ކ. މާލެ
|
17 އޯގަސްޓް 2017 | ބުރާސްފަތި 19:12
ޤާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި
ޤާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި
ހުސެން ފިޔާޒް
މަގޭ ރިޕޯޓް
ނިކަމެތިންގެ ބައްޕަ ރަހީނުކޮށްފައި. ރައްޔިތުން އޯކޭ. ލަދު!
 
ޤާސިމް އާއި ދެކޮޅަށް ޝަރީއަތެއްވެސް ދަނީ ހިންގަމުން
 
ޕާސްޕޯޓް ހިފެހެއްޓިކަން އެނގުނީ އެނދުމަތިކޮށްގެން ފުރުވަން އެއާޕޯޓަށް ގެންގޮސްފައި އޮއްވައި
 
ޤާސިމްއަށް ފަރުވާ ކުރެވޭނީ ރާއްޖެއިން ބޭރުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ

އަރިއަތޮޅު މާމިގިލީ ބުރުމާ އިބުރާހިމާއި، އެ އަތޮޅު ދިއްދޫ ހައްވާގެ،  ދަރި ޤާސިމް އިބްރާހީމަކީ މި ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްކަމީ އެމަނިކުފާނުގެ އެންމެ ބޮޑު ހަތުރުން ވެސް ހަމަބުއްދީގައި ތިބެމެ ދެކޮޅު ހަދާނެ ކަމެއް ނޫނެވެ.

އުމުރުފުޅުން އެންމެ ނުވަ ދުވަހުގައި މަންމާފުޅު ނިޔާވެ، އުމުރުފުޅުން 10 ވަރަކަށް އަހަރު ވީތަނާހެން މާމާފުޅު ނިޔާވުމުން، ދެން ޤާސިމް ނުކުންނެވީ މަސައްކަތުގެ މައިދާނަށެވެ. އަތޮޅުތެރޭ ރަށެއްގެ ނިކަމެތި އެ ކުއްޖާ ކޮށްއުޅުނު ކަމަކީ ކާށި ހޮވުމެވެ. އޭރު ލިބޭންހުރި ތަޢުލީމެއް ވެސް ހޯއްދަވަމުންނެވެ. އުމުރުން އެންމެ 10 އަހަރުފުޅުގައި އެ ދެއްކެވި މުރާލިކަން މިއަދު ޤައުމީ ފެންވަރުގައި އެމަނިކުފާނު ވަނީ ދައްކަވާފައެވެ.

ޤާސިމް އިބްރާހީމަކީ ދިވެހި މުޖުތަމައުގެ ކޮންމެ ފަރުދަކަށް ނަމޫނާއެކެވެ. ކާމިޔާބީގެ ލާމަސީލު، ދިރިހުރި މިސާލެކެވެ.

ނޫރާނީއާގެ އާއި އެންދެރިމާގޭގައި ސައިކަލާއި ބައިސްކަލު ސާފު ކުރުމުގެ މަސައްކަތާއި، ގޭތެރެ ސާފުކުރުމުގެ މަސައްކަތް ކުރައްވަމުން ހުސްވަގުތުގައި ޓިއުޝަނަށް ވަޑައިގެން ލިބިލެއްވި ތަޢުލީމުން، ޤައުމީ ޚިދުމަތަށް ޤާސިމް ނުކުންނެވީ 1969 ވަނަ އަހަރު ގަވަރމަންޓް ހޮސްޕިޓަލްގެ އެއްނަންބަރު ކާތިބުގެ މަޤާމަށެވެ. އެހިސާބުން އެމަނިކުފާނު ފެއްޓެވި ދިރިއުޅުއްވުމުގެ އަމަލީ މައިދާން މިއަދު ޤައުމީ ޚިދުމަތުގެ އުސްތުނބަށް އަރާފައިވާއިރު، އޭގެ މުގުލަކީ 1976 ވަނަ އަހަރު އެމަނިކުފާނު ފެއްޓެވި ވިޔަފާރިއެވެ.

އަލިފުން ފެއްޓެވި މަސައްކަތް މިއަދު ޔާއާއި ހަމައަށް ގެންދަވާއިރު، އެ މަސައްކަތުގެ ތެރެއިން ޤާސިމް ވަނީ އެތައް ހާސް ދިވެހިންނަކަށް ވަޒީފާ ދެއްވައި، ސީދާ ނުވަތަ ނުސީދާގޮތުން ނަމަވެސް އެ އާއިލާތަކަށް އެތައް އެހީއެއް ވެދެއްވާފައެވެ. ތަޢުލީމު ހޯއްދެވުމަށް އެތައް ދަތި ހާލެއްގައި އެމަނިކުފާނު އުޅުއްވާން ޖެހިވަޑައިގަތް ނަމަވެސް، އެ ހިތާމަ ދިވެހި ޒުވާނުންނަށް ލިބުނަދޭން ބޭނުންފުޅު ވެވަޑައިނުގަންނަވާތީ، ތަޢުލީމީ ދާއިރާ ކުރިއެރުއްވުމަށާއި، ދިވެހި ޒުވާނުންނަށް ތަޢުލީމު ހޯއްދަވައިދެއްވުމަށް އެތައް އެތައް މަސައްކަތެއް އެމަނިކުފާނު ވަނީ ކުރައްވާފައެވެ. މީގެ ކުރިން ހާމަވެފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، ޤާސިމް އިބްރާހީމްގެ ގެ އެހީގައި އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް، އެހީގެ ގޮތުގައި ދުވާލެއްގެ މައްޗަށް 3 ލައްކަ އާއި ގާތްކުރާ އަދަދަކަށް އެމަނިކުފާނު ޚަރަދުކުރައްވާފައި އެބަހުއްޓެވެ.

ޝައްކެއް ނެތް ގޮތުގައި މި އެހީގެ ބޮޑު ބައެއް ހޭދަކުރައްވަނީ އެމަނިކުފާނުގެ އެހީއާއިއެކު ބޭސްފަރުވާ ކުރަމުންދާ މީހުންނަށެވެ. ދިވެހި ރައްޔިތުންނަށް ވީތީ، ބައިޕާސް ހައްދަވައިދެއްވައި، ކިޑްނީއަށް ފަރުވާކޮށްދެއްވާ ހެއްދެވީ އިތުރު ސުވާލެއް ކުރެއްވުމެއް ނެތިއެވެ. އަހަރެއްގެ މައްޗަށް، ދިވެހި ރައްޔިތުންނަށް ބޭސްފަރުވާ ކުރެއްވުމަށް ޤާސިމް އިބްރާހިމް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރައްވައެވެ. ހަޤީޤަތަށް ބުނާނަމަ، އެމަނިކުފާނަކީ ދިވެހި ދަޢުލަތަށް ވުރެ ބޮޑު ވެލްފެއާ ސްކީމެއް ގެންގުޅުއްވާ ބޭފުޅެކެވެ. މަދަނަ އާއި އާސަންދަ އާއި ހުސްނުވާ އާސަންދައިގެ ކުރިން ދިވެހި ރައްޔިތުން ދަންނާންފެށީ ޤާސިމް އިބްރާހިމްގެ ވެލްފެއާ ސްކީމެވެ.

ނަމަވެސް މިއަދު މަންޒަރު ބަދަލުވެއްޖެއެވެ. އެ ރީތި މަންޒަރުން ކުލަ ފޭދި، މަންޒަރު މޮޅިވެރިވެއްޖެއެވެ. ހަޤީޤަތް ފުރޮޅިއްޖެއެވެ. ޤާސިމްގެ އެހީގައި އުޅެބޮޑުވެ، ޤާސިމް ދެއްވީމައި ކައިގެން، ބޮއިގެން، ލައިގެން، ކިޔަވައިގެން މިއަދު މީހުންނަށް ވެފައި ތިބި އެތައް ބަޔަކު އިސް ސަފުގައި ތިބި ސަރުކާރުން މިއަދު އެވަނީ ޤާސިމްގެ ބޭސްފަރުވާއަށް ހުރަސްއަޅާފައެވެ. ޤާނޫނުއަސާސީ ބާއްވާފައި ހަމައެކަނި އިންސާނިއްޔަތުކަމުގެ ނަޒަރުން ބެލިނަމަވެސް، އިންސާނަކަށް ވީތީ ލިބޭ ދިރިހުރުމުގެ ޙައްޤު ޤާސިމްގެ ކިބައިން ނިގުޅައިގަނެ، ޤަސިމް އެވަނީ ރަހީނުކޮށްފައެވެ.

މި ބުނީ ޖަލުގޮޅީގައި ޤާސިމް އޮތް ވާހަކައެއް ނޫނެވެ. ބޭސްފަރުވާއަށް ބޭނުންޖެހި، އެ ބޭސްފަރުވާ ލިބޭނެ މަގު ފެންނާން އޮވެމެ، އެ ފަރުވާ އާއި ހަމައަށް ދިއުން ހުޓުވުމަށްވުމަށްވުރެ ބޮޑު ރަޙީނުކުރުމެއް ކޮބައިތޯއެވެ؟ ހަޤީޤަތުގައިވެސް ޕާސްޕޯޓް އަތުލައި، ޤާސިމް އެވަނީ ރަހީނުކޮށްފައެވެ.

ޤާސިމް މި ހާލުގައި އޮންނެވިއިރު، މިއަދު އުފެދޭ ބޮޑު ސުވާލެއް ވެސް އެބަ އޮތެވެ. ޤާސިމްގެ ޙައްޤުގައި އެއްޗެއް ބުނެލާނެ މީހަކު މި ޤައުމުގައި އަޅެ ނެތީހެއްޔެވެ؟ ޤާސިމްގެ ފުށުން އެތަށް އެހީއެއް ލިބުނު އެތައް އާއިލާއެއް މިއަދު ހިމޭނުން ތިބޭން ހަމަ ކެތް ވޭބާވައެވެ؟ ނިކަމެތީންގެ ބައްޕަ އެހީއަށް އެދި އާދޭސް ކުރާއިރު، އެ އަޑު ނުއިވޭ ކަމަށް ހަދައިގެން، އޯކޭ ހެދިގެން ތިބޭން އަޅުގަނޑުމެންގެ ދިވެހިން ހަމަ ލަދު ވެސް ނުގަންނަނީ ބާވައެވެ؟

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
4%
4%
43%
43%
4%
0%
ކޮމެންޓް
19 އޯގަސްޓް 2017 | ހޮނިހިރު 11:42
ހ މ ޒ
އެކަން ކުރަން ބޭނުންވާތީ އެއް އަހަރުގެ މުއްދަތަކަށް ރިޔާސީ ކޮމިޝަނެއް ވަކިކަހަލަ ގައިޑްލައިންތަކާއި އެކީ، ވަކި ކަހަލަ ކަންތައްތަކެއް ނިންމުމަށްޓަކައި ފާސްކޮށްފައި ވަޒީރުންގެ މަޖިލީހުން އެކަން ނިންމަވާފައި މަތިކުރެއްވީ އެ މަސްއޫލިއްޔަތުހުރިހާ އިދިކޮޅު ލީޑަރުންނަށް. ދައުލަތަށް ދައްކަންއި ހަވާލުވެގެން ރައްޔިތުންނަށް ހުރި ފައިސާ ދައްކަވާ ނިންމަން؟
19 އޯގަސްޓް 2017 | ހޮނިހިރު 11:37
ހަބޭސް13
ކޮރަޕްޝަން ހުއްޓުވަން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ؟
17 އޯގަސްޓް 2017 | ބުރާސްފަތި 21:00
އައްލާ އައްޑޫ އެޗް ޕީ އެލް ސަރ
އަހަރެންމީ ދުވަހަކުވެސް ގާސިމްއަތުން އެއްވެސް އެއްޗެއް ލިބުނުމީހެއްނޫނެވެ. އެކަމަކު ގާސިމް މިގައުގެ ދަރީންނަށް ވެދެއްވާފައިވާ އެހީތެރިކަމަށް ޓަކާއަހަރެން އަބަދުވެސް އެމަނިކުފާނަށް ހެއުދުއާ ކުރަމެވެ. އަވަސް ޝިފާއަކަށް އެދެމެވެ. ވީމާ އެހީތެރިކަން ލިބިފަވާ ގިނަމީން އެމަނިކުފާނަށް ހެދުއާކުރާނެކަން ޔަގީނެވެ. މުއުމިނުންގެ އެންމެވަރުގަދަ ހަތިޔާރަކީ ދުއާއެވެ. އިހްލާސްތެރިންގެ ދުއާ ވަނީ ގަސިމްއާއިއެކުއެވެ..
17 އޯގަސްޓް 2017 | ބުރާސްފަތި 20:37
މުހަންމަދު
ނިކަމެތި ބައްޕަގެމުދާތަންއަންދާބޮޑެތިގެއްލުންދީ އިދަޖައްސާލި ރައްޔިތުން އޯކޭ ލަދު