ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 10:44
ޖޭ-ޒީގެ މޫންލައިޓް ލަވައިގެ ވީޑިއޯ ލަވައަކީ މިހާތަނަށް އެންމެ މަޝްހޫރުވި އެއް ސީރީޒެއްކަމަށްވާ "ފްރެންޑްސް"ގެ ޕެރޮޑީއެއް
ޖޭ-ޒީގެ މޫންލައިޓް ލަވައިގެ ވީޑިއޯ ލަވައަކީ މިހާތަނަށް އެންމެ މަޝްހޫރުވި އެއް ސީރީޒެއްކަމަށްވާ "ފްރެންޑްސް"ގެ ޕެރޮޑީއެއް
ގޫގުލް
ފް.ރެ.ން.ޑް.ސް
ޖޭ-ޒީގެ "މޫންލައިޓް" ވީޑިއޯ، ފްރެންޑްސްގެ ޕެރޮޑީއެއް
 
ޖެނިފަރ އެނިސްޓަން. ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ، ޑޭވިޑް ޝްވިމަރ، މެތިއު ޕެރީ އަދި މެޓް ލަ ބްލާންކް ފެނިގެންދާ "ފްރެންޑްސް" ޝޯވ އަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޝޯވއެއް
 
"ދަ ވަން ވެއާ ޖޭ-ޒީ ޕުޓް އަ ބްރޭންޑް ނިއު ސްޕިން އޮން ފްރެންޑްސް" އިން ހޮލީވުޑްގެ މަޝްހޫރު އެފްރިކަންއެމެރިކަން ތަރިން ފެނިގެންދޭ
 
ޖޭ-ޒީގެ މޫންލައިޓް ލަވައިގެ ވީޑިއޯ ލަވައަކީ މިހާތަނަށް އެންމެ މަޝްހޫރުވި އެއް ސީރީޒެއްކަމަށްވާ "ފްރެންޑްސް"ގެ ޕެރޮޑީއެއް

މަޝްހޫރު ރެޕް އާޓިސްޓް ޖޭ-ޒީގެ 4:44 އަލްބަމްގެ "މޫންލައިޓް" ލަވައިގެ ވީޑިއޯ ރިލީޒް ކޮށްފިއެވެ.

4:44 އަކީ ލަވަކިތުންތެރިޔާ ބިޔޯންސޭ ނޯލްސްގެ ފިރިމީހާ، ޖޭ-ޒީ ނުވަތަ ޝޯން ކާޓަރގެ 13 ވަނަ އަލްބަމެވެ.

ޓައިޑަލްއިން އެކްސްކްލޫސިވްކޮށް މި ލަވަ މިހާރު ބެލުންތެރިންނަށް ބަލާލެވޭ އިރު، ލަވައަކީ މިހާތަނަށް އެންމެ މަޝްހޫރުވި އެއް ސީރީޒެއް ކަމަށްވާ "ފްރެންޑްސް"ގެ ޕެރޮޑީއެކެވެ.

6 މިނިޓްގެ މި ވީޑިއޯއަށް ބައެއް މީހުން "ދަ ވަން ވެއާ ޖޭ-ޒީ ޕުޓް އަ ބްރޭންޑް ނިއު ސްޕިން އޮން ފްރެންޑްސް"ގެ ނަން ދީފައިވާއިރު، ވީޑިއޯއިން ފެނިގެން ދަނީ އެފްރިކަން އެމަރިކަން ކާސްޓަކާ އެކު ތައްޔާރު ކޮށްފައިވާ "ދަން ވަން ވެއާ ނޯވަންސް ރެޑީ"ގެ ޕެރޮޑީއެކެވެ.

ޖޭ-ޒީގެ މި ލަވައިގައި ހޮލޯވުޑްގެ މަޝްހޫރު ތަރިންތަކެއް ފެނިގެންދެއެވެ. އެ ގޮތުން ރޮސް ގެލަރ ގެ ރޯލުން ޖެރަޑް ކާމައިކަލް ފެނިގެންދާއިރު، މޮނިކާ ގެލަރގެ ރޯލުން ޓެސާ ތޮމްޕްސަން، ރޭޗަލް ގްރީންގެ ރޯލުން އިސާ ރޭ، ފީބީގެ ބުފޭގެ ރޯލުން ޓިފަނީ ހެޑިޝް، ޗޭންޑްލަރ ބިންގގެ ރޯލުން ލަކީތު ސްޓެންފީލްޑް އަދި ޖޯއީ ޓްރިބިއާނީގެ ރޯލުން ލިލް ރެލް ހަވަރީ ފެނިގެންދެއެވެ.

ފްރެންޑްސްގެ މަޝްހޫރު އޯޕަނިންގ ކްރެޑިޓްސް ވެސް ޖޭ-ޒީގެ ލަވައަށް ރިކްރިއޭޓް ކޮށްފައިވެއެވެ. އެގޮތުން ހަ ތަރިން ސޯފާއެއްގައި ކުލަ ގަދަ ކުޑަތަކެއް ހިފައިގެން ފައުންޓަނެއްގައި ނަށާ ސަކަރާތް ޖަހާ މަންޒަރުވެސް ފެނިގެންދާއިރު، މި ޕެރޮޑީގެ އޯޕަނިންގައި ބޭނުން ކޮށްފައިވަނީ "ހިއުޑީނީގެ ފްރެންޑްސް" ކިޔާ ލަވައެކެވެ.

1994 ވަނަ އަހަރުން 2004 ވަނަ އަހަރާ ހަމައަށް ކުރިއަށް ދިޔަ ފްރެންޑްސް ޝޯވގެ އިންޓްރޯގައި އަަންނަ "ދަ ރަމްބްރާންޑްޓްސްގެ އައިލް ބީ ދެއާ ފޯރ ޔޫ" އަކީ ޝޯވގެ ސަބަބުން މަޝްހޫރު ވެގެން ދިޔަ ލަވައެކެވެ.

ޖެނިފަރ އެނިސްޓަން. ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ، ޑޭވިޑް ޝްވިމަރ، މެތިއު ޕެރީ އަދި މެޓްލަ ބްލާންކް ފެނިގެންދާ "ފްރެންޑްސް" ޝޯވ އަކީ ގިނަ ބައެއްގެ  މަގްބޫލުކަން ހޯދާފައިވާ ޝޯވއެކެވެ. ފްރެންޑްސްގެ ރީރަންސް އަދިވެސް ގިނަ ޗެނަލްތަކުން ދައްކަމުން ދާއިރު، ޝޯވ ކުރިއަށް ދިޔަ 10 އަހަރު ތެރޭ ގިނަ އެވޯޑްތައް ކާމިޔާބު ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް