ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 10:53
ޖަސްޓިން ބީބާ
ޖަސްޓިން ބީބާ
ޓައިމްސް އޮފް އިންޑިއާ
ޖަސްޓިން ބީބާ
ބަސްނާހާތީ ޖަސްޓިން ބީބާ ޗައިނާއަށް އެރުން މަނާ
 
ބީބާ ވަނީ 2013 ވަނަ އަހަރުގައިވެސް އާޖެންޓީނާއަށް އެރުން މަނާކޮށްފައި

މަޝްހޫރު ލަވަ ކިޔުންތެރިޔާ ޖަސްޓިން ބީބާ ބަސްނާހާތީ ޗައިނާއަށް އެރުން މަނާކޮށްފިއެވެ.

ބީބާ ޗައިނާއަށް އެރުން މަނާކޮށްފައި ވަނީ އޭނާގެ އުޅުން ގޯސްވުމުން ކަމަށް ބުނެއެވެ. ޗައިނާގެ ބެއިޖިން މުނިސިޕަލް ބިއުރޯއިން ނެރުނު ސްޓޭޓްމެންޓުގައި ބުނެފައި ވަނީ ބީބާ ޗައިނާއަށް އެރުން މަނާކުރީ ޗައިނާގެ މުނިފޫހިފިލުވުމުގެ މާކެޓަށް ބީބާގެ ހުންނަ ގޯސް އުޅުމުގެ ސަބަބުން އަސަރު ކުރާނެތީ ކަމަށެވެ. ޖަސްޓިން ބީބާ ހަރުދަނާވެ، އޭނާގެ ބަހާއި އަމަލުތައް ރަނގަޅުކޮށް، އާންމުންގެ ލޯބި ލިބިގެންވާ ފަންނާނަކަށް ވުމަށް އުއްމީދުކުރާ ކަމަށް ވެސް އެ ބިއުރޯއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ބީބާގެ ވެބްސައިޓުގައި  އޭނާ ޗައިނާއަށް ދިއުމަށްޓަކާ ކޮށްފައިވާ ޝެޑިއުލް މިހާރު ފެންނާކަށް ނެތެވެ. މިއަންނަ ސެޕްޓެމްބަރު 16 ގައި ޗައިނާގެ ބެއިޖިން އަދި 23 ސެޕްޓެމްބަރުގައި ޗައިނާގެ ޝަންހާއީގައި ޝޯ ދިނުމަށް ހަމަޖެހި ޓިކެޓްތައް ވެސް ވަނީ ވިއްކަން ފަށާފައެވެ. އެހެން ނމަވެސް ޗައިނާގެ މި ނިންމުމާ ގުޅިގެން އޭގެ ރިފަންޑު މިހާރު ވަނީ ދޭން ފަށާފައެވެ.

އާޖެންޓީނާ އިން ވެސ ވަނީ 2013 ވަނަ އަހަރު ބީބާ އެ ގައުމަށް އެރުން މަނާކޮށްފައެވެ. ޗައިނާއަށް އެރުން ބީބާއަށް މަނާކޮށްފައިވާއިރު މީގެ ކުރިން ވެސް ވަނީ ލަވަކިޔުންތެރިން ޗައިނާއަށް އެރުން މަނާކޮށްފައެވެ. އޭގެ ތެރޭގައި ބޮބް ޑީލަން، ކެޓީ ޕެރީ އަދި ލޭޑީ ގަގާ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
4%
22%
19%
41%
15%
0%
ކޮމެންޓް