ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 14:27
ރައީސް ޔާމީނު ވެރިކަމުގެ ހުވާ ކުރައްވަނީ
ރައީސް ޔާމީނު ވެރިކަމުގެ ހުވާ ކުރައްވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
ގައުމެއްގެ ވެރިޔަކު "ވަންވޭއަކަށް އިދިކޮޅަށް" ވަންނަވައިގެން އުޅުއްވުން!؟
 
އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރުން އިތުރުވަނީ
 
ރައީސް މައުމޫނު ފާޑު ވިދާޅުވުމުގެ އެންމެ ކުރިއަށް
 
ގާނޫނު އަސާސީގެ ބާރު ކެނޑިގެން ދާ ކަމުގެ އަޑުތައް ގިނަވަނީ

މިގައުމަށް ޖެހިފައި މިއޮތީ ކުޑަ ކަމެއް ނޫނެވެ. މިޖެހިފައި އޮތް ކަންތަކަށް އެމީހަކު ކިޔާނެ ނަމެއް ކިޔަންވީއެވެ. ރައްޔިތަކަށް ސަލާމަތެއް ރައްކާތެރިކަމެއް ނެތެވެ. ވެރިމީހާ އެއުޅުއްވަނީ އުޅުއްވާނެ ގޮތަކަށެވެ. ވެރިންގެ އަތްމަތީގައި  އޮތް ގާނޫނު އަސާސީ އާއި ގާނޫނުތައް އޮތީ  ދިމާ އިދިކޮޅަށް ހެއްޔެވެ؟  އޭގައި ކަޅާއި ހުދުން ލިޔެފައި އޮތް އެއްޗެއް ފަހުމް ނުވަނީ ހެއްޔެވެ؟ ގާނޫނުތައް މުގުރި ހިމުންވަމުން ދާ  ކަމަށް ބުނާ އަޑު ހައްތާ ދަނީ ގަދަވަމުންނެވެ. މިގައުމުގައި ނުފޫޒާއި ބާރާ އަޅުވެތިކަން، މިނިވަން ކަމުގެ މައްޗަށް ގަދަވެގެންފި ކަހަލައެވެ.  އެ އިހްސާސް ކުރެވޭ ރައްޔިތުން ހައްތަހާ އިތުރުވަނީއެވެ.

 

އެހެން ނަމަވެސް މިއަދަކު މުލައްދަޑީގައި ބާރު ހުރި ރައްޔިތަކު އެއްވާނެ ފުރިހަމަ " ގުޅަކުޅޭ ފަސްގަނޑެއް" ތައްޔާރު ކުރާކަށް ދިވެއްސަކަށް ފުރުސަތެއް ނެތެވެ.  އެފަދަ ކަންކަން ހުއްޓުވުމަށް ވިއްދާ ކައްތިރީގެ ލިސްޓަށް ރައްޔިތުންގެ އިހްތިރާމާއި ލޯބި ހޯދައިފައިވާ މުއައްސަސާތައް އިތުރުވެއްޖެއެވެ. އެންމެ ބޮޑަށް އެކަމަށް ހިޔަނި އަޅެނީ" ގާނޫނު އަސާސީއާ ދިމާ އިދިކީއްޔަށް" އުފަންވެގެން އައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ  ފާޑެއްގެ ގާނޫނެއްގެ ބާރުގައި ކަމަށް ރައްޔިތުން ގަބޫލު ކުރަން ފަށައިފިއެވެ.

 

ވެރިމީހާއަށް ގޯހެއް ހެއްދެވުނީ އޮޅިގެން ހެއްޔެވެ؟ ނޫނެކެވެ. ގައުމުގެ ކަންކަން ގޯހުން ގޯހަށް ގޮސްފި ކަމަށް ތަކުރާރުކޮށް ވިސްނައިދެއްވޭތޯ އެތައް ބަޔަކު މަސައްކަތް ކުރި އެވެ. ދުވާލާއި ރޭގަނޑެވެ. އަތްވާ ވާރޭގައެވެ. އަދި ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫނު އަބުދުލްގައްޔޫމް އެކަމުގައި  އިސް ދައުރެއް މިހާރު އަދާކުރައްވަމުން އެބަ ގެންދަވައެވެ. 

 

 ސަރުކާރަށް ފާޑު ވިދާޅުވުން ރައީސް މައުމޫން  ކުރިއަށް ގެންދެވީ  ޖުލައި 10، 2016 ގައި  ރިސޯޓް ހަދަން ބިޑަށް ނުލައި ރަށްތައް ކުއްޔަށް ދެވޭ ގާނޫނެއް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ހަމައިންނެވެ. އެއީ ޖުލައި 31،  2016 ގައި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ބިލު ފާސް ކުރުމަށް ރައީސް މައުމޫނު ދެކޮޅު ހެއްދެވި ހިސާބުންނެވެ.

 

އެއީ ނޮވެންބަރު 6، 2016 ގައި "އަސްލު" ނަމުގައި ޕީޕީއެމް ޖަލްސާއެއް ކާނިވަލުގައި ބޭއްވި އިރު އެ ޖަލްސާގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ ބަލައި ފިޔަވަޅު އަޅަން  ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލެއްވި ހިސާބުންނެވެ. އެއީ ޖުލައި 31، 2017 ގައި ގާނޫނު އަސާސީއަށް ވުރެ މަތީގައި ހުންނަންޖެހޭ ވަލިއްޔުލްއަމްރެއް ނުހުންނާނެ ކަމަށް ރައީސް މައުމޫނު  ވިދާޅުވުމާ ހަމައިންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުންގެ މަގާމު އަދާކުރައްވާ ބޭފުޅުންނަށް ގެންނެވި ބަދަލުތަކާ ހަމައިންނެވެ. ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުން ނުހައްގު ގޮތުގައި މަގާމުން ވަކިކުރެވި ޖަލުގެ އެކަނިވެރިކަމަށް ގެންދެވުނު ކަމަށް ބުނާ ހިސާބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ބާރު ކެނޑިއްޖެ ކަމަށް މަޖިލީހުގެ މެމްބަރުން ބުނުމާ ހަމައިންނެވެ.

 

މީގައި ދޮގު ވާހަކައެއް ބުނެވިއްޖެ ހެއްޔެވެ؟ ލިޔެވިއްޖެ ހެއްޔެވެ؟  ގައުމެއްގެ ވެރިޔަކަށް ހެއްދެވުނު ގޯސްތަކެއްގެ ވާހަކަ ނޫން އިތުރު ވާހަކައެއް ނެތެއް ނޫން ހެއްޔެވެ؟ އެންމެ ފަހުން ރައީސް މައުމޫނު ވިދާޅުވީ  ގައުމަށް މިވަގުތު އޮތް އެންމެ ރަގަޅު ގޮތަކީ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނު ގުޅިގެން މަސައްކަތް ކުރެއްވުން ކަމަށެވެ. އެނޫން ހަމަ އެއްގޮތެއް ނެތިގެންނެވެ. އިތުރު މާމޮޅު ގޮތްތަކެއް ފެންނަން ނެތުމުންނެވެ.

 

ވިސްނަވާށެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ކުރީގެ ދެ ރައީސުން ކުރައްވަން އެއުޅުއްވާ މަސައްކަތްޕުޅަކީ ނުވަތަ ކުރައްވާ މަސައްކަތްޕުޅަކީ " ވަންވޭއަކަށް އިދިކޮޅަށް" ވަދެވަޑައިގެން ތާށިވެ ވަޑައިގެން ހުންނެވި ވެރިޔަކު ދެކޮޅަށް ދުއްވެން އޮތް މަގަކަށް ނެރުއްވުމުގެ މަސައްކަތްޕުޅެވެ.  އެއީ ކުޑަ ކަމެއް ނޫނެވެ. . އަދި ކިއެއްތަ، ދަތި އުނދަގޫ ކަމެކެވެ. އެހެން ނަމަވެސް އެކަން އެބޭފުޅުން  އެކުރައްވަނީ  ގައުމާ ރައްޔިތުންގެ ހައްގުގައެވެ. ދަރިންނާއި ދަރިންގެ ހައްގުގައެވެ. އަންނަން އޮތް ޖީލަށްޓަކައެވެ. 

 

 

 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
100%
0%
ކޮމެންޓް
3 އޯގަސްޓް 2017 | ބުރާސްފަތި 18:54
ރާއްޖެއިން ފެނުނު ތެޔޮވަޅުތެރެ
ޤާނޫނުއަސާސީ ބުނަނީ ރައީސްކަމުގެ ހުވާކުރައްވަންވާނީ ފަނޑިޔާރުގެ ކުރިފުޅުމަތީގައޭ ދެއްތޯ... އެކަމު މިރައީސް ހުވާމިކުރެއްވީ ފަނޑިޔާރުގެ އަރިމަތީހުންނަވައިގެން... މީތާ މިރައީސް ޤާނޫނު އަސާސީއަށް ހުރުމަތްތެރިކޮށްނުހިތާ ސަބަބަކީ.. މިހެންކަމުން މިރައީސަށްބުނެވޭނެދެއްތޯ ތިމަންމަނިކުފާނު ރައީސްކަމުގެ ހުވައެއްނުކުރަމޭ ހުވަޔަކާހިލާފެއްނުވަމޭ ނޫންތޯ