ކ. މާލެ
|
25 ޖުލައި 2017 | އަންގާރަ 10:37
ރޯހިތު ޝެޓީ
ރޯހިތު ޝެޓީ
އިންސްޓަގްރާމް
ރޯހިތު ޝެޓީ
ރަންވީރު ސިންހާ އެކު ރޯހިތު ޝެޓީ ފިލްމެއް ހަދަނީ
 
މި ފިލްމްގެ ޝޫޓިން ފެށޭނެ އިރެއް ހާމައެއް ނުކުރޭ

ރަންވީރު ސިންހާ އެކު ޑައިރެކްޓަރ ރޯހިތު ޝެޓީ ފިލްމެއް ހަދަން ތައްޔާރުވެފައިވާ ކަމަށް ބުނެފިއެވެ.

ރަންވީރުއާ އެކު ފިލްމެއް ހަދަން ތައްޔާރުވެފައިވާ ކަމަށް  ރޯހިތު މިކަން ހާމަކޮށްފައި ވަނީ "ޚަތުރޯން ކީ ކިލާޅީ" ގެ އަށްވަނަ ސީޒަނާ ބެހޭގޮތުން ވާހަކަ ދައްކަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ރޯހިތު ބުނީ މިހާރު ރަންވީރު އެ ފިލްމަށް ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިފިލްމަކީ އެކްޝަން ފިލްމެއް ކަމަށާއި ރަންވީރުގެ އެކްޝަން މަންޒަރުތައް މި ފިލްމުގައި ފެންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި މިއީ ރަންވީރުގެ އާންމުކޮށް ނުފެންނަ ސައިޑެއް ކަމަށް އޭނާ ބުންޏެވެ.

ރަންވީރާ އެކު ރޯހިތު އެކްޝަން ފިލްމެއް ހަދަން ތައްޔާރު ވެފައިވާ ކަމަށް ބުނެފައިވީ ނަމަވެސް އެއީ ކޮން ނަމެއް ކިޔާ ފިލްމެއް ކަން އަދި އޭގައި ރަންވީރާ އެކު ފިލްމުގައި ހަރަކާތްތެރިވާ އަންހެން ބަތަލާއަކީ ކާކު ކަމެއް ހާމައެއް ނުކުރެއެވެ.

މިއީ ކޮންއިރަކު ސިނަމާތަކަށް އަންނާނެ ފިލްމެއް ކަމެއް ރޯހިތު ނުބުނި ކަމުގައި ވިއަސް އަޑުތައް ފެތުރިފައިވަނީ މިފިލްމު ނެރުމަށް ރޯހިތު ހަމަޖައްސާފައި ވަނީ މިއަންނަ އަހަރުއެވެ. އަދި މިއަހަރު ނިމޭ ހިސާބުގައި މި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް