ކ. މާލެ
|
13 އޯގަސްޓް 2017 | އާދީއްތަ 15:02
އާލިއާގެ ދައްތަ ޝާހީން އަދި އާއިލާއާއިއެކީ
އާލިއާގެ ދައްތަ ޝާހީން އަދި އާއިލާއާއިއެކީ
ގޫގުލް
"އާޝިގީ3"
"އާޝިގީ 3" ގެ ސްކްރީން ޕްލޭ ލިޔަނީ އާލިއާގެ ދައްތަ
 
"އާޝިގީ3" ގެ ޝޫޓިން ވަރަށްއަވަހަށް ފަށާނެ

ބަޓް ކޭމްޕުގެ ކާމިޔާބު ފްރަންޗައިޒް ފިލްމުތައް ކަމަށްވާ "އާޝިގީ"، "އާޝިގީ2" އަށް ފަހު ސިނަމާތަކަށް އައުމަށް ތައްޔާރުވަމުން އަންނަ ފިލްމު "އާޝިގީ3" ގެ ސްކްރިޕްޓް ލިޔާނީ ޑައިރެކްޓަރ މޯހިތު ބަޓްގެ ދަރިފުޅު އަދި އާލިއާގެ ދައްތަ ޝާހީން ބަޓް ކަމަށް އާލިއާ ބުނެފިއެވެ.

އާލިއާ ބުނީ "އާޝިގީ 3" އޭނާ އަށް ހާއްސަ ކަމަކަށާއި އެއީ އެ ފިލްމަކީ އޭނާގެ ބައްޕަގެ ފިލްމަކުން އޭނާ އެންމެ ފުރަތަމަ ފެންނަ ފިލްމަށްވެފައި އެ ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ އާލިއާގެ ދައްތަ ޝާހީން ބަޓް ކަމަށް ވާތީ ކަމަށެވެ.

އާލިއާ ބުނީ އެހެންކަމުން އޭނާ ހުރީ އެފިލްމުގައި އެކްޓު ކުރަން ކެތްމަދުވެފައިކަމަށާއި އޭނާ ބޭނުން ވަނީ ފިލްމުގެ މަސައްކަތް  ވީހާ ވެސް އަވަހަކަށް ފެށުން ކަމަށެވެ.

އަދި ފިލްމުގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަސައްކަތް އޭނާގެ ބައްޕަ ކުރަމުންދާ ކަމަށް އާލިއާ ބުންޏެވެ.

މޯހިތު މީގެ ކުރިން ބުނެފައިވަނީ ރަނގަޅު ސްކްރިޕްޓަކާއި ނުލާ "އާޝިގީ3" އުފައްދައިފިނަމަ އޭނާއަށް އޮތް ތާއިދާއި ލޯބި ގެއްލިގެން ހިނގައިދާނެ ކަމަށެވެ. "އާޝިގީ" އަޅުވާފައި ވަނީ 1990 ވަނަ އަހަރުގައެވެ. އަދި "އާޝިގީ2" ސިނަމާތަކަށް އައިސްފައި ވަނީ 2013 ވަނަ އަހަރުގައެވެ. "އާޝިގީ2" ވަނީ ބޮކްސްއޮފީހުގައި ކާމިޔާބު ފިލްމެއްގެ މަގާމު ހޯދާފައެވެ. އެ ފިލްމުގައި އެކްޓް ކޮށްފައިވަނީ އަތިޔާ ރޯއި އާއި ޝްރައްދާ ކަޕޫރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް