ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 10:59
ޕަރިނީތީ ޗޯޕްޅާ
ޕަރިނީތީ ޗޯޕްޅާ
އިންސްޓަގްރާމް
ޕަރިނީތީ ޗޯޕްޅާ
ޕަރިނީތީ ޗޯޕްޅާ ދެވަނަ ލަވައިގެ ރެކޯޑިން އަށް ތައްޔާރު
 
ޕަރިނީތީ އެންމެ ފުރަތަމަ ބޮލީވުޑުން ފެނިފައިވަނީ 2011 ވަނަ އަހަރު

ބޮލީވުޑްގެ ތަރި ޕަރިނީތި ޗޯޕްޅާ އޭނާގެ ދެވަނަ ލަވައިގެ ރެކޯޑިންއަށް ތައްޔާރުވެއްޖެއެވެ.

ޕަރިނީތި ބުނީ އޭނާ އެންމެ ފުރަތަމަ ކިޔާފައިވާ ލަވައަށް ވުރެ މި ލަވަ މާރީތި ވާނެ ކަމަށާއި ދެވަނަ ލަވަ ރެކޯޑްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޕަރިނީތި އެންމެ ފުރަތަމަ ކިޔާފައި ވަނީ އޭނާ އެންމެ ފަހުން ކުޅެފައިވާ ފިލްމު ކަމަށްވާ "މޭރީ ޕިޔާރީ ބިންދޫ" އަށް ކިޔާދީފައިވާ ލަވައެވެ.

ކުރަކި އަޑެއްގެ ވެރިއެއް ނަމަވެސް އެލަވައަށް ވަނީ އާންމުންގެ ސަޕޯޓް ލިބިފައެވެ.

ޕަރީނީތި މީގެ ކުރިން ބުނެފައި ވަނީ ފުރަތަމައަށް ލަވައެއް ކިޔަން ލިބުން އެއީ އޭނާއަށް ލަވަކިޔާހިތްވެފައި ހުއްޓާ ލިބުނު ފުރުސަތަކަށް ވާތީ އުފާވާކަމެއް ކަމަށެވެ. އަދި އެއީ އޭނާއަށް ލަވަކިޔުމުގެ ދާއިރާއިން ކުރިއަށްދެވުމަށް ހުޅުވުނު ދޮރެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

ޕަރީނީތިގެ ފުރަތަމަ ލަވައަކީ ފިލްމަކަށް ކިޔާދީފައިވާ ލަވައަކަށް ވީ ނަމަވެސް މިފަހަރުގެ ލަވަ އޭނާ ކިޔާނީ ފިލްމަކަށް ނޫނެވެ.

ޕަރިނީތީ އެންމެ ފުރަތަމަ ބޮލީވުޑުން ފެނިފައި ވަނީ 2011 ވަނަ އަހަރު ނުކުތް "ލޭޑީޒް ވާސަސް ރިކީ ބާލް" އިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް