ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 19:58
ވެމްކޯގައި ރަޖިސްޓްރީ ވުމަށް ގާއިމްކޮފައިވާ ތަނެއް
ވެމްކޯގައި ރަޖިސްޓްރީ ވުމަށް ގާއިމްކޮފައިވާ ތަނެއް
ޓްވިޓަރ
ވެމްކޯ ފެއިލް
ނުފަށަނީސް ވެމްކޯ ފެއިލްވެއްޖެ!
 
ފޯނު ނުނެގުމުގެ މައްސަލަ ބޮޑު
 
ކުނި އުކާލުމުގައި ވެމްކޯގެ ޚިދުމަތް ފުރަތަމަ ދުވަހުވެސް ގޯސް

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ނަމުގައި ކުނި މެނޭޖްކުރުމަށް ސަރުކާރުން އުފެއްދި ކުންފުނީގެ މަސައްކަތް ފެށި ފުރަތަމަ ދުވަހުވެސް އެތަން ފެއިލް ވެއްޖެކަމަށް ގިނަބަޔަކު ބުނަން ފަށައިފިއެވެ.

 

ވެމްކޯއަށް ޓެގްކޮށް، ކުނި އުކުމަށް ރަޖިސްޓްރީ ކުރި އެތަށް ގޭބިސީއަކުން އޯގަސް 1 ވަނަ ދުވަހާއި އަދި ދެވަނަ ދުވަހު، އެގޭބިސީތަކުގެ ކުނި ބަލައި އަންނަށް ބުނެފައިވާ ގަޑިތަކުގައި ކުނި ބަލައި ނައިސްގެން އެތަށް ޝަކުވާއެެއް ދަނީ އޮއްސާލަމުންނެވެ. އަދި ރަޖިސްޓްރީ ކުރުމަަށްފަހު ކުނި ބަލައި އެއްގޮތަކަށްވެސް ނާންނަކަމަށް ބައެއް ފަރާތްތަކުގެ ވާހަކަތަކުން އެނގެއެވެ. އަދި ވެމްކޯއިން ޓްވިޓާ މެދުވެރިކޮށް އެފަރާތްތަކުގެ ކިބައިން މައާފަށް އެދިފައިވެސް އެބަހުއްޓެވެ.

 

1 އޯގަސްޓްވީ އަންގާރަދުވަހު މެންކޯއިން ކުނި އުކާލުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާއިރު، ބުދަދުވަސް ނިމިގެންދާއިރުވެސް ކުނި އުކާލުމުގެ ޚިދުމަތް ގިނަ ގޭބިސީތަކަށް ރަޖިސްޓްރީވެފައި ވީނަމަވެސް ލިބިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ވެމްކޯގެ އިސް އޮފިޝަލަކު ވިދާޅުވީ، އަލަށް މިފަދަކަމެއް ކުރަން ފަށާއިރު ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއ ހުންނާނޭކަމަށާއި، ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާނޭކަމަށެެވެ. އޭނާ ވިދާޅުވީ، ފަހުވަގުތު ރަޖިސްޓްރީ ކުރަން މަޑުކޮށްގެން ތިބި މީހުންގެ އަދަދުވެސް މަދު ނޫންކަމަށެވެ.  ވެމްކޯއިން މިހެން ބުނި ނަމަވެސް ރަޖިސްޓްރީކޮށްފައި ހުއްދަދޫކުރާ ކާޑު ބަލައި އަންނަން ފަހުން ގުޅާލާނެކަމަށް ބުނެ ނުގުޅުމުން، ވެމްކޯގެ އޮފީހަށް ގުޅާއިރު އަބަދުވެސް ހުންނަނީ ފޯން ބިޒީކޮށްކަމަށާއި، ރިންގް ވިޔަސް ފޯނު ނުނަގާކަމަށް ގިނަ ބަޔަކުވަނީ ރާއްޖެއެމްވީއަށް ގުޅައި މައުލޫމާތު ހިއްސާކޮށްފައެވެ.

 

ބައެއް ފަރާތްތަކުން ބުނިގޮތުގައި، ސަރުކާރުން މިކަމަށް ކުންފުންޏެއް ހެދުމުން އެ ރައްޔިތުންނަށް އުފުލަން މި ޖެހުނީ ބޮޑު ތަކުލީފެކެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ބައެއް މީހުން ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބަލާލާއިރު "ގޭގައި ކުނި އުކައިދޭން ކުރިން ގެންގުޅުނު ބޮންދު މާރަނގަޅު، އެ ބޮންދު އޭނާގެ މަސައްކަތަށް މާ ފަރުވާތެރި. އަލުން ބޭނުމީ އޭނާ" މިފަދަ ކޮމެންޓްތައް ފެންނާން ހުއްޓެވެ.

 

ވެމްކޯގެ އިސްއޮފިޝަލަކު މައުލޫމަތު ދިން ގޮތުގައި ގޭބިސީއެއްގެ މީހަކު އައި ރުޅީގައި އަންގާރަ ދުވަހުއްސުރެ ހުރި ކުނިކޮތަޅުތައް ގެންގޮސް ވެމްކޯގެ އޮފީސްތެރެއަށް ވެސް ބުދަ ދުވަހު ވަނީ އަޅާލާފައެވެ.

 

ކުނީގެ މައްސަލަ އަކީ އަބަދުވެސް މާލޭގައި ބޮޑު މައްސލައަކަށް ވަނީ ވެފައެވެ. އަދި މިކަން ހައްލުކުރުމަށް އުފެއްދި ކޯޕަރޭޝަންގެ ޚިދުމަތުގެ ދޯދިޔާކަން ފުރަތަމަ ދުވަހުވެސް ހުރިގޮތުން ވެމްކޯއަށް މި ވަނީ އެތަށް ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައެވެ. އަދި ވެމްކޯ ފުރަތަމަ ދުވަހުވެސް ފެއިލްވެއްޖެ ކަމަށް ގިނަ ބަޔަކުވަނީ ބުނަން ފަށާފައެވެ.

 

ރައްޔިތުންނަށް ތަކުލީފު ނުޖެހި މިއަށް ވުރެ ފަސޭހަގޮތަކަށް ކުނީގެ މައްސަލަ ހައްލުވާން އެބަޖެހެއެވެ. މުޅިމާލޭގެ މަގުތަކުގައި ކުނިފުނި ނުޖެހެނީސް އެކަށީގެންވާ އިންތިޒާމެއްގެ މަތީން މިކަން ކުރެވެން އެބަޖެހެއެވެ. ތޮއްޖެހިފައި މިވާ މާލޭގައި ކުނި ފެތުރިގެން ބަލިމަޑުކަމެއް ފެށިދާނެތީއެވެ.

 

ވެމްކޯގައި ކުނި އުކާލުމުގެ ޚިދުމަތަށް އެދި 27000 ގޭބީސީ ރަޖިސްޓްރީ ކުރަން ޖެހޭ އިރު މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވަނީ 10000 ގޭބީސީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިކަން މިގޮތަށް ހިނގައިފައި އޮތުމުން މާލޭގައި 17000 ގޭބީސީ އެއްގައި ހުރި ކުނި އުކާލުމަށް އެތައް ދައްޗެއް ކުރިމަތިވެފައިވެއެވެ. ކުނި އުކަން ބޭނުންވާ ގޭބީސީ ތަކުން ރަޖިސްޓްރީވާން މިޖެހުނީ އެކަމަށް ހެދި ގަވައިދެއްގެ ދަށުންނެވެ.

 

ވެމްކޯ އިން މާލޭގެ 27000 ގޭބީސީ އަކުން ކުނި އުކާލުމުގެ ޚިދުމަތް ދިނުމަށް ހަވާލުވި އިރު އެކަމަށް އެކުންފުނިން ތައްޔާރުވެފައިވާ މިންވަރާ މެދު ރައްޔިތުން ސުވާލު އުފައްދައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
6%
6%
6%
59%
22%
0%
ކޮމެންޓް
2 އޯގަސްޓް 2017 | ބުދަ 20:15
?Wanking
nuvi dho adhives vaanee faleehai.