ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 08:55
"ޔަންގް އެންޑް ފްރީ" ގެ ޕޯސްޓަރ
"ޔަންގް އެންޑް ފްރީ" ގެ ޕޯސްޓަރ
ޓްވިޓަރ
ޕްރިޔަންކާ ޗޮޕްޅާ
ޕްރިޔަންކާ މިފަހަރު ޑީޖޭ ވިލް ސްޕާކްސްއާ އެކު ލަވައެއް ނެރެނީ
 
ލަވަ ނެރުމަށް ހަމެޖހިފައިވަނީ 11 އޮގަސްޓްގައި
 
މި ލަވައަށް ކިޔަނީ "ޔަންގް އެންޑް ފްރީ"

މަޝްހޫރު ބޮލީވުޑް އަދި ހޮލީވުޑް ސްޓަރ ޕްރިޔަންކާ ޗޯޕްޅާގެ އެންމެ ފަހުގެ ލަވަ އޮސްޓްރޭލިއާގެ މަޝްހޫރު ޑީޖޭ ވިލް ސްޕާކްސްއާ އެކު ލަވައެއް ނެރެން ތައްޔާރުވެއްޖެއެވެ.

 

"ޔަންގް އެންޑް ފްރީ" މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރު ވަމުންދާއިރު މީގެ ކުރިން ވެސް ޕްރިޔަންކާ ވަނީ މަޝްހޫރު ލަވަ ތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

 

ޕްރިޔަންކާ  ޗޯޕްޅާގެ މިއުޒިކީ ވާހަކަ ދުވަސްކޮޅަކަށް ފަނޑުވެފައި އޮތް ނަމަވެސް، އެ ވާހަކަ އަނެއްކާ ވެސް އަލުން ދައްކަންވަނީ ފަށާފައެވެ. އެންމެ ފުރަތަމަ ބެލުންތެރިންނަށް ދޫކޮށްލީ "އިން މައި ސިޓީ" އިންނެވެ.

 

މީގެ އިތުރުން "އެކްޒޯޓިކް" ފަދަ ރީތި ލަވަތަކެއް ގެނެސްދީފައިވަނީ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ޕިޓްބުލް އާއި ވިލް އައި އެމްއާ ކޮލަބްރޭޓްވުމަށް ފަހުގައެވެ.

 

އަލްޓްރާ މިއުޒިކުން ތައްޔާރުކުރާ މިލަވައިގެ ޕޯސްޓަރެއް އެ ސްޓޫޑިއޯ އިން ޓްވީޓް ވެސްކޮށްފައިވެއެވެ. މިޓުވީޓަށް ކޮށްފައިވާ ކޮމެންޓްތަކުގެ ތެރޭގައި ލަވައަށް ކުރާ އިންތިޒާރު ފޭނުންވަނީ ހާމަކޮށްފައެވެ. އަދި ލަވައާއި ދޭތެރޭ ކުރާ އުއްމީދު ބޮޑު ކަމަށްވެސް ބުނެފައިވެއެވެ.

ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން ހޮލީވުޑްގައި ބޮޑު މަޝްހޫރު ކަމެއް ހޯދުމުގެ ކުރިން، ޕްރިޔަންކާގެ ހުނަރު ހުޅަނގަށް އެންމެ ފުރަތަމަ ދައްކައިލީ ވެސް ލަވަ ކިޔުމުންނެވެ.

 

އޭނާ ކުޅުނު ފުރަތަމަ ހޮލީވުޑް ފިލްމް "ބޭވޮޗް"އަށް ބެލުންތެރިންގެ އެހާ ތަރުހީބެއް ލިބިފައެއް ނުވެއެވެ.

 

އެހެން ނަމަވެސް "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަން ކުރިއަށް އޮތް އިރު، ޕްރިޔަންކާ މިހާރު އަންނަނީ ހޮލީވުޑްގެ އިތުރު ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ "އިޒިންޓް އިޓް ރޮމޭންޓިކް" އާއި "އަ ކިޑް ލައިކް ޖޭކް" އެވެ.

 

މީގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ މާދުރީ ޑިކްސިޓްގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ސީރީސްއެއްގެ މަސައްކަތް ވެސް އޭނާ ވަރަށް އަވަހަށް ފަށާނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް