ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 13:27
ލަންކާގެ ހެލްތް މިނިސްޓަރާ ރާއްޖޭގެ ހެލްތް މިނިސްޓަރ ނާޒިމް ބައްދަލު ކުރައްވަނީ
ލަންކާގެ ހެލްތް މިނިސްޓަރާ ރާއްޖޭގެ ހެލްތް މިނިސްޓަރ ނާޒިމް ބައްދަލު ކުރައްވަނީ
ކޮލޮމްބޯ ޕޭޖް
ލަންކާ - ދިވެހިރާއްޖެ
ދިވެހިންނަށް ލަންކާއިން ކިޑްނީ އޮޕަރޭޝަން ކުރާކަށް ހުރަހެއް ނެތް: ލަންކާ ހެލްތް މިނިސްޓަރ
 
ލަންކާގައި ކިޑްނީ އޮޕަރޭޝަން ކުރުން މަނާވެފައި އޮތީ އިންޑިއާ މީހުންނަށް

ކިޑްނީ އޮޕަރޭޝަން ކުރަން ބޭނުންވާ ދިވެހިންނަށް ލަންކާއިން އެ ފަރުވާ ހޯދުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ލަންކާގެ މިނިސްޓަރ އޮފް ހެލްތް ނިއުޓްރިޝަން އެން އިންޑިޖެނަސް މެޑިސިން ޑރ. ރަޖިތް ސެނަރަތްނެ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ވެރި ރަށް ކޮޅުނބުގައި  ޖުލައި 29 ގައި  ކުރިއަށް ދިޔަ ސާކް ހެލްތް މިނިސްޓަރުންގެ ހަވަނަ ބައްދަލުވުމުގެ ހަވާސާގައި ރާއްޖޭގެ ހެލްތް މިނިސްޓަރާ އެކު ބޭއްވެވި ބައްދަލު ކޮށްލެއްވުމުގައި ލަންކާގެ ހެލްތް މިނިސްޓަރ ވިދާޅުވީ، ލަންކާގައި ކިޑްނީ އޮޕަރޭޝަން ކުރުން މަނާ ކޮށްފައިވަނީ ހަމައެކަނި އިންޑިއާގެ ރައްޔިތުންނަށް ކަމަށެވެ. އެއީ ކިޑްނީގެ ވަގު މުއާމާލާތްތަކުގައި އިންޑިއާ މީހުން ޝާމިލްވާތީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިންނަށް ސްރީލަންކާގައި ކިޑްނީ ފަރުވާ ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން ކުރެއްވި މަޝްވަރާގައި، ދިވެހި ސަރުކާރުގެ ރަސްމީ ލިޔުމެއް އޮވެގެން އަންނަ އެ ފަދަ ބަލި މީހުންނަށް ލަންކާއިން ކިޑްނީ އޮޕަރޭޝަން ކުރެވޭ ގޮތައް ހަމަޖައްސަވައި ދެއްވާނޭ ކަމަށްވެސް ލަންކާގެ ހެލްތް މިނިސްޓަރ ވިދާޅުވި ކަމަށް ކޮލޮމްބޯ ޕޭޖްގައި ވާ މި ޚަބަރުގައި ބުނެފައިވެއެވެ.

މި ބައްދަލު ކުރެއްވުމުގައި، އެކިއެކި ވަޒީފާތަކަށް ރާއްޖެ އަންނަ ލަންކާ ރައްޔިތުން ރާއްޖެ އައުމުގެ ކުރިން ކެއްސުން ބައްޔަށް ޓެސްޓް ކުރުމަށް ދިވެހި ސަރުކާރުން އެދޭ ކަމަށް ރާއްޖޭގެ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ލަންކާގެ ހެލްތް މިނިސްޓަރަ ދެންނެވި އެވެ. އަދި އެކަމަކީ ދެ ގައުމަށްވެސް ފައިދާ ހުރި ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ލަންކާގެ ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

މިކަންކަމާ ގުޅޭ އެއްބަސްވުން ތަކުގައި ދެ ގައުމުން އަންނަ ސެޕްޓެމްބަރ މަހު އޮންނަ ދެކުނު އަދި ދެކުނު އޭޝިޔާގެ ގައުމު ތަކުގެ ޑަބްލިޔު. އެޗް. އޯ. ބައްދަލުވުމުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށްވެސް ލަންކާގެ ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
20%
0%
0%
80%
0%
0%
ކޮމެންޓް