ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 18:49
ގާސިމް އިބްރާހިމް އޭޑީކޭ ހޮސްޕިޓަލްގައި
ގާސިމް އިބްރާހިމް އޭޑީކޭ ހޮސްޕިޓަލްގައި
ހުސެން ފިޔާޒް
ގާސިމް އިބްރާހިމް
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!
 
މިހާރު ފަރުވާ ދެއްވަނީ އޭޑީކޭގެ އައިސީޔޫގައި
 
ތައުލީމާއި ސިއްހަތަށް ވަރަށް ބޮޑު ހޭދައެއް ކުރެއްވި
 
ވަރަށް ދީލަތި ބޭފުޅެއް

ގާސިމް އިބްރާހިމްއާ ބެހޭ ގޮތުން ދެބަސްނުވެވޭނެ ހަގީގަތެއް އެބަ އޮތެވެ. އެންމެ ބޮޑު އެއް މަހްޖަނެވެ. ދަހިވެތިކަމެއް ނެތި މުށް ހުޅުވާލެއްވި ދީލަތި ބޭފުޅެކެވެ. ނިކަމެތިންގެ ބައްޕަ އެވެ. އަމިއްލަ ތަނަވަސްކަމުގެ މައްޗަށް ބޮޑާކަމެއް ނެތެވެ. ލެވިފައިވާ ކިބުރުވެރިކަމުގެ ސާލެއް ވެސް ނެތެވެ. އެ މަނިކުފާނު އަބަދުވެސް ގަބޫލު ކުރައްވަނީ މުދަލަކީ, މާތް الله ސުބުޙާނަހޫ ވަތަޢާލާގެ މިލްކެއް ކަމަށާއި, އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ތަނަވަސްކަން ދެއްވާކަނެ ކަމަށެވެ. އަދި މުދަލާއި ފައިސާ އާއި މުއްސަނދިކަން ނެތިކުރައްވަން އިރާދަކުރައްވައިފި ނަމަ އިސާހިތެއްގައި އެކަންވެގެންދާނެ ކަމަށް ގަބޫލުކުރައްވަ އެވެ.  އެހެންވެ، މުއްސަނދިކަމުން ލައްޒަތު ހޯއްދަވަނީ އެ މަނިކުފާނު އަމިއްލަ ފުޅަކަށް ނޫނެވެ. މިޒާޖުފުޅުގައި ވެސް ނިކަމެތީންގެ ހާލު އަހުވާލު ބެއްލެވުމާއި, މީހުންނަށް އެހީވުމާއި, އޯގާތެރިވުމުގެ މަތިވެރި ސިފަ އަށަގެންފައިވެއެވެ.

އުފަން ރަށުގައި ބޮޑުފުޅުވުމާއި، ބައްޕާފުޅާއެކު ފަޅުރަށެއްގައި އުޅުއްވަން ޖެހިވަޑައިގަތުމުން، ނިކަމެތިންގެ ހާލު އެ މަނިކުފާނަށް ތަޖުރިބާ ކުރެއްވުނެވެ. ނަތީޖާއަކަށްވީ ތަނަވަސްކަން ލިބިވަޑައިގެންނެވި ދުވަހު އެހެން މުއްސަނދިންނާ ހިލާފަށް ނިކަމެތިންނާއި ހާލުގައި ޖެހިފައިވާ މީހުންގެ މުހްތާދުތައް ވެވެން އޮތް އެންމެ މަތީ ދަރަޖައަކަށް ފުއްދައި ދެއްވުމެވެ. ސްކޯލަޝިޕް ސްކީމާއި އާސަންދަ ތައާރަފުކުރަން ސަރުކާރަށް މަޖުބޫރުވީ ގާސިމްގެ އަމިއްލަ ސްކީމްތައް ހިންގަމަން ފެއްޓެވުމުންނެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ސްކޯލަޝިޕް ސްކީމެއް ތައާރަފުކުރީ ވިލާ ފައުންޑޭޝަންގެ ސްކޯލާޝިޕަށް ފަހު އެވެ. ޒަމާނީ ތައުލީމު ހޯއްދެވުމުގެ ފުރުސަތު ގާސިމަށް ލިބިވަޑައިނުގަތަސް، އެ މަނިކުފާނު ބޭނުންފުޅުވީ ޒުވާން ސިކުނޑިތަކަށް ދިރުން ގެނެސްދިނުމަށެވެ. ތައުލީމީ ޒުވާނުން ބިނާކުރުމަށެވެ. އިލްމުގެ ނޫރުން ގައުމު އަލިކުރުވުމަށެވެ. މިހާރު ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ، އަދި ހާއްސަކޮށް ބައެއް މިނިސްޓަރުންނަކީ ގާސިމްގެ ދީލަތިކަމުގެ ސަބަބުން، ތައުލީމު ހޯއްދެވި ބޭފުޅުންނެވެ.

މިހާތަނަށް ވިލާ ފައުންޑޭޝަނުން ދެ ހާހަށް ވުރެ މީހުންނަށް މަތީތައުލީމުގެ ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ.

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ވެސް ގާސިމްގެ ހިއްސާ ކުޑައެއް ނޫނެވެ. ރާއްޖޭން ބޭސްފަރުވާ ކުރެވެން ނެތި، އުއްމީދު ގެއްލި ބަލިއެނދުގައި އޮތް އެތައް ދިވެހިންނަކަށް އުއްމީދު އާކޮށްދެއްވީ ގާސިމެވެ. އެހެން މަހްޖަނަކު އަދިވެސް ނުހިންގަވާ މިންވަރަށް، އަދި ސަރުކާރަށް ވެސް ގޮންޖަހާލެވޭ މިންވަރަށް ގާސިމް ވަނީ ސިއްހީ ފަރުވާ ވެސް ފޯރުކޮށްދެއްވައިފަ އެވެ. ދެހާސް ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 500 މީހުންނަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ދިޔައީ ފޯރުކޮށްދެމުންނެވެ. ދިވެހި ސަރުކާރަށް ވުރެ ގިނައިން އިންޑިއާގެ ޓްރިވެންޑްރަމާއި ލަންކާއަށް، ބަލި މީހުން ފޮނުއްވީ ގާސިމްކަން އެއީ ހަގީގަތެކެވެ. ބޮޑެތި ބަލިތައް ކަމުގައިވާ ކެންސަރާއި ކިޑްނީގެ ބަލިތަކާއި ހިތުގެ ބަލިތަކާއި ރާއްޖޭން ފަރުވާ ހޯދެން ނެތް އެހެން ބަލިތަކަށް ވެސް ފަރުވާ ހޯދަން ގާސިމް ގެންދެވީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެހީއަކަށް އެދޭ އެއްވެސް މީހަކު ހުސް އަތާ ދިޔަ ނުދީ، ދީލަތި އެހީއެއް ފޯރުކޮށްދެއްވުމަކީ ގާސިމަށް ލިބިވަޑައިގަންނަވާ އުފަލެކެވެ. ނަމަވެސް މިއަދު އެ މަނިކުފާނު އެ އޮންނެވި ހާލަތާމެދު  ވިސްނަވާށެވެ.

އެ މަނިކުފާނުގެ ވެލްފެއާގެ ބަޖެޓް އަހަރަކު ހަތަރު މިލިއަނާއި ފަސް މިލިއަން ޑޮލަރަށް އަރައެވެ. ގާސިމަށް އާދޭސްކޮށް ބޭސްފަރުވާ އާއި ތައުލީމް ހާސިލް ކުރެއްވި ބޭފުޅުން ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބަވައިގެން، ގާސިމަށް އެ ގެންދަވަނީ ނުހައްގު އަނިޔާ ދެމުންނެވެ. ބޭސްފަރުވާއަށް ހޯއްދަވަން ގާސިމް ފުރާވަޑައިގަތުމުގެ ދޮރުތައް ވަނީ ބަންދުކޮށްފަ އެވެ. އެ މަނިކުފާނު ހައްދަވަންޖެހޭ ޓެސްޓްތަކަކީ ރާއްޖޭން ހެދެން ނެތް ޓެސްޓްތަކެކެވެ. އެ މަނިކުފާނުގެ ހިތުގެ އާލާސްކަންފުޅު ބޮޑުވެ، މިހާރު ވެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، އެއްވެސް މީހެއްގެ ހިތުގައި ރަހްމެއް ނެތީ ހެއްޔެވެ. އެ މަނިކުފާނުގެ ޖާނާއި މާލުން މި ގައުމަށްޓަކައި، ދިވެހިރައްޔިތުންނަށްޓަކައިވި ގުރުބާނީ އާއި ހޭދައިގެ މަތިން މިއަދު ހަނދާންކުރަންޖެހެ އެވެ. ހެޔޮ ދުއާކުރަންޖެހެވެ. ސިޔާސީ މަގުސަދަށްޓަކައި ދެމުންދާ އަނިޔާ ހުއްޓުވަންޖެހެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
82%
18%
0%
0%
ކޮމެންޓް
8 އޯގަސްޓް 2017 | އަންގާރަ 11:57
ހަގީގަތް
ނިކަމެތި ރައްޔިތުންގެ ވޯޓް ގާސިމް ލިބޭނެ އެއީ ކޮއްދެވެން އޮތްކަމަކީ، ސަރުކާރުން ބޭނުންވަނީ ގާސިމް ބަލި ހާލުގަ ފަރުވާނުދީ ބާއްވައިގެން ފުރާނަޔަށް ނުރައްކާ ކޮއްލުން، ﷲ ގާސިމް އަށް އަވަސް ސިފާ މިންވަރު ކޮއްދެއްވާށި، އާމިން