ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 10:37
1438 ވަނަ އަހަރު ސައުދީ އަށް ހައްޖުވުމަށް ދިޔަ ބަޔަކަށް އޮފިޝަލުން މަރުހަބާ ކިޔަނީ
1438 ވަނަ އަހަރު ސައުދީ އަށް ހައްޖުވުމަށް ދިޔަ ބަޔަކަށް އޮފިޝަލުން މަރުހަބާ ކިޔަނީ
ސައުދީގެޒެޓް
ހައްޖު 1438
މަސްޖިދުއް ނަބަވީގެ 100 ށް ވުރެ ގިނަ ދޮރުކޮޅު ހައްޖުވެރިންނަށް ހުޅުވާލައިފި
 
ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ގިނަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައި

ހައްޖުވެރިންނަށް މަސްޖިދުއް ނަބަވީގެ 100 ށް ވުރެ ގިނަ ދޮރުކޮޅުތައް ސައުވީސް ގަޑީއިރަށް ހުޅުވާލައިފިއެވެ.

މަސްޖިދުއް ނަބަވީގެ ކަންކަން ބަލަހައްޓާ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލީ އަލް އުބައިދު ސައުދީ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް މަސްޖިދުއް ނަބަވީގެ އިންތިޒާމްތައް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

އިންތިޒާމް ތަކުގެ ތަފްސީލް ދެއްވަމުން އޭނާ ވިދާޅުވީ، މިސްކިތުގައި 12 އިލެކްޓްރިކް ސިޑި އާއި 24 އާދައިގެ ސިޑި ހުންނާނެ ކަމަށާއި، މިސްކިތުގައި ސޯޅަ ހާސް ކާޕެޓް އަޅާފައި ވުމުގެ އިތުރުން 250 ކުޑަ ހައްޖުވެރިންގެ ބޭނުން ތަކަށް މިސްކިތުގައި ލިބެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން 300 ޓަނުގެ ޒަމްޒަމް ފެން ކޮންމެ ދުވަހަކު މައްކާއިން ގެނައުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، އަދި މިސްކިތުގައި ޒަމްޒަމް ފެން އަޅާފައި ފަނަރަހާސް ކަންވާރު ބެހެއްޓިފައިވާނެ ކަމަށެވެ. އެއާއެކު ބޯފެން ފޯރުކޮށް ދިނުމަށް 385 ފެން އިސްކުރު ހަރުކުރެވިފައިވާ ކަމަށާއި، އެކަށީގެންވާ އަދަދަކަށް ޑިސްޕޯސަބަލް ތަށި ބެހެއްޓިފައިވާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދެހާސް ފުރޮޅުލީ ގޮނޑިއާއި، ވުޟޫ ކުރުމަށް އެގާރަ ހާސް އިސްކުރު ބެހެއްޓިފައިވާ ކަމަށެވެ.

ހައްޖުވެރިންނަށް ފޯރުކޮށްދޭ ކާބޯތަކެތީގެ ކޮލިޓީ އާއި ރައްކާތެރިކަމާ ބެހޭ ސިމްޕޯޒިއަމް އެއް ބުދަ ދުވަހު މައްކާގެ މުނިސިޕަލްޓީން ވަނީ އިންތިޒާމް ކޮށްފައެވެ. މި ސިމްޕޯސިއަމްގައި ސަރުކާރާ އަމިއްލަ ފަރާތްތަކުން ބައިވެރިވާ ކަމަށް ސައުދީ މީޑިއާއިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
100%
0%
0%
0%
0%
ކޮމެންޓް