ކ. މާލެ
|
19 އޯގަސްޓް 2017 | ހޮނިހިރު 14:34
ކަންގަނާ
ކަންގަނާ
އިންޑިއަން އެކްސްޕްރެސް
ކަންގަނާ
އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ
 
ކަންގަނާގެ އެންމެ ފަހު ފިލްމު "ސިމްރަން" ނިކުންނާނީ ސެޕްޓެމްބަރު 15 ގައި

އޭނާގެ އަމިއްލަ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނެ ކަމަށް ބޮލީވުޑްގެ ތަރި ކަންގަނާ ރަނާއަތު ބުނެފިއެވެ.

ކަންގަނާ ބުނީ އޭނާގެ ހަޔާތުގައި ކޮންމެ އެއްޗެއް ވެސް ލިބުމަށް އެތަކެއް އުނދަގޫތަކާ ކުރިމަތިވި ކަމަށާއި އެކަމަކު އޭނާއަށް އެކަންތައް ކާމިޔާބުވެފައި ވާކަމަށެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ނިކުންނަ "ސިމްރަން" ގެ ތަރި ކަންގަނާ ބުނީ އޭނާއާ ދޭތެރޭ މީހުން ކޮންމެ ގޮތަކަށް ދެކުނުކަމުގައި ވިޔަސް އޭނާއަށް މުހިއްމީ އޭނާއަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އޭނާއަށް ލިބެންޖެހޭ ރަނގަޅު ކަންތައްތައް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނެ ކަމަށް ކަންގަނާ ބުންޏެވެ.

"ސިމްރަން" ގެ ޑައިރެކްޓަރ ހަންސަލް މެހްތާ ބުނެފައި ވަނީ މި ފިލްމަކީ އަސްލު ޖިނާއީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. މިއީ ނަރުހެއް އޭނާ ޖުވާކުޅުމަށް ދައްކަންޖެހޭ ލާރި ދެކުމަށްޓަކައި ބެންކެއް ފަޅާލާ ހިނގާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށް އޭނާ ބުނެފައި ވެއެވެ. މިކަން ފަޅާއަރައި އޭނާ 66 މަހަށް އެމެރިކާގެ ޖަލަށް ލުމަށް ހުކުމް ކުރެއެވެ. މި ފިލްމުގެ ވާހަކަ ލިޔެފައި ވަނީ އަޕުރުވާ އެމް.އަރްސާނީ އެވެ. ޕްރޮޑިއުސްކޮށްފައި ވަނީ ބުޝަން ކުމާރާއި، ޝައިލެޝް އާރު ސިންހް، ކްރިޝަން ކުމާރު އަދި އަމީތު އެވެ.

"ސިމްރަން" ސެޕްޓެމްބަރު 15 ގައި ނިކުންނައިރު ކަންގަނާ މިހާރު ޝޫޓް ކުރަމުން ދަނީ "މަނީކަރުނީކާ - ދަ ކުއީން އޮފް ޖާންސީ" އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
100%
0%
ކޮމެންޓް