ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 00:03
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރ
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރ
ގޫގުލް
ސީކްރެޓް ސުޕަސްޓަރ
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފި
 
ފިލްމުގެ ޓީޒާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައި

ބޮލީވުޑް މަޝްހޫރުތަރި އާމިރު ޚާންގެ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު، 'ސީކްރެޓް ސުޕަސްޓަރ'ގެ ފުރަތަމަ ޓްރެއިލާ ބެލުންތެރިންނާއި ހަމައަށް ނެރެފިއެވެ.

 

އޮގަސްޓް 2 ވަނަ ދުވަހު ރިލީޒް ކުރި މި ޓްރެއިލާއަށް 4 ގަޑި އިރު ތެރޭގައި 5 ލައްކައަށް ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ. މީގެ ކުރިން މިފިލްމުގެ ޓީޒާ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާއިރު މިހާތަނަށް 11 މިލިއަން މީހުން ވަނީ އެ ޓީޒާ ބަލާފައެވެ.

 

މި އަހަރުގެ ދިވާލީ އާއި ދިމާކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރަށްވެސް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެންގޮސްފައިވެއެވެ.

 

ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ އާމިރުގެ ބްލޮކްބަސްޓާ ފިލްމު 'ދަންގާލް'ގައި ފެނިގެން ދިޔަ ހުނަރުވެރި އެކްޓަރު ޒާއިރާ ވަސީމް އެވެ.

 

ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ބޮޑުވެގެން ލަވަކިޔުންތެރިއަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ފަގީރު އަވަށަކަށް އުފަން ކުއްޖެއްގެ ދިރިއުޅުމުގެ މައްޗަށެވެ. 

ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލާފައި ވާއިރު، ޕޯސްޓަރުގައި ފެނިގެން ދަނީ ސްކޫލު ޔުނީފޯމުގައި ޒާއިރާ މަގުން ހިނގާފައިދާ ތަނެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަހުގައި މައިކެއް އޮތް އިރު، އޭނާގެ ކުރިމަތީގައި ވަނީ މިޔުޒިކް ނޯޓު ތަކެކެވެ.

 

ޒާއިރާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ހުރަސް އަޅަނީ އޭނާގެ ބައްޕައެވެ. އެހެންކަމުން ޒާއިރާގެ ހުނަރު އޭނާ ދައްކާލަނީ މޫނު ބުރުގާގެ ނިވަލުގައި އިނދެ ޔޫޓިއުބް މެދުވެރިކޮށެވެ. މިފިލްމުގެ އާމިރުގެ ތަފާތު ކެރެކްޓަރއެއް ފެނިގެންދާއިރު މިއީވެސް ސުޕަހިޓް ފިލްމަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ފިލްމު ލިޔެ ޑައިރެކްޓުކޮށްފައި ވަނީ އަދްވައިތު ޗަންދަން އެވެ. ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ އާމިރު އާއި ކިރަން ރާއޯ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި
ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ދިވެހި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދޭނަން: ރައީސް މުއިއްޒު