ކ. މާލެ
|
30 ޖުލައި 2017 | އާދީއްތަ 13:12
ޖޯޖު ކްލޫނީ އާއި އާމާލް ކްލޫނީ
ޖޯޖު ކްލޫނީ އާއި އާމާލް ކްލޫނީ
ގޫގުލް
ޖޯޖު ކްލޫނީ
ދަރިންގެ ފޮޓޯ ނެގުމުން ޖޯޖު ކްލޫނީ ރަތަށް
 
ޖޯޖް އާއި އާމާލް ކައިވެނިކޮށްފައިވަނީ 2014 ވަނަ އަހަރު
 
މިކަން އިއުލާނުކޮށްފައިވަނީ ޖޫން މަހު
 
އެދެމަފިރިންނަށް ލިބިފައިވަނީ އެއް މާބަނޑު ދެކުދިން

ޖޯޖު ކްލޫނީގެ ދެ ދަރިންގެ ފޮޓޯ ނެގި ފޮޓޯގްރާފަރުންނާއި ފޮޓޯ އާންމުކުރި މެގެޒިންއާ މެދު ދައުވާ ކުރާނެ ކަމަށް އޭނާ ބުނެފި އެވެ.

"އޯޝަން އިލެވެން"ގެ އެކްޓަރ ޖޯޖު ކްލޫނީ ބުނީ، ފްރާންސްގެ މެގެޒިން އެއް ކަމުގައިވާ "ވޮއިސީ" ގެ ފޮޓޯގްރާފަރުން، އޭނާގެ ގެ ހުންނަ ސަރަހައްދުގައި އިން ގަހަކަށް އަރައި، އޭނާގެ ދަރިންގެ ފޮޓޯތަކެއް ހުއްދަ އާއި ނުލާ ނެގި މައްސަލައަށް ކަމާ ގުޅޭ ފަރާތްތަކަށް ހުށަހަޅާ ބަލާނެ ކަމަށެވެ. އޭނާގެ ކުޑަ ދެ ކުދިންގެ ރައްކާތެރިކަމަށް އެދޭ ކަމަށްވެސް ކްލޫނީ ވަނީ ބުނެފަ އެވެ.

ކްލޫނީ އާއި އޭނާގެ އަންހެނުން ކަމުގައިވާ އިންސާނީ ހައްގުތަކާއި ގުޅޭ ގާނޫނީވަކީލު އާމާލަށް އެއްމާބަނޑު ދެކުންދިން ލިބިފައިވާ ކަން އިއުލާނުކޮށްފައިވަނީ ޖޫން މަހު އެވެ. އެދެމަފިރިންނަށް ލިބިފައިވަނީ އަންހެންކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެދެކުދިންނަށް ކިޔާވާފައިވަނީ  އެލްގްޒެންދްރާ އާއި އެލާ އެވެ.

މިދިޔަ ހުކުރު ދުވަހު ވޮއިސީ އިން ވަނީ އާމާލް އާއި ޖޯޖު ކްލީގެ ފޮޓޯތަކެއްް އާންމުކޮށްފަ އެވެ. ސްވިމް ވެޔަރގައި ދެމަފިރިން ތިބި އިރު ދެ މީހުން ދެކުންދިން އުރައިގެން ހުރި މަންޒަރު ފޮޓޯއިން ފެނެ އެވެ.

ޖޯޖު ކްލޫނީގެ ދެ ކުދިންގެ ފޮޓޯ އާންމުކުރުން އެމަކާ ހިންހަމަނުޖެހުން ފާޅުކޮށްފައިވާ އިރު މިކަމާ ގުޅޭ ގޮތުން ވޮއިސީ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެެވެ.

ޖޯޖް އާއި އާމާލް އަަށް ލިބުނު އެއްމާބަނޑު ދެކުދިންނަކީ މިދެމަފިރިންގެ ފުރަތަމަ ދެ ދަރިންނެވެ. މިދެމީހުން ކައިވެނިކޮށްފައިވަނީ 2014 ވަނަ އަހަރު، އިޓަލީގެ ވެނިސްގަ އެވެ. އެ ހަފްލާގައި ދުނިޔޭގެ ނަން މަޝްހޫރު ސެލެބްރިޓީން ވަނީ ބައިވެރިވެފަ އެވެ. ކައިވެންޏަށްފަހު ދެމަފިރިން ދިރިއުޅެމުންދަނީ ވަރަށް ޕްރައިވެޓް ދިރިއުޅުމެކެެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
27%
55%
9%
0%
9%
0%
ކޮމެންޓް