެކެވެ. ޙައްގު ތައުރީފެކެވެ. އެހެންނޫންނަމަ އެވާނީ މަލާމަތަކަށެވެ.

ނިދަން އޮށޯތުމުގެ ކުރިން އާދައިގެ މަތިން ސޯޝަލްމީޑިއާ ހާވާލައިފީމެވެ. ފޭސްބުކް އަށް ވަދެލާ ކުޑަކޮށް ހާވާލައިފީމެވެ. އެންމެ ފުރަތަމަވެސް ލޮލުގަ އަޅައިގަތީ ފިރިހެން މަލެއްގެ ވާހަކައެވެ. މީހަކު ކުރި ތައުރީފެއް، ކާކަށް ކުރި ތައުރީފެއްތޯ ބަލާލުމުގެ ބޭނުމުގައި ލިންކަށް ފިތާލައިފީމެވެ. ކަމަކު ދާކަށް ނެތެވެ. މިއީ މިނިސްޓަރ ސަޢީދު ރައީސް ޔާމީންއަށް ކުރައްވައިގެން އުޅޭ ތައުރީފެކެވެ. ފުރަތަމަ ފެނުމާއެކު ވެސް ގަތީ ހިސާބެއްގެ ލަދެކެވެ. ފިރިހެނަކު ފިރިހެނަކަށް މިހާ ހާމަކަންބޮޑު ގޮތެއްގަ މިޒާތަށް ތައުރީފް ކުރި އަޑެއް ނީވޭތީ ކަންނޭންގެއެވެ.

އޭގާ އޮތީ މިކަހަލަ ގޮތަކަށެވެ. ރައީސްޔާމިނަކީ ފިނިފެންމަލެކޭ، ގަހުގައި އިންދާ މޯޅިވުމުގެ ކުރިން އޭގެ އަރާމު ހޯދަން ވާނެއެވެ. މިހެންނެވެ.  މީހުން އެމީހުން ލޯބިވާ އަންހެން ކުދިންނާ ދިމާއަށް ތިޔައީ ފިނިފެންމަލެކޭ ކިޔާތީ އަޑުއަހަމެވެ.

ތިބާ ހީލާއިރު ހީވަނީ ފަތިހުގެ ފިނިކަމުގެ ތެރޭގާ ފިނިފެންމަލުގެ ފިޔަތައް ހުޅުވި ފޮޅެމުންދާހެން ބުނާތީ ވެސް އަޑުއަހަމެވެ.

ތިޔަމާ ފޮޅުމާއެކު މަލުގަވާ ޝަބުނަމްގެ ތިކިތަކުން ފިނިކަން ލިބެއޭ ކިޔާތީ ވެސް އަހަމެވެ. ބޭނުން ވަނީ އެހެން މީހަކު ބިނދެލުމުގެ ކުރިން ބިނދެލާށެވެ. ބޭނުމީ ތިޔަމަލުގެ ފޮނިކަމޭ ، އެދެނީ ތިޔަ ނާޒުކު ފިޔަތަކުގާ ފިރުމާލާށޭ ކިޔާ އުޅޭތީ ވެސް އަޑު އަހަމެވެ . އެކަމަކު އެއީ ފިރިހެނުން އަންހެނުންނާއި ދިމާއަށެވެ. ލޯބިވެރިޔާއާ މުޙާތަބުކޮށެވެ.

 ދުވަހަކު ވެސް ފިރިހެނަކު ފިރިހެނަކާ ދިމާއަށް ތިޔައީ ފިނިފެންމަލެކޭ މޯޅި ވުމުގެ ކުރިން ބިންދެލާނަމޭ އަރާމުހޯދާނަމޭ ކީއަޑެއް ކުރިއަކުން ނާހަމެވެ.  މިކަހަލަ އަޑެއް އިވިދާނެކަމަށް ގަބޫލެއްވެސް ނުކުރަމެވެ. ވާނީވެސް އެހެންނޫންތޯއެވެ. ފާޑުފާޑުގެ ފިރިހެނުން ރަށުތެރޭގާ އުޅޭވާހަކަ  މީހުންކިޔައެވެ. މިކަހަލަ ކަމެއް ދައްކަވާފާނެއޭ ހީކުރެވިފައެއް ވެސް ނެތެވެ. މި ޙިޔާލުތަކުގެ ތެރޭގައި އިންދާ އަޅުގަނޑަށް ފޯނު ކޯލެއް އަތުވެއްޖެ އެވެ.

ގުޅީ ރައްޓެއްސެކެވެ. ފޯނު ހަމަ ނެގުމާއެކު އޭ އެނގޭހޭ މިއުޅުއްވާ މިނިސްޓަރ ސައީދު މިރޭ ރައީސާ ދިމާއަށް މިހެން ކިޔައިފިއޭ އެހެންބުނެފިއޭ ކިޔާ ހަމަ އެވާހަކަ ދައްކަން ފަށައިފިއެވެ. އޭނާ ބުނީ އޭނާ އެންމެ ހައިރާން ވެގެން މިއުޅެނީ ސަޢީދު ރައީސާ ދިމާއަށް މޯޅިވުމުގެ ކުރިން އަވަހަށް އޭގެ އަރާމު ލިބިގަންނާށޭ ވިދާޅުވިއިރު ސައީދު އެވިދާޅުވާ މާ އެހާ އަވަހަށް މޯޅިވާކަން ސައީދުއަށް އެނގިވަޑައިގެންނެވި ސަބަބެއް ނޭނގޭތީއެވެ. މިނިސްޓަރު ސައީދެއް ކަމަކު ރައީސޭ ކިޔައިގެން މިކަހަލަ ވާހަކަ ދައްކަވަން ނުވާނެ ނޫންހޭ އާއިލާގެ ތެރޭގައިވެސް ކިހާބޮޑެތި މައްސަލަ އުފެދޭނެނޫންހޭ ވެސް އޭނާބުންޏެވެ.

ގަހެއްގަ އިން މަލެއްގެ ވާހަކައާއި އެމަލުން އަރާމު ހޯދަންޖެހޭ ވާހަކައާ އެމާ އަވަހަށް މޯޅިވާ ވާހަކަ ދައްކަވާފާ އެއީ ރައީސް ޔާމީނޭ ވިދާޅުވިއިރު މިކަހަލަ ކަންކަން އެނގުމަށް ދިވެހިބަހުގައި ބުނެ އުޅެނީ ވަކަރަށް ޖަހާލުން ކަން ސައީދަށް އެނގިވަޑައިނުގަނޭ ބާވައޭ ވެސް އެމީހާ އަޅުގަނޑު ގާތު އެހިއެވެ.

ބަދުނާމުގެ  މައްޗަށް ބަދުނާމުވެ މުޅިން ފަޞީހަތްވެ ދާ ޒާތުގެ ތައުރީފު ކުރައްވަން ނޫޅުއްވާ މަޑުމަޑުން ހުންނަވާނަމަ ކިހާ ރަނގަޅުވީސްތޯއޭ ވެސް އެކުވެރިޔާ ބުންޏެވެ.

މީހުން ރުއްސަން ބޭނުންވާ  ކޮންމެ ފަހަރަކު އަންހެނެއް ފިރިހެނެއް ބަލާލުމެއް ނެތި ތައުރީފުކޮށް އުޅެގަތުމުން ހިތިފަތު ބުމައޭ ގިއުޅު އަތުކުރިއޭ ތުނިތުނި ހަށިގަނޑޭ ރޭގަނޑެއް ފަދަ އިސްތަށިގަނޑޭ ކިޔާ ތައުރީފުކޮށް ނިންމާލެވޭއިރު އަދި ފިރިހެނެއްކަން އެނގުމުން ގަންނަން ޖެހޭ ލަދު އަދި މާ ބޮޑު ނޫންހޭ، އަތޮޅު މީހަކަށް ވީތީވެސް ލަދުން ބޯފަޅައިގެން ހިނގައްޖޭ ކިޔާފަ އެކުވެރިޔާ ފޯނު ބާއްވައިފިއެވެ.

ހިތަށް އެރިއެވެ. މީ ތެދެކެވެ. މިނިސްޓަރ ސައީދަށް ރައީސް ޔާމީން ސިފަކުރެވެނީ އަރާމު ހޯދަން އެދޭ އަވަހަށް މޯޅިވާ މަލެއްގެ ސިފައިގާ ކަމަށް ވާނަމަ މާބުރަކަށް ވެގެން މިނިސްޓަރ ސައީދު އުދުހިގޮސް މަލުން ފޮނި ބޮއެ މަލުގެ ފިޔަތަށް ބިމަށް ރޫޅާ އަޅާލުމުގެ ބިރު ރައީސް ޔާމީނަށް ނެތިއެއް ނުދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
8%
17%
0%
11%
64%
0%
ކޮމެންޓް
21 އޯގަސްޓް 2017 | ހޯމަ 18:32
ރަންދާން
ޝައްކެއްނެތެވެ.. ދައްކަވަންހުރި ތަނެއް ދައްކަވައި ފެންނަންހުރިއެއްޗެއްފެނި އިވެންހުރިއަޑެއް އިވުމަށްފަހުނޫނީ މަރުނުވާނެއެވެ. ނަމަވެސް ރައީސްމީހާ (ބިޔަ ކަޅުފިރިހެނަކު) ފިނިފެންމަލެއްގެ ސިފައިގައި ފެނުނު ފިރިހެނަކީ ހަމަ ދައްކަވަންހުރި އެއްޗެއް ދެއްކެވި ފިރިހެނެކެވެ. ބިރުބޮޑުކަމަކީ މިކަހަލަ ހޭދެބައިވެފައިތިބޭ ފިރިހެނުން ރޯނާވެގެން ޢާއްމުމީހުންގެތެރޭގައި ރައީސްމީހާގެ ގަޔަށް އަތްފޯރުވާފާނެތީއެވެ. އަދި ރައީސްމީހާ މިއަހަރު ޙައްޖަށް ވަޑައިގަންނަވާތީ ވެދިޔަތަނުގެ ފާފަތައް ފުއްސެވުމަށްއެދި އެމަނިކުފާނު ކޮށްފައިވާ ހަލާލުނޫން ކަންކަމުގެ ތައުބާއަށްއެދި އަމިއްލަގެއަށްވެއްދި ފައިސާއަކީ ހަލާލުނޫން ފައިސާކަމަށްބުނެ ހުދުފޮތިކޮޅަކަށްވީވަގުތު ބިޔަ ފިރިހެނަކު ޢިސްޤުގެ ކޯވަރަކަށްއެދުމީ ކިހާދެރަކަމެއްތޯއެވެ؟
20 އޯގަސްޓް 2017 | އާދީއްތަ 12:47
ފުންނަ
..........!އެކަހަލަ ފަާޑަކަށް ސަޢިދުވެސް ހުންނަނީ، ބިރުވެރި
20 އޯގަސްޓް 2017 | އާދީއްތަ 12:38
ކޮސްވެއްޖެ
ފިނިފެންމަލެކޭ މީ ފޮޅޭ ރަތް ފިނިފެންމަލެކޭ...
20 އޯގަސްޓް 2017 | އާދީއްތަ 11:38
ސައީދު
މަށަށް ހަމަ އެމަނިކުފާނު އަނގަ ހުޅުވާލިއަސް ހީވަނީ ހަމަ ގަރަގުއި ކުލައިގެ ފިނިފެން މަލެއް ފޮޅިލާހެން...މުޅިން ރަވައިގަނެގެން ގޮސް ފެން ވަރާވަރުވޭ
20 އޯގަސްޓް 2017 | އާދީއްތަ 10:37
އަނާ
އެމް.ޑީ.ޕީ.އަށް އަސަރުކޮތްގެން ރޮވެނީ ވެރިކަން ނުވެއްޓުނީމާ
19 އޯގަސްޓް 2017 | ހޮނިހިރު 21:39
ސިކުނޑި
ވަޒީފާ ދީފައި މުވައްޒަފުން ދިނީމާ ބަބުރު ކިއްޕަތިންވެސް ފިނިފެންމާ ވަސް ދުވާނެކަން އެއީ ތެދެއް. ތިޔަ ނޫން މިސާލެއް ނެތީތޯ. ފިނިފެންމަލަކީ ކަށި ހުންނަ އަވަހަށް މޯޅިވާ މަލެއްކަން ސައީދުއަށް އެނގޭ ދެއްތޮ. އަލްފާޟިލް އެފައިސާ ޔާނު ވިސްނަވާ ސައީދު އެބުނި ބަސް.
19 އޯގަސްޓް 2017 | ހޮނިހިރު 20:55
އައްލާ އައްޑޫ ހިތަދޫ އެ ޗް ޕީ
ދައްކަވަން ހުރިތަނެ ދެއްކެވުމަށް ފަހުނޫނީ މަރުނުވާނެއޭ ބުނެއުޅެއެވެ. މިއީ ކޮންފަދަކަމެއްބާއެވެ. އެންމެގެ ކުރިމަތީގައި ޖެހިލުމެއްނެތީ މިސައީދު މިގައުމުގެ ހުރި ރައީސް މީހާއާއި ދިމާލަށް މިދެއްކެވިމުޑުދާރު ވާހަކައިން ބޯގޮވައިފިއެވެ. ރައީސްގެ ތަރުޖަމާނު ނިކަން މިސައީދުގެ މިވާހަކަ ތަރުޖަ ެމާކޮށްދީބަލާށެވެ. އެރުން ފަހަރުގައި އެބުނެވުނީ މިއަހަރު ހައްޖައްދާވަހަކަ އެއްވެސް ވެދާނެކަން ނޭގ