ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 22:25
ކުރީގައި ބޭނުންކުރި އިސްތިރި
ކުރީގައި ބޭނުންކުރި އިސްތިރި
ރާއްޖެއެމްވީ
އެންޓިކް އަޔަން
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟
 
އެންމެ ފުރަތަމަ އިސްތިރިއެއް އުފެއްދީ 1882

ޒަމާން ތަރައްޤީވެ ކުރިއަރައިގެން ދިޔައީ ނޭނގޭހާ ހަލުވި ބާރު މިނެއްގައެވެ. މީގެ ފަންސަވީހަކަށް އަހަރު ކުރިއާއި މިއަދާއ އަޅާބަލާއިރު މި ރާއްޖެއަށް އައިސްފައިވާ ތަރައްޤީއަކީ ވަރަށް ހަލުވި ކަމާއި އެކު އައިސްފައިވާ ތަރައްޤީ އެކޭ ބުނެވިދާނެއެވެ.

 

ދުނިޔެ ކުރިއަރައި ދިޔައީ ޒަމާނަށް އައި ބަދަލު ތަކާއި އެކު ގައެވެ. ޓެކްނޮލޮޖީ އާއި އެކު މީހުންވެސް ތަރައްޤީވެ ގިނަ އުފެއްދުންތައް އިތުރުވެގެންދިޔައެވެ.

 

އޭގެ އެއް ހެއްކަކީ އިހު ޒަމާނުގައި ބޭނުންކުރި އިސްތިރިއެވެ. މިއީ މީގެ ފަންސަވީހަކަށް އަހަރު ކުރީގައި ފެނުނު އެއްޗެކެވެ. ނަމަވެސް މިއަދު ފޮޓޯއަކުން ނަމަވެސް މި އިސްތިރި މި ފެނުނީ އެތައް އަހަރުތަކަކަށް ފަހުގައެވެ. އިނގިރޭސި ބަހުން މިކަހަލަ އިސްތިރިއަށް އެއިރު ކިޔައި އުޅުނީ "ސޭޑް އަޔަން" ނުވަތަ "ފްލެޓް އަޔަން" އެވެ.

 

އިސްތިރި ފޮޓޯއަކުން ފެނުނުއިރު ހައިރާން ކުރުވި އެއް ކަމަކީ މި އިސްތިރީގެ އަގު ފެނިފައެވެ. އޮންލައިން ޕޭޖެއްގައި 2500 އަށް ރުފިޔާއަށް އިސްތިރިއެއް ވިއްކަން ޖަހާފައި ހުރުމުން އެކަމުގެ މައުލޫމާތު ސާފުކޮށްލީމެވެ.

މިއީ އާދައިގެ އިސްތިރިއެއް ނޫނެއެވެ. މިއީ މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެންގެ ކާބަފައިން އިސްތިރިކުރަން ގެންގުޅުނު އެއްޗެކެވެ. މިއަދު މި އިސްތިރި މިވަނީ އާސާރީ އެއްޗަކަށް ވެފައެވެ. ސަބަބެއްވެސް ނެތި އެއް ނޫނެއެވެ. މި އިސްތިރި ހަދަން ބޭނުން ކޮށްފައިވާ މައުދަނަކީ މިއަދު ރާއްޖެއިން މަދުން ނޫނީ ނުލިބޭ އެއްޗެކެވެ. ލިބުނަސް އެހާމެ އަގު ބޮޑެވެ. އެއިރުގެ އިސްތިރި ހަދާފައި ހުންނަނީ ލޮއި އަދި އެލުމިނިއަމް ބޭނުން ކޮށްގެންނެވެ.

 

މިއީ ކުރީގައި 50 ވަރަކަށް ރުފިޔާއަށް ލިބުނު އިސްތިރިއެއް ކަމަށް އެއިރުގެ މީހުންނާއި ވާހަކަ ދައްކާލުމުން  ބުންޏެވެ.. ކޮންމެއަކަސް އަގުގެ ތަފާތެއް  މިއައީ  މި އިސްތިރި ފަރުމާ  ކޮށްފައިވާލެއް ފުރިހަމަ ކަމުންނާއި މިފަދަ ގޮތަކަށް މިކަން ކުރާނެ މީހުން މިއަދު މަދު ވީމައެވެ. އަދި މި ކަހަލަ އިސްތިރި މިއަދު ބޭނުން ކުރާ މީހުން ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

 

1990 ގެ އަހަރުތަކާއި ހަމައިން ޒަމާނަށް އަންނަން ފެށި ބަދަލުތަކާއި އެކު މީހުން ވަނީ ކަރަންޓް އިސްތިރި ބޭނުން ކުރަން ފަށާފައެވެ. ނާށި އަންދައިގެން ބޭނުން ކުރަމުން އައި މި ލޮއި އިސްތިރި ބޭނުން ކުރުން މަޑު ޖެހުމަކަށް އައެވެ.

 

އެއިރު މީހުންނާއި ވާހަކަ ދައްކާލުމުން ބުނީ މިފަދަ އިސްތިރިއަކަށް  ކަރަންޓްގެ ބޭނުން ކުރަން ނުޖެހޭނެ ކަމަށެވެ.  ނާށި އަންދައިގެން ބޭނުންކުރާ މި އިސްތިރީގައި ހޫނުމިން ގިނަ އިރު ހިފަހައްޓާ ކަމަށެވެ. އިސްތިރީގައި ހެދުން ތަތް ލެވުން ފަދަ ކަންކަން ނުހިނގާ ކަމަށް ވެސް އެމީހުން ބުންޏެވެ.

 

މިޒަމާނުގައި މި ބޭނުންކުރާ އިސްތިރި ތަކަކީ އަގު ހެޔޮވެފައި އެހެން ނަމަވެސް މަދު ދުވަސްކޮޅަކަށް ބޭނުން ކުރެވޭ އިސްތިރިއެއް ނަމަވެސް ފައިދާތައް ގިނައިސްތިރި އެކެވެ. ބޭނުންކުރަން ފަސޭހަވެސްމެވެ. އެހެންކަމުން ކުރިން ބޭނުންކުރި މި ލޮއި އިސްތިރި ބޭނުން ހުއްޓުނީ މިސަބަބާއި ހެދި ކަމަށްވެސް ވެދާނެއެވެ.

 

އެންމެ ފުރަތަމަ ކަރަންޓް އިސްތިރިއެއް އުފެއްދީ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހެންރީ ޑަބްލިޔު ސީލޭ 1882 ވަނަ އަހަރު އެވެ. އެއިސްތިރީގެ ބަރު ދަނުގައި ފަނަރަ ޕައުންޑް ހުރިއިރު އެ އިސްތިރި ހޫނު ކުރަން ވަރަށް ގިނަ ވަގުތު ނަގައެވެ.

 

މިއަދު މިފެންނަނީ ބޭނުން ވަރަކަށް ފިނި ހޫނުމިން ބެހެއްޓޭ ފަދަ އިސްތިރިތަކެކެވެ. ސައިޒްގެ ގޮތުންނާއި ި ގެންގުޅެލަންވެސް މިހާރު ބޭނުންކުރާ އިސްތިރިތައް ފަސޭހައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
38%
0%
38%
25%
0%
ކޮމެންޓް