ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 18:53
ރައީށް ޔާމީން ދައްކަވާ ވާހަކަފުޅުތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ދަނީ ރައްދުވަމުން
ރައީށް ޔާމީން ދައްކަވާ ވާހަކަފުޅުތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ދަނީ ރައްދުވަމުން
ރާއްޖެއެމްވީ
ރައީސް ޔާމީން
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ
 
ބައެއް ފަރާތްތަކުން ބުނަނީ ރައީސްކަމުގެ ޝަރުތުތައް މިހާރު ރައީސް ޔާމީންގެ ކިބައިގައި ހަމަނުވާ ކަމަށް
 
ރައީސްގެ ވާހަކަތައް ތަހުޤީޤު ކުރުމަށްވެސް ގޮވާލައްވާފައިޥޭ
 
ގިނަ ބަޔަކު ވަނީ ރައީސްގެ އިސްތިޢުފާއަށް ގޮވާލާފަ

ފަހަކަށް އައިސް އެމަނިކުފާނު ޕޯޑިއަމަކަށް އަރުއްވައިފި ނަމަ ދައްކަވާ  ވާހަކަފުޅުގެ ތެރެއިން، ސަރުކާރަށް އިތުރު ފާޑުކިޔުން ރައްދުވާނެ ފަދަ ވާހަކަފުޅެއް ވިދާޅުނުވެ ވާހަކަފުލު ނިންމަވާ ނުލައްވައެވެ. ހޯމަ ދުވަހުގެރޭ ޕީޕީއެމްގެ މުސްތަޝާރު ފެކްޝަނުން ޖަގަހައެއް ހުޅުވުމަށް ބޭއްވި މާވަރުގަދަ ހަފްލާއެއްގައި ވެސް ކަން ވީ މިފަދައިންނެވެ.

ގ. ދޫވެހީގައި ރައީސް ޔާމީން އުޅުއްވިއިރު، އެގެއަށް ނުހަލާލު ފައިސާ ވެއްދި ކަމަށް އެމަނިކުފާނު އެއްބަސްވެވަޑައިގަތެވެ. އަދި އެމަނިކުފާނުގެ އަބުރުފުޅު ރައްކާތެރި ކުރުމަށް، މިހާރު ޖަލުގައި އޮންނެވި ކުރީގެ ނައިބުރައީސް އަޙުމަދު އަދީބުގެ ފަރާތުން އެ ފައިސާ ދައުލަތަށް ހޯދަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ހަމަ މިއާއިއެކު، ދޫވެއްސަށް ވެއްދިފަދަ ނުހަލާލު ފައިސާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖެހުނު ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ޖާޑީގައި ހުރި  އެ ފައިސާ އެއްކޮށްގެން ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނަށް ޚަރަދު ކުރި ފަދައިން އެ މެންބަރުން މަޖިލީހަށް ހޮވުމަށް ޚަރަދުކުރެއް ވީވެސް ދޫވެއްސަށް ވެއްދިފަދަ ހަރާމް ފައިސާއިން ކަމަށް ތުޙުމަތު ކުރެއްވިއެވެ.

ތަފާތަކަށްވީ، ނުހަލާލު ފައިސާ ނެންގެވުމުން ގެއްލުނު ރައީސްގެ އަބުރުފުޅު ހިމާޔަތް ކުރެއްވުމަށް ދައުލަތަށް ފައިސާ އަނބުރާ ހޯއްދަވާ ވާހަކަ ވިދާޅުވިއިރު، ފައިސާ ނެންގެވި މެންބަރުން އެކަމާއި ގުޅިގެން އިސްތިޢުފާ ދެއްވަން ގޮވާލެއްވުމެވެ. އެ މެންބަރުންގެ އިސްތިޢުފާއަށް ރައީސް ގޮވާލެއްވީ، ކުރީގެ ނައިބުރައީސް އަދީބުގެ ޚަރަދުގައި އެޕާޓްމަންޓް ހިފައިގެން، ރޯލެކްސް ގަޑިއަޅުއްވައިގެން އުޅުއްވި ކަމަށް ތުޙުމަތު ކުރެވޭ މެންބަރުންނާއި، އަދީބް ފައިސާ ދެއްވީމައި ހަންފުއްޕަވައިގެން އުޅުއްވި ކަމަށް ތުޙުމަތު ކުރެވޭ މެންބަރުންނާއި، އަދީބް ފައިސާ ދެއްވީމައި ޕޯޑިއަމްތަކުގައި އަރައި އަޑުގަދަ ކުރެއްވި ކަމަށް ތުޙުމަތު ކުރެވޭ، ޚިޔާނާތުގެ މައްސަލަތަކުގައި ކުރިން އަރުވާލެވިފައިވާ މެންބަރުން ވެސް ކުރިފުޅުމަތީ ބައިތިއްބަވައިގެންނެވެ.

ރައީސް ޔާމީން މިފަދައިން ވާހަކަފުޅު ދެއްކެވިއިރު، ސޯޝަލް މީޑިއާ ދިޔައީ ކެކި އަރަމުންނެވެ. ޚާއްސަކޮށް މައިކްރޯ ބްލޮގިންގ ވެބްސައިޓް، ޓްވިޓަރ، ގައި ގިނަ ބަޔަކު ދިޔައީ ރައީސްގެ ވާހަކަފުޅުތަކަށް ފާޑުކިޔަމުންނެވެ. ރައީސްގެ ވާހަކަފުޅު ބައްޓަން ކުރެއްވި ގޮތުން ޓްވިޓަރގައި ވަރަށް ވާހަކަ ދެކެވުނެވެ.

ރައީސްގެ ވާހަކަފުޅާއި އެކު، އެމަނިކުފާނުގެ އަމިއްލަ އިޢުތިރާފުގެ ސަބަބުން އެމަނިކުފާނު މިހާރު އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ގިނަ ބަޔަކު ދިޔައީ ޓްވީޓަރގައި ބުނަމުންނެވެ. މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވި ގޮތުގައި، ރައީށް ޔާމީން މަޤާމުން ދުދުކުރެވޭ ވަރަށް މިހާރު އެވަނީ ކާފީ ހެކި ލިބިފައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައިވަނީ، އިންސާފުވެރި ނިޒާމެއް ހިނގާނަމަ ހޯމަ ދުވަހުގެރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކުން އެކަނިވެސް، އެމަނިކުފާނު ވެރިކަމުން އަޒުލުކުރަން ޖެހޭނެ ކަމަށާ، އަމިއްލަ އިޢުތިރާފަކީ ކާފީ ހެކި ކަމަށެވެ.

 

 

ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައިސާ އައިމިނަތު ނާދިރާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން މީހާރު ހުންނެވީ ހަމަ ރަނގަޅަށްވެސް ބޯގޮވާފައެވެ. ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީށް ޔާމީން ބޯގޮވި ކަމަށް ވިދާޅުވީ ހަޤީޤަތުގައިވެސް ބޯގޮވީމައި ކަމަށާ، އެމަނިކުފާނު މިހާރު ހުންނެވީ ވެރިކަމުން އަޒުލު ކުރާވަރަށް ބޯގޮވާފައިކަން އަމިއްލައަށް ސާބިތު ކޮށްދެއްވައިފިކަމަށެވެ. އިތުރު ޓްވީޓެއްގައި ނާދިރާ ވިދާޅުވީ، ރައީސް ދެއްކެވި ވާހަކަ ދެއްކެވުމަށްފަހު ފިއްލުވުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށާ، ފުލުހުން މި މައްސަލަ ބަލައި، ރައީސް ޔާމީން ރާއްޖޭގެ ވެރިކަމުގައި ބެހެއްޓުމަށް ޝަރުތު ހަމަވޭތޯ ބެލުމަށް ނާދިރާ ގޮވާލެއްވިއެވެ.

 

 

ރައީސް ޔާމީންގެ ވާހަކަފުޅާއި ގުޅިގެން، އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، މުޙައްމަދު ޝިފާޒް ވިދާޅުވީ، އިސްލާމީ ދައުލަތެއްގެ ވެރިއަކަށް ރައީސް ޔާމީން ބެހެއްޓުން ހެޔޮވެސް ނުވާނެ ކަމަށާ، އެމަނިކުފާނު އަވަހަށް މަޤާމުން ވަކިކުރަން ޖެހޭ ކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޕްލިޓީކަލް އެޑްވައިޒަރ، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރުވެސް ވަނީ ރައީސް ޔާމީންގެ އިސްތިޢުފާއަށް ގޮވާލައްވާފައެވެ. އެގޮތުން ޖާބިރު ވިދާޅުވީ، ނުހަލާލު ފައިސާ ލިބުނު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްތިޢުފާ ދެއްވަން ޖެހިވަޑައިގަންނަވާނަމަ، ފޮށިފޮށީގައި ގެއަށް ފައިސާ ވެއްދިކަމަށް އިޢުތިރާފުވެވަޑައިގަތް ރައީސްވެސް އިއްތިޢުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އަދީބްގެ ފައިސާއިން ހޮވުނު މެންބަރުން އިސްތިޢުފާ ދެއްވުމަށް ރައީސް ގޮވާލެއްވި ގޮވާލެއްވުމަށް އިޝާރާތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑު މީދޫ ދާއިރާގެ މެންބަރު، ރޮޒައިނާ އާދަމް ވިދާޅުވީ، ހަމައެފަދައިން، އަދީބުގެ ފައިސާއިން ހޮވުނު ރައީސް ވެސް އިސްތިޢުފާ ދޭންޖެހޭ ކަމަށެވެ. އަދީބާއި ގުޅޭގޮތުން ރައީސް ޔާމީން ފަހަކަށް އައިސް ވަރަށް ގިނައިން ވާހަކަ ދައްކަވާއިރު، ރޮޒައިނާ ވަނީ، އަދީބު ދެއްވި ކާރު ދުއްވުމާއި، އަނގޮޓިކޮޅު ރައީސް ޔާމީނަށް މައްސަލައަކަށް ނުވެ، ރިޔާސަތު އޯކޭ ވުމަކީ ޖޯކެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީވެސް ވިދާޅުވީ، ރައީސް ޔާމީން އަޒުލުކުރަން ޖެހިފައިވާ ކަމަށެވެ. އިންތި ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ޔާމީން ދައްކަވާ ކޮންމެ ވާހަކަފުޅަކުން ލިބިގެންދަނީ އިތުރު އިޢުތިރާފްތައް ކަމަށާ، އެމަނިކުފާނު މަޤާމުން އަޒުލުކުރުން ވާޖިބުވެއްޖެ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަދީބުގެ ޚަރަދުގައި މަޖިލީހަށް ވަޑައިގަތް މެންބަރުން އިސްތިޢުފާދެއްވުމަށް ރައީސް ޔާމީން ގޮވާލެއްވި ގޮވާލެއްވުމަށް އިޝަރާތްކުރައްވާ، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް އަލީމް އާދަމް ވަނީ، ދޫވެއްސަށް ނުހަލާލު ފައިސާ ވައްދައިގެން، ރައިސްގެ ދެމަފިރިކަނބަލުން އެ ފައިސާ ބޭނުންފުޅުކުރެއްވުމުން އަދިވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވަނީ މަޖިލީހުގެ މެންބަރުންތޯ ސުވާލުކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުތަކާއި ގުޅިގެން ގިނަ ފަރަތްތަކަކުން ވަނީ މި މައްސަލަ ތަޙުޤީޤު ކުރުމަށްވެސް ކަމައިބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

 

 

 

 

 

 

 

 

 

 

މީގެ އިތުރުން ރައީސް ޔާމީންގެ ވާހަކަފުޅާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެ ވާހަކަތަކަށާއި ރައީސް ޔާމީންއަށް ނިސްބަތްކުރައްވާ ސަމާސާ ރާގަށްވެސް އެތައް ވާހަކައެއް ދައްކާފައެވެ.

 

 

 

 

 

 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
10%
0%
0%
90%
0%
ކޮމެންޓް
19 އޯގަސްޓް 2017 | ހޮނިހިރު 16:24
ރަހާ
އަޅުގަނޑު، ކޮމެންޓް ކުރައްވާ، އަދިމީޑިއާ މެދުވެރިކުރައްވާ ރައްޔިތުންނާއި މައުލޫމާތު ހިއްސާ ކުރައްވާ ބޭފުޅުންނަ ދަންނަވާލަން، އަދީބު ފައިސާ އޭ ވިދާޅުވެ، އަދި ލިޔެހަދާ އިރުގަވެސް އަދީބު ފައިސާ އޭ ވިދާޅުވުމުގެ ބަދަލުގައި (އެމްއެމްޕީއާރުސީން ޙިޔާނާތް ވި ފައިސާއޭ ވިދާޅުވަ ދެއްވާށެވެ).