ކ. މާލެ
|
11 އޯގަސްޓް 2017 | ހުކުރު 14:54
އަދުލުވެރިވުމާއި، އިންސާފު ގާއިމް ކުރުމަކީ ތަރައްގީގެ އެންމެ މުހިންމު އެއް ރުކުން

ގޫގުލް
ތަރައްގީ އާއި އިންސާފު
ތަރައްގީ ވުމުގެ އެންމެ މުހިންމު ރުކުނަކީ އަދުލުވެރި ވުމާއި އިންސާފުވެރި ވުން: ޚުތުބާ
 
ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ހުއްޓުވުމަކީ އިސްލާމީ މުޖްތަމައެއްގެ އެންމެ އިސް ރުކުން
 
އިންސާފާ ހަމަހަމަކަން ނެތް މުޖްތަމައެއްގައި ސުލްހަވެރިކަން ނޯންނާނެ
 
އަދުލުވެރިކަން ނެތް އެއްވެސް މުޖްތަމައުއެއްގައި ހެޔޮ ކަމެއް ނޯންނާނެ

ދިވެހި ރާއްޖެ މިއަދު މިވަނީ ތަރައްގީ އާ ތަހުޒީބުގެ އައު އުސްމިން ތަކަކަށް ވާސިލް ވުމަށްޓަކައި ގިނަ ގުނަ މަސައްކަތް ތަކެއް ކުރަން ޖެހިފައި ކަމަށާއި، އެ މަސައްކަތް ކާމިޔާބާ ހަމަ އަށް ގެންދިއުމަށް ފުރިހަމަ ކުރަންޖެހޭ އެންމެ މުހިންމު ރުކުން ތަކުގެ ތެރޭގައި އަދުލުވެރި ވުމާއި އިންސާފު ގާއިމް ކުރުން ހިމެނޭ ކަމަށް ހުކުރު ޚުތުބާގައި ހާމަކޮށްފިއެވެ.

ލޮބުވެތި މުސްލިމް އަޚުންނޭވެ! ދިވެހިރާއްޖެ މިއަދު މިވަނީ، ހެޔޮ ލަފާ މުޖްމަތަމައުއެއް ބިނާ ކުރުމަށާއި، ތަރައްގީ އާއި ތަހުޒީބުގެ އައު އުސްމިން ތަކަކަށް ވާސިލް ވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހިފައެވެ. މި މަސައްކަތް ކާމިޔާބަކާ ހަމައަށް ގެންދެވޭނީ މުހިންމު ރުކުންތަކެއް ފުރިހަމަ ވެގެންނެވެ. އެ ރުކުން ތަކުގެ ތެރެއިން އެންމެ މުހިންމު ރުކުނަކީ އަދުލުވެރިވުމާއި، އިންސާފު ގާއިމް ކުރުމާއި، ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންތައްތައް ނަހީ ކުރުމެވެ" ޚުތުބާގައި ބުނެފައި ވެއެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ، އަދުލުވެރިކަން ނެތް އެއްވެސް މުޖްތަމައުއެއްގައި ހެޔޮ ކަމެއް ނޯންނާނެ ކަމަށެވެ. އިންސާފާ ހަމަހަމަކަން ނެތް މުޖްތަމައެއްގައި ސުލްހަވެރިކަން ނޯންނާނެ ކަމަށެވެ.

ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައިކަންތައްތައް ނަހީ ނުކުރާ މުޖްތަމައުއަކީ އިސްލާމީ މަބާދިއު ތަކުން އެއްކިބާ ވެގެންވާ މުޖްތަމައެއް ކަމަށްވެސް ޚުތުބާގައި ފާހަކަ ކޮށްފައިވެއެވެ. އެއާއެކު އެފަދަ މުޖްތަމައުތައް ވެގެންދާނީ މުންކަރާތްތައް އާއްމުވެފައިވާ ބާއްޖަވެރިކަމެއް ނެތް މުޖްތަމައެއް ކަމަށްވެސް ޚުތުބާގައި ވެއެވެ.

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ހުއްޓުވުމަކީ އިސްލާމީ މުޖްތަމައެއްގެ އެންމެ އިސް ރުކުން ކަމަށްވެސް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އެއާއެކު މި އުއްމަތް އެންމެ ހެޔޮ މުޖްތަމައު ކަމަށް ވެގެން ދިޔައީ ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ހުއްޓުވުމުގެ ސަބަބުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
0%
0%
0%
ކޮމެންޓް