ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 14:33
ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް އަދީބު: ދެ ބޭފުޅުންނަކީ ކުރިން ވަރަށް ގާތް ދެބޭފުޅުން --
ރައީސް ޔާމީން އާއި ކުރީގެ ނައިބު ރައީސް އަދީބު: ދެ ބޭފުޅުންނަކީ ކުރިން ވަރަށް ގާތް ދެބޭފުޅުން --
ރައީސް އޮފީސް
އެމްއެމްޕީއާރުސީގެ ހިޔާނާތް
ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!
 
އަދީބް ބެއްސެވީ ރައީސް ޔާމީންގެ ފައިސާކަމަށް އެމަނިކުފާނު ވިދާޅުވެފައިވޭ
 
ރައީސް ޔާމީން އެ ވިދާޅުވާ ފައިސާ ޖަމާމާވެފައި ވަނީ އެމަނިކުފާނުގެ އެކައުންޓަށް: އަދީބުގެ ވަކީލު
 
އެމްޕީއާރުސީއަށް ލިބުނު ފައިސާގެ 80 ޕަސެންޓް ދިނީ ސީދާ ރައީސް ޔާމީނަށްކަމަށް ޒިޔަތު ވިދާޅުވި: އަދީބު

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިރިއުޅުއްވި އަދި އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމަށްވާ ގ. ދޫވެއްސަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ފައިސާތަކެއް ވެއްދި ކަމަށާއި އަދި އެފައިސާއިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ކެނޑިޑޭޓުން އިންތިހާބު ކުރުމަށް ބޮޑު ޚަރަދު ތަކެއް އަދީބު ކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

އަދީބު އަތުގައި ހުރި ފައިސާތައް ދިނީމަ ނޫނީ ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށް ނުފޮނުވާނެ ކަމަށް ސަރުކާރުން ބުނާއިރު، ސަރުކާރުން ތިޔަ ބުނަނީ އަދީބު ނެންގެވި ފައިސާއިން މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރުމަށް މަޖިލިސް އިންތިހާބަށް ބޮޑެތި ޚަރަދު ކުރިވާހަކަ އާއި ސަރުކާރާއި ޕާޓީގެ ބޭނުމަށް ވެސް އަދީބު ބޮޑެތި ޚަރަދުތަކެއް ކުރިވާހަކައެވެ. އަދި ހަމައެގޮތަށް އަދީބު ވެސް ވިދާޅު ވަނީ އެމްއެމްޕީއާރުސީގެ ފައިސާ ބޮޑު ބައެއް ހޭދަކޮށްފައި ވަނީ ސަރުކާރަށާއި ޕާޓީގެ ކަންކަމަށް ކަމަށެވެ.

އަދީބު އަތުގައި ނެތް ފައިސާއެއް ހޯދުމަށްކަމަށް ބުނެ، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާ ހޯއްދެވުމަށް ވަޑައިގެންނެވުމަށް ސަރުކާރުން ހުއްދަ ނުދީ ހިފަހައްޓައިގެން ތިއުޅޭ ސަބަބާ މެދު ސުވާލު އުފެދެއެވެ.

"އަހުމަދު އަދީބަކީ މަގާމުގައި ހުރިއިރު އަޅުގަނޑާ ވަރަށް ގާތް ބޭފުޅެއް....އެހެންނަމަވެސް އަދީބުގެ އާއިލާއަށް ވެސް ދަންނަވަން ބޭނުން ވަނީ އަދީބަށް ނަސޭހަތްތެރިވެވަޑައިގަންނަވާށޭ، އަދީބު ސަލާމަތްވާނެ ގޮތަކީ ދައުލަތަށް ދައްކަންހުރި ފައިސާ ފުރަތަމަ ދައްކާ ނިމުނީމަ.... ދައުލަތަށް ދައްކަން ހުރި ފައިސާ އެބަވަންނަންޖެހޭ....އިދިކޮޅު ލީޑަރު އެބަ ތުހުމަތު ކުރޭ އޭގެ ތެރެއިން ބައެއް އަޅުގަނޑަށް ލިބުނު ކަމަށް. އަލްޖަޒީރާއަށް އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާތަން ފެނުނީ، މި ނޫން އެހެން އެއްވެސް އެއްޗެއް އަލްޖަޒީރާއަކަށް ނުފެނުނު. އެހެންވީމާ އެބަޖެހޭ ނޫންތޯ އެފައިސާ ހޯދަން. އެހެންވީމާ އަޅުގަނޑުގެ އަބުރު ސަލާމަތް ކުރުމަށްޓަކައި ވެސް އަޅުގަނޑު ބޭނުންވޭ، މިފައިސާ އެބަ ވަންނަންޖެހޭ. އަދި މިފައިސާއިން ހޭދަކުރެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެމްބަރުންނެއް އިންތިހާބު ކުރަންތޯ، އެވެސް އެބަޖެހޭ ބަލާލަން. އޭރުން ފައިސާ ވަދެފައި ހުންނާނީ ހަމައެކަނި ފޮށި ފޮށި ގަނޑުގަ ދޫވެއްސަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު އަޅުގަނޑުމެން ކޮންމެހެން ހޮވަން ބޭނުންވި ބޭފުޅުންނަށް ވެސް ހަމަ ޚަރަދުކޮށްފައި އޮންނާނީ އަހުމަދު އަދީބު. އެހެންވީމާ އަޅުގަނޑުމެން ގެއަށް ވަތް ފައިސާ ޝައްކެތް ވެސް ނެތްގޮތުގައި ހަލާލެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މިވާހަކަފުޅުތަކަށް ބަލާއިރު، ސިޔާސީ ގިނަ ބޭފުޅުންނާއި ގިނަ ގާނޫނީ ވަކީލުން ވެސް ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގައި އިންސާފުވެރިކަމާއެކު ހިންގާ ނިޒާމެއް އޮތްނަމަ ރައީސުލްޖުމްޖޫރިއްޔާ ކަމުގެ މަގާމުން ރައީސް ޔާމީން އަޒުލް ކުރަންޖެހޭނެ ކަމަށެވެ.

ރައީސް ޔާމީންގެ އެވާހަކަފުޅުތަކުގައި ދައުލަތުގެ އެންމެ ބޮޑު ހިޔާނާތް ކަމަށް ހުދު އެމަނިކުފާނު ވެސް ގަބޫލު ކުރައްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ، އޭރުގެ ރިޔާސީ ގަނޑުވަރުގެ ގޮތުގައި އެމަނިކުފާނު ދިރިއުޅުއްވި އަދި އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމަށްވާ ގ. ދޫވެއްސަށް އަދީބު ވެއްދިކަމަށް އިއުތިރާފުވެ ވަޑައިގަންނަވާފަ އިވެއެވެ.  ރައީސް ޔާމީންގެ އެ އިއުތިރާފާއި ގުޅިގެން އެމަނިކުފާނުގެ ފުރަތަމަ ނާއިބު ރައީސް އަދި ކުރީގެ ޖަސްޓިސް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވަނީ ރައީސް ޔާމީން އެވަނީ އަމިއްލަފުޅަށް އިއުތިރާފު ވެވަޑައިގަންނަވާފަ ކަމަށާއި އެއީ ކާފީ ހެކި ކަމަށެވެ.

ރިޔާސީ ގަނޑުވަރުގެ ގޮތުގައި ގ. ދޫވެހީގައި ރައީސް ޔާމީން ދިރިއުޅުއްވި ދުވަސްވަރު، އެގޭގެ ސެކިއުރިޓީގެ ކަންކަން ރަނގަޅު ކުރުމަށްޓަަކައި ބޮޑެތި މަރާމާތުތަކެއް ކޮށްފައިވެއެވެ. 24 ގަޑިއިރު ސިފައިން ދިޔައީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ. އެހެންކަމުން ރައީސް ޔާމީންއަށް އެނގިވަޑައިނުގަންނަވާ ގޮތަށް އެ ގެއަށް އެއްވެސް އެއްޗެއް ވެއްދުމަކީ ވެދާނެ ކަމެއްކަމަށް އެއްވެސް ރައްޔިތަކު ގަބޫލެއް ނުކުރާނެއެވެ.

އެފައިސާ އެގެއަށް ވެއްދީ އަދީބު ކަމަށް ދޭހަވާގޮތަށް ރައީސް ޔާމީން ވިދާޅުވިއިރު، އަދީބު ހައްޔަރު ކުރުމުގެ ކުރިން އަދީބަކީ އެމަނިކުފާނުގެ ވަރަށް ގާތް ބޭފުޅެއް ކަމަށް ވިދާޅުވެއެވެ. އަދީބުއާއެކު އޮންނަ ގާތްކަމުގެ ވާހަކަފުޅުތައް މީގެކުރިން ވެސް އެކިއެކި ޕޯޑިއަމްތަކުގައި ތަކުރާރު ކުރައްވާފައިވެއެވެ. ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް މުހިއްމު ދައުރެއް އަދާކުރެއްވި އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ، އަދީބު ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގަވާ ކަމަށް ރައީސް ޔާމީން އަރިހުގައި ދެއްނެވުމުން، އަދީބަކީ ހާލިދުނުބު ވަލީދު ފަދަ އިހުލާސްތެރި ބޭއްފުޅެއްކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް ޝެއިހް އިމްރާން ވިދާޅުވެފައި ވެއެވެ.

ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް، އަދީބުގެ ކޮރަޕްޝަނާއި ހިޔާނާތުގެ ވާހަކަތައް ދެއްކެވުމުން ޒާތީ ވަނީ ކަމަށް ވިދާޅުވެ، ދެން ފެނިގެން ދިޔައީ އަދީބުގެ ކޮރަޕްޝަނުގެ ވާހަކަތައް ރައީސް ޔާމީންއަށް ހިއްސާ ކޮށްދެއްވި އޮޑިޓަަރ ޖެނެރަލް ނިޔާޒު އިބްރާހީމް މަގާމުން ދުރުކޮށް ގެއަށް ފޮނުވާލެއްވި ތަނެވެ.

އެމްއެމްޕީއާރުސީގެ މައްސަލަ އަދީބު އާއި ހަމައިން ނިމޭ ކަމަށް ރައީސް ޔާމީން ވިދާޅުވެ ދައްކަވަމުން ގެންދަވާއިރު، އަދީބު އެމަގަށް ދިއުމަށް މަގުފަހިވި ކަންތައްތަކެއް ހުންނާނެތާއެވެ.

ކުޑަކޮށް ކުރިއަށް ޖެހިލާނަމަވެ. ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑު މަސައްކަތްތަކެއް ކުރެއްވި އެއްބޭފުޅަކީ ރައީސް ޔާމީން އެވެ. އެމަނިކުފާނުގެ އޭރުގެ ބައިވެރިންގެ ތެރޭގައި އަހުމަދު އަދީބު ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ނަޝީދު ވެރިކަން ބަދަލުކޮށް ވެރިކަމަށް އަރާވަޑައިގެންނެވި  ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ދައުލަތަށް އެންމެ ފައިސާ ވަންނަ މިނިސްޓްރީ ކަމަށްވާ ޓޫރިޒަމް މިނިސްޓަރުކަން އަދީބާއި ހަވާލުކުރެއްވުމަށް ބާރުއެޅުއްވީ ރައީސް ޔާމީން ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ބުނެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އަދީބު ވެވަޑައިގަންނަވާފައިވަނީ ސަރުކާރަށާއި ޕީޕީއެމަށް ފައިސާ އުފައްދައިދޭ އޭޓީއެމް މެޝިނެއްގެ ގޮތުގައެވެ.

ބައެއް ސިޔާސީ ފަރާތްތަކުން ވިދާޅުވާގޮތުން ޓޫރިޒަމް މިނިސްޓަރުގެ ކަމުގެ މަގާމާއެކު އަދީބު ގެންދެވީ ސީދާ ރައީސް ޔާމީން ވިދާޅުވާ ގޮތްގޮތަށް ސަރުކާރުގެ އެތެރެއިންނާއި ބޭރުން ކަންކަން ކުރައްވަމުންނެވެ.

ރައީސް ޔާމީން އެސްޓީއޯގެ ޗެއާރމަންގެ މަގާމުގައި ހުންނެވި ދުވަސްވަރު ފެންމަތިވެގެންދިޔަ ޑޮލަރު މާރުކުރުމުގެ ތެރެއިން ދައުލަތުގެ ފައިސާ ގެއްލުމާއި ކޮރަޕްޝަންގެ އަމަލުތައް އަދީބުގެ ކިބައިން ވެސް ފެ%D

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
50%
0%
0%
50%
0%
0%
ކޮމެންޓް