ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 12:59
 ސްވަރާ ބާސްކަރް
ސްވަރާ ބާސްކަރް
ގޫގުލް
ވީރޭ ދި ވެޑިން
"ވީރޭ ދި ވެޑިން" އަށް ސްވަރާ ބާސްކަރް 10 ކިލޯ ލުއިކޮށްފި
 
އޭނާ ބަރުދަން ލުއިކުރީ އޭކްތާ ކަޕޫރުގެ އެދުމުގެ މަތިން

ޝޫޓިން ފެށުމަށް ތައްޔާރުވަމުންދާ "ވީރޭ ދި ވެޑިން"ގެ އެއް އެކްޓަރ ސްވަރާ ބާސްކަރް 10 ކިލޯ ލުއިކޮށްފިއެވެ.

"ވީރޭ ދި ވެޑިން"އަށް ސްވަރާ 10 ކިލޯ ލުއިކޮށްފައި ވަނީ ޕްރޮޑިއުސަރ އޭކްތާ ކަޕޫރުގެ އެދުމުގެ މަތިން ކަމަށް ޚަބަރުތައް ބުނެއެވެ. ސްވަރާއަކީ މީގެ ކުރިން ނިކުމެފައިވާ "ޕްރޭމް ރަތަން ދަން ޕާޔޯ" އާއި "ރާންޖަނާ"ގެ ސަޕޯޓިން ރޯލުން ފެނިގެންދިޔަ ތަރިއެކެވެ.

ޚަބަރުތައް ބުނާ ގޮތުގައި ސްވަރާ މިހާރު ވަނީ "ވީރޭ ދި ވެޑިން"އަށް އޭނާގެ ހަށިގަނޑުގެ ބައްޓަން ބޭނުންވާ ވަރަށް ރީތިކޮށްފައެވެ.

އަންހެނުންތަކެއްގެ ވާހަކަ ކިޔައިދޭ "ވީރޭ ދި ވެޑިން"ގެ ޝޫޓިން މިއަހަރުގެ ތެރޭގައި ފެށޭނެކަމަށްޕްރޮޑިއުސަރ އެކްތާކަޕޫރު އެތައް ފަހަރެއްގެ މަތިން ވަނީ ބުނެފައެވެ. މިފިލްމަށް ތައްޔާރުވުމަށް ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރުވެސް ވަނީ ވިހެއުމަށް ފަހު ވަނީ އޭނާގެ ބަރުދަން ލުއި ވެސް ކޮށްފައެވެ.

މިމަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފެށޭނެ ކަމަށް ކުރިން އެކްތާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް ޚަބަރުތައް ބުނާ ގޮތުގައި މިހާރު ޝޫޓިން ވަނީ ލަސްކޮށްލާފައެވެ.

ކަރީނާ އާއި ސޯނަމްއާ އެކު ސްވަރާ ބާސްކަރާއި ޝިކާ ޓަލްސާނިޔާ މުހިންމު ރޯލުން ފެނިގެންދާ މި ފިލްމަކީ ގިނަ ބަތަލާއިންތަކެއް ލީޑްރޯލުން ފެނިގެންދާ ފިލްމެވެ. މި ފިލްމުގެ ޝޫޓިން 55 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރީއާ ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
33%
0%
0%
33%
33%
0%
ކޮމެންޓް