ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 18:02
ހަޖަރުލްއަސްވަދު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ ތެރެއިން
ހަޖަރުލްއަސްވަދު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ ތެރެއިން
ޔޫޓިއުބް
ހަޖަރުލްއަސްވަދު
ހަޖަރުލް އަސްވަދު ބެލެހެއްޓުން ވަކި އާއިލާއަކަށް ޚާޢްސަ މަސައްކަތެއް!
 
ހިލަ ބެލެހެއްޓުމުގެ ތެރޭގައި ހިލަ ސާފުކުރުމާއި ހިލައިގައި ހުވަނދުލުން ހިމެނޭ

ކައުބާގައި ބެހެއްޓިފައިވާ ހަޖަރުލްއަސްވަދަކީ ކަޅު ކުލައިގެ ހިލައެކެވެ. ހިލަ ބޭރުން ސިފަވަނީ ކުކުޅުބިސް ބުރަށެވެ. ހިލައިގެ ބޭރުގައި ވަނީ ރިހި ފްރޭމެއް ހަރުކޮށްފައެވެ. އެ ފްރޭމްގައި މީހެއްގެ ބޮލުގެ ބޮޑުމިނަށް އިންނަ އަނގައެއް އިނދެއެވެ. މީހުންނަށް ހިލަފެންނަނީ މި ފްރޭމްގެ ތެރޭންނެވެ.

ކޮންމެ އަހަރަކު ކައުބާ އަށް ޒިޔާރަތް ކުރާ އެތައް މިލިއަން މުސްލިމުން ގާތުން ނުވިއްޔާ ކިތަންމެ ދުރުން ނަމަވެސް ދުށުމަށް ޝައުވެރިވާ މި ޚާއްސަ ޚާއްސަ ހިލަ ބެލެހެއްޓުމަކީ ވަކި އާއިލާއަކާ ގުޅިފައިވާ ކަމެކެވެ. ހހިލަ ރީތިކޮށް ފުރިހަމަކޮށް ބެލެހެއްޓުމަކީ އެ އާއިލާގެ ދަރިފަސްކޮޅަށް ދެމިގެން އަންނަ ޚާއްސަ މަސައްކަތެކެވެ.

ހިލަ ބެލެހެއްޓުމުގެ މަސައްކަތް ޒަމާންތަކަށް ކުރަމުން އަންނަނީ ސައުދީގެ ޝެއިޚް މުހައްމަދު މަހްމޫދު ބަދްރުގެ އާއިލާއިންނެވެ. އެއީ މީގެ ސަތޭކަ އަހަރަށް ވުރެ ކުރިން ސުރެ އެކަން ހަމަޖެހިފައި އޮންނަ ގޮތެވެ. ޝެއިޚް ބަދްރު އެ މަސައްކަތް ކުރަމުން އައި ގޮތް އޭނާގެ ގާތުން ދަސްކޮށްގެން މަސައްކަތް މިހާރު ކުރަމުންދަނީ އޭނާގެ ދަރިންނާއި ދަރިންގެ ދަރިންނެވެ. މިހާރު ހަޖަރުލްއަސްވަދު ބެލެހެއްޓުމުގެ މަސައްކަތާ އިސްކޮށް ހަވާލުވެ ހުރީ ޝެއިޚް މަހުމޫދުގެ ދަރިއެއް ކަމުގައި ފައިސަލްއެވެ. ފައިސަލް އާއެކު މަސައްކަތުގައި އޭނާގެ ދަރިންވެސް ބައިވެރިވެއެވެ. ފައިސަލް އަލް އަރަބިއްޔާ ޓީވީއަށް ކިޔައިދިން ގޮތުގައި އެމީހުންގެ މައިގަނޑު މަސައްކަތަކީ، ގަވައިދުން ހަޖަރުލްއަސްވަދު ބެލެހެއްޓުމެވެ. ހިލައިގެ އެއްވެސް ތަނަކަށް އެއްވެސް ކަމެއް ވެއްޖެނަމަ ފައިސަލް އާއި އޭނާގެ ކުދިންގެ ލޮލުގައި އެކަމެއް އަޅައި ނުގަނެ ކައްސާލައިގެން ނުދާނެއެވެ.

 

ހަޖަރުލް އަސްވަދު ބެލެހެއްޓުމުގެ މަސައްކަތް ކުރާ ގޮތް ފައިސަލް އަލް އަރަބިއްޔާއަށް ކިޔައިދެނީ

ހަޖަރުލްއަސްވަދު ބެލެހެއްޓުމުގެ މަސައްކަތްކުގެ ތެރޭގައި ހިލައިން ނެއްޓޭ އެތިއެތިކޮޅު ނަގާ ސާފުކުރުމާއި އާއި ދުވަސް ވުމުން ނެއްޓެމުންދާ އެތިއެތިކޮޅު ވަކިކޮށް ނަގާ ކުލަ ރީތި ކުރުމަށްފަހު އޭތިކޮޅު އަލުން ހަރުކުރުމާއި، ހިލަ ފޮހުމާއި، ބޭރުގައިވާ ރިހި ކަވަރު ފޮހެ ސާފު ކުރުމާއި، ހިލައިން ތަންކޮޅެއް ނެއްޓިއްޖެނަމަ އެތަނެއް އަވަހަށް މަރާމާތު ކުރުމާއި، ހިލައިގައި މީރުވަސް ދުވާ ހުވަނދުލުން ހިމެނެއެވެ.

ފައިސަލް ކިޔައިދިން ގޮތުގައި މީހުން ހީކުރާ ގޮތާ ޚިލާފަށް ހަޖްރުސް އަސްވަދަކީ އެއްކޮށް އޮތް އެއް ހިލައެއް ނޫނެވެ. ހަޖަރުއަސްވަދުގެ މެދުގައި ހަތްހިލަ ވެއެވެ. އެ ހަތް ހިލަ ހުންނަނީ އެކަތިގަނޑެއްގެ ގޮތައް ތަތްކޮށްފައެވެ.

 

ހަޖަރުއަސްވަދުގެ މެދުގައި ވަނީ ހަތްހިލަ

އެނާ ކިޔައިދިން ގޮތުގައި ހަޖަރުލް އަސްވަދު މަރާމާތު ކުރުމަށް ހޭދަވާ ވަގުތަކީ، ލިބިފައިވާ ގެއްލުމެއްގެ ނިސްބަތުން ހޭދަވާ ވަގުތެކެވެ. ބައެއް ފަހަރު ބައިގަޑީއިރު ނުވަތަ ގަޑިއެއްގެ އިރު ނުވަތަ ދެ ގަޑީއިރުވެސް އެކަމަށް ހޭދަވެދާނެއެވެ. އަހަރެއްގެ ތެރޭގައި ތިން ފަހަރު ނުވަތަ ފަސްފަހަރުވެސް މަރާމާތުގެ މަސައްކަތް ކުރަންޖެހިދާނެއެވެ. އޭނާ ބުނީ އަހަރަކު އެވްރެޖްކޮށް ތިން ފަހަރު ހަޖަރުލް އަސްވަދު މަރާމާތުގެ މަސައްކަތް ކުރާކަމަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
100%
0%
0%
0%
0%
ކޮމެންޓް
13 އޯގަސްޓް 2017 | އާދީއްތަ 18:53
ތިމަންނަ
ރަވަށް މުހިންމު މަޢުލޫމާތެއް