ކ. މާލެ
|
15 އޯގަސްޓް 2017 | އަންގާރަ 13:07
ލޯފަން ހައްޖުވެރިއަކަށް ސައުދީ ފުލުހަކު މައްކާގައި އެހީތެރިވަނީ
ލޯފަން ހައްޖުވެރިއަކަށް ސައުދީ ފުލުހަކު މައްކާގައި އެހީތެރިވަނީ
އޮކާޒް
ހައްޖު 1438
ގަވައިދާ ޚިލާފަށް ހައްޖުވާން އުޅުނު 95،400 މީހުން އަތުލައިގަނެފި
 
މި ދިޔަ އާދިއްތަ ދުވަހާ ހަމައަށް 663،860 މީހުން ހައްޖުވުމަށް ވައިގެ މަގުން ސައުދީއަށް އެތެރެވެފައިވޭ

ގަވައިދާ ޚިލާފަށް ހައްޖުވާން އުޅުނު 95،400 (ނުވަދިހަ ފަސްހާސް ހަތަރު ސަތޭކަ) މީހުން މިހާތަނަށް އަތުލައިގަނެފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ކޮމަންޑަރ އޮފް ހައްޖު ސެކިއުރިޓީ ފޯސަސް ޖެނެރަލް ޚާލިދް އަލް ހަރްބީ ސައުދީ މީޑީއާ އަށް ހާމަ ކުރައްވައިފިއެވެ.

އޭނާ ވިދާޅުވީ މިއީ ޖުލައި 19 ން އޯގަސްޓް 12 އާ ދެމެދު އެއްގަމު މަގުން އެކި ގޮތް ގޮތުން ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެތެރެވާން އުޅުނު މީހުން ކަމަށެވެ. އޭނާ ވިދާޅުވީ، ސާޅީސް ހަތްހާސް ހަތްސަތޭކަ އުޅަނދު ގަވައިދާ ޚިލާފަށް ހައްޖަށް މީހުން ގޮވައިގެން ދަތުރުކުރަނި ކޮށް ހުއްޓުވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ގަވައިދާ ޚިލާފަށް ހައްޖަށް އަންނަ މީހުން ހޯދާ އަތުލުމަށް ރެންޑަމް ކޮށް ފިންގަޕްރިންޓް ނެގުމާއި، ވައިގެ މަގުން ސަވޭލަންސް ކުރިއަށް ގެންދާ ކަމަށެވެ. އަދި ގަވައިދާ ޚިލާފަށް ހައްޖުވުމަށް މައްކާ އަށާއި އެހެނިހެން ސިޓީތަކަށް އެތެރެވާން މަސައްކަތް ކުރާ މީހުން ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކުރެވި ހަރުކަށި ފިޔަވަޅު ސައުދީ ސަރުކާރުން އަޅާނެ ކަމަށެވެ.

 މި ދިޔަ އާދިއްތަ ދުވަހާ ހަމައަށް 663،860 (ހަލައްކަ ފަސްދޮޅަސް ތިން ހާސް އަށް ސަތޭކަ ފަސްދޮޅަސް) މީހުން ހައްޖުވުމަށް ވައިގެ މަގުން ސައުދީއަށް އެތެރެވެފައިވާ ކަމަށާއި، 10،796 (ދިހަހާސް ހަތްސަތޭކަ ނުވަދިހަ ހައެއް) މީހުން އެއްގަމު މަގުން އައިސްފައިވާ ކަމަށާއި، 487 (ހަތަރު ސަތޭކަ އަށްޑިހަ ހަތެއް) މީހުން ކަނޑު މަގުން ހައްޖަށް އައިސްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
100%
0%
0%
0%
0%
ކޮމެންޓް