ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 11:59
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރ
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރ
ގޫގުލް
ސީކްރެޓް ސުޕަސްޓަރ
ސީކްރެޓް ސުޕަސްޓަރގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު
 
ފިލްމުގެ ޓްރެއިލާ ރިލީޒް ކުރުމަށް ނިންމާފައިވަނީ އޮގަސްޓް 2 ގައި

ބޮލީވުޑް މަޝްހޫރުތަރި އާމިރު ޚާންގެ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު، 'ސީކްރެޓް ސުޕަސްޓަރ'ގެ ފުރަތަމަ ޕޯސްޓަރު ވަރަށް ތަފާތު ކަމަށް ބެލުންތެރިން ކިޔަން ފަށައިފިއެވެ.

 

މީގެ ކުރިން މިފިލްމުގެ ޓީޒާ ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާއިރު މިހާތަނަށް 11 މިލިއަން މީހުން ވަނީ އެ ޓީޒާ ބަލާފައެވެ.

 

މި އަހަރުގެ ދިވާލީ އާއި ދިމާކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ޓްރެއިލާ ރިލީޒް ކުރުމަށް ނިންމާފައިވަނީ އޮގަސްޓް 2 ވަނަ ދުވަހުގައެވެ.

 

ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ އާމިރުގެ ބްލޮކްބަސްޓާ ފިލްމު 'ދަންގާލް'ގައި ފެނިގެން ދިޔަ ހުނަރުވެރި އެކްޓަރު ޒާއިރާ ވަސީމް އެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ބޮޑުވެގެން ލަވަކިޔުންތެރިއަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ފަގީރު އަވަށަކަށް އުފަން ކުއްޖެއްގެ ދިރިއުޅުމުގެ މައްޗަށެވެ.

 

ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލާފައި ވާއިރު، ޕޯސްޓަރުގައި ފެނިގެން ދަނީ ސްކޫލު ޔުނީފޯމުގައި ޒާއިރާ މަގުން ހިނގާފައިދާ ތަނެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަހުގައި މައިކެއް އޮތް އިރު، އޭނާގެ ކުރިމަތީގައި ވަނީ މިޔުޒިކް ނޯޓު ތަކެކެވެ.

 

ޒާއިރާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ހުރަސް އަޅަނީ އޭނާގެ ބައްޕައެވެ. އެހެންކަމުން ޒާއިރާގެ ހުނަރު އޭނާ ދައްކާލަނީ މޫނު ބުރުގާގެ ނިވަލުގައި އިނދެ ޔޫޓިއުބް މެދުވެރިކޮށެވެ.

 

މިފިލްމުގެ އާމިރުގެ ތަފާތު ކެރެކްޓަރއެއް ފެނިގެންދާއިރު މިއީވެސް ސުޕަހިޓް ފިލްމަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

 

ފިލްމު ލިޔެ ޑައިރެކްޓުކޮށްފައި ވަނީ އަދްވައިތު ޗަންދަން އެވެ. ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ އާމިރު އާއި ކިރަން ރާއޯ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
0%
0%
0%
0%
0%
ކޮމެންޓް