ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 13:46
މަސްޖިދުލް ހަރާމްގައި އިއްޔެ ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން...
މަސްޖިދުލް ހަރާމްގައި އިއްޔެ ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން...
އެސްޕީއޭ
ހައްޖު 1438
ރެކޯޑް އަދަދަކަށް މިއަހަރު ހައްޖަށް މީހުން ދާނެ
 
މިހާތަނަށް މިލިއަނެއްހާ މީހުންވަނީ ސައުދީ އަށް ގޮސްފައި

ތާރީޚްގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް އެހެން ގައުމުތަކުން މީހުން ހައްޖަށް އަންނަ އަހަރު ކަމުގައި މިއަހަރު ވާނެ ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ހާމަ ކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ގާތްގަނޑަކަށް އެއް މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް ސައުދީ އަށް ވަނީ އައިސްފައެވެ.

ބޭރު ގައުމުތަކުން ހުސްވި އަހަރު ހައްޖަށް ގޮސްފައިވަނީ 1،325.372 (އެއް މިލިއަން ތިން ލައްކަ ފަންސަވީސް ހާސް ތިން ސަތޭކަ ހަތްދިހަ ދޭއް) މީހުންނެވެ. މި އަހަރު މި އަދަދު 264،000 އިތުރު ވާނެ ކަމަށް ހައްޖު މިނިސްޓްރީން ހާމަ ކޮށްފައިވެއެވެ.

އެހެން ކަމުން ބޭރު ގައުމުތަކުން މި އަހަރު ހައްޖަށް ދާ މީހުންގެ އަދަދު 1.6 މިލިއަނަށް އަރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ހައްޖަށް އަންނަ އެންމެ ގިނަ މީހުން އަންނަނީ ވައިގެ މަގުންނެވެ. ދެން އެއް ގަމު މަގުންނެވެ. ކަނޑުގެ މަގުންވެސް ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް އާދެއެވެ.

ހައްޖަށް އަންނަ މީހުންގެ ތެރެއިން ގިނަ މީހުން ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ފުރަތަމަ ދަނީ މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ އަށް ކަމަށްވެސް ފާހަގަ ކުރެވެއެވެ.

ހައްޖަށް ގޮސްފައިތިބި މީހުން ހިމެނޭ ގޮތުން، މި ދިޔަ ހުކުރު ދުވަހު މަދީނާގެ މަސްޖިދުއް ނަބަވީ އާއި މައްކާގެ މަސްޖިދުލް ހަރާމް  ގައި ކުރެވުނު ހުކުރު ނަމާދުގައި މިލިއަނެއްހާ މީހުން ބައިވެރިވި ކަމަށް ސައުދީ މީޑިއާ އިން ރިޕޯޓް ކޮށްފައިވެއެވެ. ހުކުރު ޚުތުބާގައި ޒުލްހިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތް ކަމާ ބެހޭ ގޮތުން ވަނީ އަލި އަޅުވާލާފައެވެ. ހައްޖުގެ ވާޖިބުތައް ފެށުމުގެ ކުރިންވެސް އެ ދުވަސްތަކުގެ އެންމެ ފުރިހަމަ ފައިދާ ނެގުމަށް ހައްޖުވެރިންނަށް އިމާމު ވަނީ ގޮވާ ލައްވާފައެވެ.

 

މަސްޖިދުއް ނަބަވީގައި އިއްޔެ ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން..

"ހައްޖަކީ އަޅުކަމުގެ ތެރޭން އެންމެ މަތިވެރި އަޅުކަން، އަދި އެ އަޅުކަމުގެ ސަބަބުން އީމާންވީ މީހާ އާއި މާތް ﷲ ސުބުހާނަހޫ ވަތައާލާ އާއި ވަރަށް ބޮޑަށް ގާތްކޮށްދޭ. އެހެން ކަމުން އިސްލާމްދީނުގެ ފަސްވަނަ ރުކުން ކަމުގައިވާ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ފަސް ނުވުމަށް ގޮވާލަން" ޚުތުބާގައި ވެއެވެ.

މަސްޖިދުއްނަބަވީގެ ޚަތީބް އަދި އިމާމް ޝެއިޚް އަލީ އަލް ހުދައިފީ އިއްވެވި ޚުތުބާގައި ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ދުނިޔެވީ އަދި ރޫހާނީ ފައިދާ ތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އިމާމް ފާހަގަ ކުރެއްވި ގޮތުގައި ހައްޖުގެ ސަވާބާ ދަރުމައިގެ ހަގީގީ މިންވަރު ހަމަ އެކަނި ދެނޮވޮޑިގަންނަވަނީ މާތް ﷲ އެވެ. ހައްޖު ފުރިހަމަ ކޮށްފި މީހެއްގެ އުމުރުގެ ބާކީ އޮތް ތަނުގައި ޝައިތާނާގެ ކިބައިން އެމީހަކު ރައްކާތެރި ކުރައްވާނެ ކަމަށްވެސް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން އިސް ނަގައިގެން މިއަހަރުގެ ހައްޖު މޫސުމަށް ޚާއްސަ ކޮށްގެން ހައްޖުވެރިންނަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއްވެސް ދަނީ ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
100%
0%
0%
0%
0%
ކޮމެންޓް