ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 12:05
ބޫމީގެ ފުރަތަމަ ޕޯސްޓަރ
ބޫމީގެ ފުރަތަމަ ޕޯސްޓަރ
ގޫގުލް
ފިލްމު "ބޫމީ"
"ބޫމީ"ގެ ފުރަތަމަ ޕޯސްޓަރު ރިލީޒްކޮށްފި
 
ފިމްލު ރިލީޒް ކުރާނީ ސެޕްޓެމްބަރުމަހުގެ 22 ގައި

ސަންޖޭދަތު އެނބުރި އަންނަ ފިލްމު ކަމަށްވާ "ބޫމީ" ގެ ޝޫޓިން ނިންމާލިތާ 3 މަސްވެފައިވާއިރު އެފިލްމުގެ ފުރަތަމަ ޕޯސްޓަރު ރިލީޒް ކޮށްފި އެވެ.

 

މި ޕޯސްޓަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެއެވެ. ޕޯސްޓަރުގައި ފެންނަ ގޮތުން ސަންޖޭގެ މޫނު އެކި ތަންތަނުން ވެއްޔާއި އެކު ލޭ އަންނަތަން ފެނެއެވެ.

 

މި ފިލްމު ރިލީޒް ކުރުމަށް ތައްޔާރު ވަމުންދަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 22 ވަނަ ދުވަހުގައެވެ. "ބޫމީ" ގައި ސަންޖޭ  އެކްޓް ކޮށްފައިވަނީ އޭނާގެ އެންމެ މޮޅު ޕާފޯމެންސް ކަމަށް ފިލްމުގެ ޑައިރެކްޓަރ އޮމަންގް ކުމާރު ވަނީ ބުނެފައެވެ.

 

ސަންޖޭ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ދެހާސް ސާދަވަނަ އަހަރު ނިކުތް "ޕީކޭ" އިން ނެވެ.

 

ސަންޖޭ ވަނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ފިލްމުގެ ޝޫޓިން ކުރިއަށް ގޮސްފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި  މިއީ އޭނާ އަށް އަނެއްކާ ވެސް ވަރަށް ބައިވަރު ކަންތައްތަކެއް ދަސްވެގެން ދިޔަ ތަޖުރިބާއެއް ކަމަށް ބުނެފައެވެ.



މި ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު ޕްރޮޑިއުސަރުން ކަމަށްވާ ބޫޝަން ކުމާރާއި ސަންދީޕް ސިންގް ވަނީ  ފިލްމުގެ ޝޫޓިން ފެށިގެން ނިމެންދެން އެއްވެސް ވަރުބަލި ކަމެއް ނެތި މަސައްކަތް ކޮށްފައެވެ.

 

އަދި މިފިލްމުގެ ޝޫޓިން ދިޔަ ގޮތާއިމެދު ހިތްހަމަޖެހޭކަމަށް ބުނެފައެވެ.


"ބޫމީ" އަކީ ޖަޒުބާތުން ފުރިގެންވާ ބަދަލު ހިފުމުގެ ކަންތައްތަކެއް ފެނިގެންދާނެ ޑްރާމާ އެކެވެ. މި ފިލްމުގައު ބައްޕަ އަކާއި އަންހެން ދަރިފުޅުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުން ފެނިގެންދާނެ އެވެ.

 

"ބޫމީ" ގައި ސަންޖޭގެ އަންހެން ދަރިފުޅުގެ ރޯލުން ފެނިގެންދަނީ އަދިތީ ރާއޯ ހައިދަރީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް