ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 11:12
އަމީތާބް ބައްޗަން
އަމީތާބް ބައްޗަން
އިންޑިއަން އެކްސްޕްރެސް
އަމީތާބް ބައްޗަން
މި ފަހަރު އުފަން ދުވަސް ފާހަގަކުރަން ބޭނުން ނުވާ ކަމަށް އަމީތާބް ބުނެފި
 
އަމީތާބަށް މިފަހަރު 75 އަހަރު ފުރޭނެ
 
އަމީތާބްގެ އުފަންދުވަހަކީ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަސް

ބޮލީވުޑްގެ ތަރި އަމީތާބް ބައްޗަންގެ އުފަންދުވަސް ފާހަގަކުރަން ބޭނުންނުވާ ކަމަށް އޭނާ ބުނެފިއެވެ.

އުފަންދުވަސް ފާހަގަކުރުމަށް ބޭނުންނުވާ ކަމަށް އަމީތާބް ބުނެފައި ވަނީ އޭނާގެ ބްލޮގުގައެވެ.

އެހެންނަމަވެސް އެއީ ކީއްވެ ކަމެއް ބުނެފައެއް ނުވެއެވެ.

އަމީތާބް އޭނާގެ ބްލޮގުގައި ބުނެފައި ވަނީ އޭނާގެ އުފަންދުވަސް ފާހަގަކުރަން ބޭނުންނުވާ ކަމަށާއި އަދި އެއްވެސް މީހަކު އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ބޭނުންނުވާ ކަމަށެވެ. އަދި އޭނާގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޭނުންވާ މީހުންނަށް ހިތްވަރެއް ވެސް ނުދޭނެ ކަމަށާއި ހަފްލާއެއް ބޭއްވިއަސް އޭނާ އޭގައި ބައިވެރިއެއް ވެސް ނުވާނެ ކަމަށެވެ.

އަމީތާބަށް މިފަހަރު 75 އަހަރު ފުރޭނެއެވެ.

އަމީތާބް އޭނާގެ ބްލޮގުގައި ބުނެފައި ވަނީ އޭނާގެ 75 ވަނަ އުފަންދުވަހުގައި ބޭނުން ވަނީ އެކަހެރި ތަނެއްގައި އެކަނިމާއެކަނި އުޅެން ކަމަށެވެ. އަދި އެތަނަކީ އެއްވެސް ބަޔަކަށް ނޭނގޭ ކަހަލަ ތަނެއް ކަމަށާއި އޭނާ ބޭނުންވަނީ އެދުވަހު އޭނާ އެކަނި އުޅެން ކަމަށެވެ.

އަމީތާބްގެ އުފަންދުވަހަކީ އޮކްޓޯބަރ މަހުގެ 11 ވަނަ ދުވަހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
100%
0%
ކޮމެންޓް