ކ. މާލެ
|
26 ޖުލައި 2017 | ބުދަ 10:48
"އޯމް ޝާންތި އޯމް" ގެ މަންޒަރެއް
"އޯމް ޝާންތި އޯމް" ގެ މަންޒަރެއް
ގޫގުލް
އޯމް ޝާންތި އޯމް
"އޯމް ޝާންތި އޯމް 2" އުފެއްދުމަށް ވިސްނަނީ
 
ފުރަތަމަ ފިލްމު ނެރުނުތާ މިހާރު ވަނީ 10 އަހަރު ވެފައި

މީގެ ކުޑަ ދުވަސް ކޮޅެއްކުރިން ފަރާ ޚާން ވަނީ "އޯމް ޝާންތި އޯމް" އިންސްޓަގްރާމަށް ލުމަށް ފަހު އެ ފިލްމު ޖަޕާނުގައި އަޅުވައިފައިވާ ކަމަށާއި ފިލްމު ކަމުގޮސްފައިވާ ކަމަށް ބުނެފަ ވެއެވެ. އަދި އޭނާ ވަނީ ޓްވިޓާގައި ވެސް އެވާހަކަ ޓްވީޓް ކޮށްފައެވެ.

 އޭގެ ޖަވާބުގައި ޝާހުރުކް ޚާން ވަނީ "އޯމް ޝާންތި އޯމް" ގެ ދެވަނަ ފިލްމެއް ހަދަން ހިނގާށޭ، އެ ފިލްމުދެކެ ލޯބިވާ ކަމަށް އޭނާގެ ދަރިން ބުނެފައިވާ ކަމަށް" ބުނެ ޓްވީޓު ކޮށްފައެވެ.

ފަރާ ޚާން ޑައިރެކްޓްކޮށް 2007 ވަނަ އަހަރު ނެރުނު "އޯމްޝާންތިއޯމް" އަކީ މިހާރުވެސް ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ފިލްމެކެވެ. އެ ފިލްމުގެ ތަރިންނަކީ ޝާހުގެ އިތުރުން ދީޕިކާ ޕަދުކޯން އާއި އަރުޖުން ރާމްޕާލް އެވެ.

އެއީ ޝާހު އާއި ދީޕިކާ އެންމެ ފުރަތަމަ އެކީގައި ކުޅެފައިވާ ފިލްމެވެ.

"އޯމް ޝާންތި އޯމް" ގެ ދެވަނަ ފިލްމެއް ހަދަން ވާހަކަ ދެކެވެން ފެށިފައިވާއިރު މި ފިލްމު ވެސް ފުރަތަމަ ފިލްމެކޭ އެއްގޮތަށް ވަރަށް ރީތިވާނެ ކަމަށް ދަނީ ބުނަމުންނެވެ.  އަދިވެސް "އޯމް ޝާންތި އޯމް" ގެ ލަވަ ތަކަކީ ބެލުންތެރިން ވަރަށް ގިނައިން އަޑުއަހާ ލަވަތަކެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް