ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 22:57
މި ސަރުކާރުގައި މަރާލާފައިވާ މީހުންތައް
މި ސަރުކާރުގައި މަރާލާފައިވާ މީހުންތައް
ރާއްޖެ އެމްވީ
މަރުގެ މައްސަލަތައް
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!
 
2017 ވަނަ އަހަރު މިހާތަނަށް 4 މަރު
 
2015 އާއި 2016 ގެ ތެރޭގައި 15 މަރު
 
2013 އާއި 2014 ގެ ތެރޭގައި 6 މަރު

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ރައީސް އަބްދުﷲ ޔާމީން ކުރެއްވީ 17 ނޮވެމްބަރު 2013 ވަނަ ދުވަހު އެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި މި ފާއިތުވި ތިން އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި 25 މީހަކު މަރާލާފައިވެއެވެ. މި ރިޕޯޓުގައި މި ބަލާލަނީ އެ މައްސަލަތަކަށާއި، އިންސާފު ގާއިމްކުރެވިފައިވާ ހިސާބަށެވެ. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގާތްގަނޑަކަށް 42 މަސް މިވަނީ ވެފަ އެވެ. އެ މުއްދަތުގައި 25 މީހަކު މަރާލާފައިވާއިރު، އެއީ ގާތްގަނޑަކަށް ކޮންމެ ދޮޅު މަހެއްގެ ތެރޭގައި މަރެކެވެ.

 

24 ޑިސެމްބަރު 2013: ހުސެއިން ވަހީދު، 21 އަހަރު

މއ. އައިޝާ، ހުސެއިން ވަހީދު މަރާލާފައިވަނީ ބުރުޒު މަގުގައި ހުންނަ ކޮފީ ކޯނަރ ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. 8 އިންޗި ދިގު މިނުގެ ވަޅިއެއް ހުސެއިން ވަހީދުގެ މެޔަށް ހަރައި، އޭނާ މަރާލި މައްސަލައިގައި 18 އަހަރުން ދަށުގެ ދެ ކުއްޖެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލި އެވެ. އެ ކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކުރިއިރު، އަނެއް ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އެއް ކުއްޖަކު ހުސެއިން ވަހީދަށް ހަމަލާދިން އިރު އަނެއް ކުއްޖާ އިނީ ސައިކަލް ދުއްވާށެވެ. އެ ދެ ކުދިންގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި، ޖުވެނައިލް ކޯޓުން ވަނީ 2015 ވަނަ އަހަރުގެ މެއި 11 ވަނަ ދުވަހު އެ ދެ ކުދިން މެރުމަށް ހުކުމް ކޮށްފަ އެވެ.

 

4 އޭޕްރީލް 2014: އަލީ ރަޝީދު(އަލިބެ)، 79 އަހަރު

ގދ. ތިނަދޫ، ޑައިމަންޑްވިލާ، އަލީ ރަޝީދު، އަލިބެ މަރާލާފައި އޮތްވާ ފެނުނީ އޭނާގެ ގޭގެ ކޮޓަރިއެއްގެ ތެރެއިންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކަރުގައި ޒަހަމްތަކެއް ވެސް ހުއްޓެވެ. ޑައިމަންޑްވިލާ ގޭ ތެރެއިން ލޭ ވެސް ފެނިފައިވެ އެވެ. އެ މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކުރި ނަމަވެސް، ފަހުން އެމީހުން ވަނީ ދޫކޮށްލާފަ އެވެ. 

 

31 ޖުލައި 2014: އަލީ ޝިހާމް، 34 އަހަރު

ކ. ތުލުސްދޫ، ބިޖިލީ އުފާ، އަލީ ޝިހާމް މަރާލާފައިވަނި ތޫނު އެއްޗަކުން ބަނޑަށް ހަމަލާދިނުމުގެ ސަބަބުން އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. ޝިހާމަށް ހަމަލާދީފައިވަނީ ގޭގެ ޖޯލިފަތީގައި އޮއްވަ އެވެ. އަލީ ޝިހާމް މަރާލި ކަމަށް އެ ރަށު ރެޑްރޯސް މުހައްމަދު ނިޔާޒު ވަނީ އިއުތިރާފްވެފަ އެވެ. އެ މައްސަލައިގައި 2014 ވަނަ އަހަރުގެ ނޮވެމްބަރު 27 ވަަނަ ދުވަހު ނިޔާޒް މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަލީ ޝިހާމްގެ ވާރިސުން އެދިފައިވަނީ އޭނާގެ ގާތިލުގެ ކިބައިން ގިސާސް ހިފުމަށެވެ.

 

2 އޯގަސްޓް 2014: މުހައްމަދު މާޒިން، 18 އަހަރު

ނ. މިލަދޫ. ދިއްގާމާގޭ، މުހައްމަދު މާޒިން މަރާލާފައިވަނީ ހެންވޭރު އަޑިޕާކް ސަރަހައްދުގައި އޭނާ ހުއްޓާ ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. މާޒިންގެ ހަށިގަނޑުގެ 11 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވެ އެވެ. އޭނާ މަރުވެފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އެ ހޮސްޕިޓަލްގެ ޑޮކްޓަރުން އޭނައާ މެދު އުންމީދު ކަނޑާލުމުން، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާ މަރާލާފައި ވަނީ އެހެން މީހަކު ކަމަށް ހީކޮށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މާޒިން މަރާލި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ނިންމާލާފަ އެވެ. 

 

23 އޯގަސްޓް 2014: އަހުމަދު އަސީލް، 19 އަހަރު

ތ. ތިމަރަފުށީ ބްލޫނިއާގޭ، އަހުމަދު އަސީލް މަރުވެފައިވަނީ މައްޗަންގޮޅި ދިދިގޯޅި ކައިރީގައި އިތުރު ބަޔަކާއެކުު ހުއްޓާ ގްރޫޕަކުން ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް، އޯގަސްޓް 29 ވަނަ ދުވަހު އެވެ. އަސީލްގެ މަރުގެ މައްސަލައިގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު 13 އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރުގެ އޯގަސްޓް 23 ވަނަ ދުވަހު ޖުވެނައިލް ކޯޓުން ހުކުމް ކުރި އެވެ. އަދި އިތުރު ހަ މީހެއްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ. 

 

7 ޑިސެމްބަރު 2014: އަހުމަދު މަފާޒު، 28 އަހަރު

 

ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒު މަރާލާފައިވަނީ ހުސްނުހީނާ މަގު، އަލޯރާ ފަރުނީޗަރު ކައިރީގައި ހިންގި މާރާމާރީއެއްގައެވެ. މަފާޒަށް ދިން ހަމަލާގައި އޭނާގެ ބޮލުގެ ނާށިގަނޑު ފަޅާލައި، ކަރުގައި ވަޅި އަޅާފައިވެ އެވެ. އަދި ހަށިގަނޑުގެ އެތަން މިތަނަށް ވަޅި ހަރާފައިވެ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. މަފާޒުގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. ދައުވާކޮށްފައިވަނިކޮށް އެތަނުން އެކަކު ވަނީ މަރުވެފަ އެވެ. އިތުރަށް ދިރާސާކުރުމަށް ކަމަށް ބުނެ އެމީހުންގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ އަނބުރާ ގެންދިއުމަށްފަހު، އެ ދެ މީހުންނާއި އިތުރު މީހަކު ހިމެނޭ ގޮތަށް އާ ދައުވާއެއް ކުރި އެވެ. ފަހުން ކުރީ މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އެވެ. އެމީހުންގެ މައްޗަށް މަރުގެ ތުހުމަތުކޮށްފައިނުވާއިރު، އެ ދައުވާ ސާބިތުނުވާ ކަމަށް މިއަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

 

28 ޖެނުއަރީ 2015: މުހައްމަދު އިބްތިހާލް، 3 އަހަރު

ވ.ރަކީދޫ މުހައްމަދު އިބްތިހާލް މަރުވެފައިވަނީ އޭނާގެ މަންމަ، އާފިޔާ މުހައްމަދުގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. އިބްތިހާލްގެ މަރާ ގުޅިގެން އާފިޔާގެ މައްޗަށް ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ. އާފިޔާގެ ފަރާތުން އިބްތިހާލްއަށް އަނިޔާ ލިބެމުންދާކަން އޭގެ ކުރިން ވެސް ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފަ އެވެ. އިބްތިހާލްގެ މަރުގެ މައްސަލައިގައި ޖެންޑަރ މިނިސްޓްރީގެ ހަތަރު މުވައްޒަފަކާއި، ވ. އަތޮޅުގައި ހުރި ފުލުހުންގެ އެކްޓިންގ ކޮމާންޑަރުގެ މައްޗަށް ވެސް ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ. 

 

21 ފެބްރުއަރީ 2015: ޖައިލަމް އަހުމަދު ޝާކިރު، 24 އަހަރު

ހ. ހަންޑްރެޑްފްލާވާރ، ޖައިލަމް އަހުމަދު ޝާކިރު މަރާލާފައިވަނީ ގޭގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީގެންދެގެން އިންދާ ދެ ސައިކަލެއްގައި ދިޔަ ބަޔަކު ވަޅިން ދީގެންނެވެ. އޭނާ މަރުވެފައިވަނީ ޒަހަމްތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ޖައިލަމްއަށް ހަމަލާދިނީ ދެ ސައިކަލުގައި ދިޔަ ހަތަރު މީހުންގެ ގްރޫޕަކުންނެވެ. އެ މައްސަލަައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާކޮށް ޝާރީއަތް ދަނީ ހިންގަމުންނެވެ. އެ މައްސަލައަ ގުޅިގެން ފުލުހުން ހޯދަމުންދިޔަ އިތުރު މީހަކު ވަނީ ލަންކާގައި ފިލައިގެން އުޅުމަށް ފަހު އަމިއްލައަށް ހަވާލުވެފައެވެ. 

 

20 މާޗް 2015: އަލީ ޒިޔަދަމް، 29 އަހަރު

ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރުވެފައިވަނީ ވަޅިއަކުން އޭނާއަށް ދިން ހަމަލާއެއްގެ ސަބަބުންނެވެ. އެ މައްސަލައާ ގުޅިގެން ދެ މީހެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ. ދައުވާގައި ބުނެފައިވަނީ މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައިދަނިކޮށް، ދައުވާ ލިބޭ ދެ މީހުން އޭނާގެ ފަލަމަސްގަނޑަށް އަށްއިންޗިހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ. އެ ހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެދެމީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުވާގައި ބުނެފައިވެއެވެ. އެ ރަށު މީހުން ބުނާ ގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ އަމިއްލައަށް ތައްޔާރުކުރި ބަނގުރާ ބެހުމުގައި ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

 

22 މާޗް 2015: ޝަހީން މިއާ، 29 އަހަރު

މާލޭގެ ހާބަރު ސަރަހައްދުގައި ހުރި ޅިޔަނު ކެފޭގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހީން މިއާ މަރާލާފައިވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ކެފޭ ތެރެއަށް ވަދެ ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. ޝަހީން މިއާ މަރާލާފައިވަނީ ބަންދުގެ ގަޑީގައި ކޮފީ ނުދިނުމުން އެތައް ފަހަރެއްގެ މަތިން ބިރުދެއްކުމަށް ފަހު އެވެ. ފަތިހު އޭނާއަށް ހަމަލާދިނުމުގެ ކުރިން ދަންވަރުގެ ވަގުތެއްގައި އެ ކެފޭއަށް ވަދެ ބިއްލޫރިތައް ތަޅާލި އެވެ. އޭނާގެ މަރާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްގެން ތަހުގީގު ހިންގި ނަމަވެސް، ފަހުން އެ ދެ މީހުން ވެސް ވަނީ ދޫކޮށްލާފަ އެވެ. 

 

23 މާޗް 2015: ކާޒީ ބިލާލް މިއާ

އއ. ތޮއްޑޫގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކާޒީ ބިލާލް މިއާ ޒަޚަމްތަކަކާއެކު މަރުވެފައިވާ އޮތްވާ ފެނުމާއެކު ފުލުހުން ހާއްސަ ތަހުގީގެއް ފެށިއެވެ. މި މައްސަލައާއި ގުޅުންހުރި އަދި ހުރެދާނެކަމަށް ބެލެވޭ ދިވެހިންނާ ތޮއްޑޫގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީން ހާޒިރުކޮށް ސުވާލުކޮށް ގިނަ ބައެއްގެ ތަހުގީގު ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން މިމައްސަލައިގެ ތަހުގީގަށް ބޭނުންވާ ތަންތަން ބަލައި ފާސްކޮށް މަރުވެފައިވާ މީހާގެ ހަށިގަނޑުންނާ މަރުވެފައިވާ މީހާ އޮތްތަނުންނާ އޭނާ ދިރިއުޅޭ ތަނުން ލިބެންހުރި މާއްދީ ހެއްކާއި ޤަރީނާ އަށްފުދޭ ތަކެތި ނަގައި ފޮރެންސިކް ތަޙުލީލުތައްވެސް ކުރިއެވެ. މާޗް 30 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ  ކާޒީ ބިލާލް މިއާ މަރުވެފައިވަނީ ލިބިފައިވާ ނުވަތަ ކޮށްފައިވާ އަނިޔާއަކުން ނޫންކަމަށާއި އަދި އޭނާގެ މަރުގެ ޙާދިސާއަކީ ބަޔަކު މީހުން ގަސްތުގައި އޭނާ މަރާލަން ހިންގާފައިވާ ޢަމަލެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، ތޮއްޑޫ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި ބަޔަކު މީހުން ގަސްދުގައި އޭނާ މަރާލީ އެވެ.

 

28 މާޗް 2015: ނޫރު އާދަމް ހަސަންފުޅު، 29 އަހަރު

މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު މަރާލާފައިވަނީ އައިޖީއެމްއެޗްގައި ހުއްޓާ ވަޅިން ދިން ހަމަލާއެއްގަ އެވެ. ނޫރަށް ހަމަލާދިނީ ޔޫރޯ ސްޓޯރު ކައިރިން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލުމުން ނޫރު އާއި އިތުރު ބަޔަކު އެ މީހާ ގޮވައިގެން އައިޖީއެމްއެޗަށް ގެންދިޔުމަށްފަހު ހޮސްޕިޓަލްގެ އިމަޖެންސީ ގޭޓު ކުރިމަތީ ހުއްޓަ އެވެ. ހަމަލާދީފައިވަނީ އޭނާގެ ކަރަށާއި އަރިކައްޓަށެވެ. ނޫރު މަރާލި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެ މައްސަލައިގައި ދައުވާކޮށްފައިވަނީ 18 އަހަރުން ދަށުގެ ދެ ކުދިންނާއި 18 އަހަރުން މަތީގެ ދެމީހެއްގެ މައްޗަށެވެ. އެ މައްސަލައިގައި 15 އަހަރުގެ ކުއްޖަކު މެރުމަށް 2015 ވަނަ އަހަރުގެ ނޮވެމްބަރު 2 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ނޫރުގެ ހަ ވާރިސުން ވަނީ ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށް ބޭނުންވާ ކަމަށް ކޯޓުގައި ބުނެފަ އެވެ.

 

9 ޖޫން 2015: ބާދްޝާހު

ލ. ގަމުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބާދްޝާހު މަރުވެފައިވަނީ އޭނާ ނިދާފައި އޮތްވާ، ލަކުޑިބުރިއަކުން މޫނުމަތީގައި ޖެހުމުންނެވެ. ބާދުޝާހު މަރާލި މައްސަލައިގައި މީހެއްގެ މައްޗަށް ވަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އެ މީހާ ހޯދުނީ ބާދުޝާހު މަރާލުމަށް ފަހު އޭނާގެ ފޯނު ނަގައިގެން އެ ފޯނު ވިއްކުމުންނެވެ. މައްސަލައިގެ ބަންދު މަޖިލީހުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އެ މައްސަލައިގެ ޝަރީއަތުގައި ފުލުހަކު ވަނީ ތަހުގީގަށް ވެސް ބާދުޝާހު މަރާލި ގޮތް ތުހުމަތު ކުރެވޭ މީހާ ކިޔާދީފައިވާ ކަމަށް ހެކި ބަސް ދީފައެވެ. 

 

16 ޖޫން 2015: ހުސެއިން ޝިއާރު، 19 އަހަރު

ސ. ހިތަދޫ، އަތީނާ، ހުސެއިން ޝިއާރު މަރުވެފައިވަނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު ހިތަދޫ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްތަކަށް ފަރުވާ ހޯދަމުންދަނިކޮށް، ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ. ޝިއާރުގެ ބުރަކައްޓަށާއި ބޮލުގެ ދެ ތަނަކަށް ހަމަލާދީފަވާއިރު، ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފަ އެވެ. ޝިއާރުގެ މަރުގެ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް މިއަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހު ޓެރަރިޒަމުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. 

 

18 ނޮވެމްބަރު 2015: އިސްމާއިލް އަބްދުލް ރަހްމާން، 73 އަހަރު

ނ. ހޮޅުދޫ، ރޯސީ ބޭންކް، އިސްމާއިލް އަބްދުލް ރަހްމާން މަރުވެފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ނަމާދުން ފައިބައިގެން ގެޔަށް ދިޔަ މަގުމަތީ އޭނާގެ އަރިކައްޓަށް ތޫނު އެއްޗަކުން ދިން ހަމަލާއަށް ފަރުވާ ހޯދަމުންދަނިކޮށް ނޮވެމްބަރު 18 ވަނަ ދުވަހު އެވެ. އެ މައްސަލައާ ގުޅިގެން މީހެއްގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފަ އެވެ. އެ މައްސަލައިގައި ދައުވާ ލިބޭ މީހާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

 

7 ޖެނުއަރީ 2016: ހައްވާ ޒުހާ، 23 އަހަރު

ލ. ގަން، ބާބުލްއަވާލި، ހައްވާ ޒުހާ މަރާލާފައި އޮތްވާ ފެނުނީ މާލޭ ދޫހިމެރި މަގު ގޯޅިއެއްގެ ތެރެއިންނެވެ. ޒުހާ މަރާލައިފައިވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްގެން ކަމަށް ޕްރިލިމިނަރީ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ޒުހާ މަރާލާފައިވަނީ ހ. ލާލުުގޭގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގެ ތެރޭގައި ކަމަށާއި އެކަން ކޮށްފައިވަނީ ބިދޭސީއަކު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ހ. ލާލުކުރި ގޭގެ ކޮޓަރިއެއްގެ ތެރޭގައި ޖިންސީ ގުޅުން ހިންގުމަށްފަހު ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކަށްފަހު ކަނާތުން ޒުހާގެ ކަރުގައި ހިފުމަށްފަހު އޭނާ މަރާލާފައިވާ ކަމަށް ބުނެ ބަންގްލަދޭޝްގެ ރައްޔިތެއްގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކޮށްފަ އެވެ. ބަންގަލަދޭޝް މީހާ ވަނީ ޒުހާގެ ކަރުގައި ހިފިކަމަށް ޝަރިއަތުގައި އެއްބަސްވެފަ އެވެ. ނަމަވެސް، ފަހުން ބުނެފައިވަނީ ފުލުހުން އޭނާއަށް ބިރުދެއްކީ ކަމަށެވެ.

 

11 ފެބްރުއަރީ 2016: ފާތުމަތު ޝައިހާ، 4 އަހަރު

ށ. ފުނަދޫ، ދިނަށަ، ފާތުމަތު ޝައިހާ މަރުވެފައިވަނީ އޭނާގެ މަންމަ އައިމިނަތު ޝާހިދާގެ ފަރާތުން ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ. ޝައިހާ މަރުވެފައިވަނީ ށ. ނޫމަރާއަށް ދިރިއުޅުން ބަދަލުކޮށްގެން އުޅެނިކޮށް އެރަށު، ރީޑަސްވިލާގޭ ތެރޭގަ އެވެ. ޝައިހާގެ ކަރުގެ ތިން ތަނަކަށާއި ވައަތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަޚަމްތަކާއެކު ޖުމްލަ 10 ތަނަކަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައިގައި ޝާހިދާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ. 

 

2 މާޗް 2016: އަލީ އަބްދުﷲ، 47 އަހަރު

ސ. ހިތަދޫ، ބުރުނޫގޭ، އަލީ އަބްދުﷲ މަރާލުމަށްފަހު އެއްލާލާފައި އޮތްވާ ފެނުނީ އަލައޮޅެއްގެ ތެރެެއިންނެވެ. އެތަނުން އޭނާ ނެގިއިރު ދެ އަތުގެ އުޅަނބޮށީގެ ތެޔޮހަންވަނީ ގޮސްފައެވެ. އަދި ކަރުގައި އެއްޗެއް އޮޅާލައިފައިވާ ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. އޭގެ އިތުރަށް އޭނާގެ ދޫ ވަނީ ބޭރަށް ނުކުމެފައެވެ. ވިޔަފާރަވެރިޔާ އަލީ އަބްދުﷲ މަރާލާފައިވަނީ ފައިސާގެ ދަހިވެތިކަމުގައި ރާވައިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަލީ އަބްދުﷲ ގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހެއްގެ ގެއިން 40،000 އަށް ވުރެ ގިނަފައިސާ ފެނިފައިވެއެވެ. އެފައިސާ ފެނިފައިވަނީ އެމީހާއުޅޭ ގޭގެ ގޯތިތެރޭގައި ވަޅުލާފައި ހުއްޓައެވެ. އޭނާގެ މަރުގެ މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ދަނީ ހިންގަމުންނެވެ.

 

5 މޭ 2016: ނާޝިދު މޫސާ، 30 އަހަރު 

ޏ. ފުވައްމުލަކު، ދޫނޑިގަމު، އަންދަލީބުގޭ ނާޝިދު މޫސާ މަރުވެފައިވަނީ އޭނާއަށް ލިބުނު ޒަހަމްތަކަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށެވެ. އައިޖީއެމްއެޗް އެމަޖެންސީ ގޭޓާ ދިމާލުގައި ޒަހަމްތަކަކާއެކު ވެއްޓިފައި އޮތްވާ އޭނާ ފެނުނުއިރު، ފަރުވާދޭން ފެށިތާ މާގިނައިރުތަކެއް ނުވަނީސް ވަނީ މަރުވެފައެވެ. އޭނާގެ ބޮލަށާއި ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާކޮށްފައިވެއެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ހާމަކޮށްފައެއް ނުވެއެވެ. 

 

3 ޖޫން 2016: ފާތިރު މުހައްމަދު، 14 އަހަރު

މ. ސަރުމާގޭ އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު މަރާލާފައިވަނީ ވަޅިއަކުން ހަމަލާދީގެންނެވެ. ފާތިރަށް ހަމަލާދީފައިވަނީ އޭނާ ގޭގެ ތެރެއަށް ވަދެ ހަމަލާދީގެންނެވެ. ފާތިރު މަރާލީ މަރާމާރީއެއްގައި ކ. ކާށިދޫ، ރަންފަރު އުމުރުން 14 އަހަރުގެ އަހްމަދު އިރުޝާން ހިލްމީ މަރާލުމާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން މާރާމާރީ ހިންގާ ދިން ހަމަލާތަކެއްގަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އިރުޝާން މަރާލުމުގައި ފާތިރު ބައިވެރިވެފައިވެއެވެ. ފާތިރުގެ މަރާ ގުޅިގެން 15 އަހަރުގެ ކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮސްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ވަނީ ކޮށްފަ އެވެ. އެ މައްސަ

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
13%
0%
23%
61%
3%
0%
ކޮމެންޓް
6 އޯގަސްޓް 2017 | އާދީއްތަ 11:29
ހމޒ
އަވަހަށް މަރުގެ ޙުކުމް ތަންފީޛުކުރޭ! ކުރާނަމޭ ކުރާނަމޭ ވިދާޅުވެ ލަސްނުކުރައްވާށެވެ!"މެރުމަކީ ދިރުމެއް" !؟