ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 16:19
ލާމް ލިންކު ރޯޑުގައި ސައިކަލް ދުއްވާފައި ބަޔަކު ދަނީ
ލާމް ލިންކު ރޯޑުގައި ސައިކަލް ދުއްވާފައި ބަޔަކު ދަނީ
ރާއްޖެ އެމްވީ
ލ. ގަން
މަގަ ރީއްޗޭ، އެކަމަކު ބަލަހައްޓާން ބަޔަކު ނެތް، މިއޯ އަރަތެއް ؟
 
މިއަދު މަގު ސާފްކޮށް ބަލަހައްޓާނެ ބަޔަކު ނެތް
 
މަގު އޮތީ ހައުސިންގެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި
 
ރައްޔިތުން ދެކެނީ ޒިންމާ ކައުންސިލުން ނަގަންޖެހޭ ކަމަށް

އެ މަގު އައްޑޫ ލިންކު ރޯޑަށް ވުރެ މާ ހިތްގާއިމެއެވެ. ހައްދުންމަތީ ގަމު ތިން އަވަށު ގުޅޭގޮތަށް އޮންނަ މި މަގުގެ ދިނގު މިނުގައި ސޯޅަ ކިލޯ މީޓަރު ހުރެއެވެ. މިއީ ރާއްޖޭގައި މިހާރު އޮތް އެންމެ ދިގު އަދި އެންމެ ބޮޑު މަގެއެވެ. މިއަދު ލާމް ލިންކު ރޯޑްގެ ރީތިކަން އެ އަތޮޅުގެ ރައްޔިތުންގެ ލޯމަތިން އެދަނީ ގެއްލެމުނެވެ. ފޮތެއް އޮތަކަސް އެދުރެއް ނުވާނޭ ބުނާ އުސޫލުނެވެ. ރީތި ހިތްގާއިމް މަގެއް ގާއިމް ކުރިއަސް މަގު ބަލަހައްޓާނެ ބައެއް ނެތިއްޔާ، އެ މަގުގެ ރީތިކަމެއް ނުފެންނާނެވެ. ރައްޔިތުންގެ ދެކޭ ގޮތުގައި ޒިންމާ ނަގަންޖެހެނީ ކައުންސިލުނެވެ. ކަންސިލްގެ ވާހަކަ ތަފާތެއެވެ. މަގު އޮތީ ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.

 

ޗައިނާގެ ސީސީސީސީ ކުންފުންނިން ލާމް ލިންކް ރޯޑްގެ މަސައްކަތް ވަނީ ނިންމަލާފައެވެ. ގަމާއި ފޮނަދޫ އާއި ކައްދޫ އާއި މާއްދޫ ގުޅާލެވިފައި ވަނީ ތާރު އެޅި އެމަގުނެވެ. މި ހިތްގައިމު މަގުން ދުއްވާލާފައި އަންނައިރު، ތާރު ގަނޑު މައްޗަށް އަރާފައިވާ ވެއްޔެއް މަދެއް ނޫނެވެ. ބައެއް ސަރަހައްދުތަކުން ދުއްވާފައި ދާއިރު ހީވަކަލަ، ވެލި ގަނޑެއްގެ މަތިން ދުވާފައި ދާހެންނެވެ. ހަތަރު ފުރޮޅުލީ ވެހިކަލް ބާރަށް ދުއްވާފައި ދާއިރު އަރާ، ވެލިންނެވެ. މިއީ އެރަށުގެ ރައްޔިތުން ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ.

" ތާރު އަޅާފައި އެ އޮތީ ބޮޑު މަގުގައި ( ސިނާއީ މަގުގައި) އެހެން މަގުތަކުގައި ތާރު ނާޅާ އޮންނާތީ، ވެހިކަލް ތަކުން ތާރު ގަނޑު މައްޗަށް ވެލި އަރާނީ، ދެން އެކަން ވާނީ ވެސް އެހެން، މިއީ ކުޑަ ރަށެއް ނޫންވިއްޔާ، ސަރުކާރުން މަގު ހެދީމަ، ބަލަ ކައުންސިލުން މަގު ބަލަހައްޓަން ޖެހޭނެ، ނޫނީ މިނިސްޓްރީން ބަލަހައްޓަން ޖެހޭނެ، އެކަމަކު އެކަމެއް ނުކުރޭ، ވަރަށް ދެރަ" ލ. ގަމުން ވާހަކަ ދެއްކި މީހަކު ބުންޏެއެވެ.

ހަމަދު ސުކޫލް ކުރިމަތީގައި، ތާރުގަނޑު  މަތީގައި ވެލި ބޯވެފައި

" މިސާލަކަށް ބުނާނަމަ، ގަތަރު ސުކޫލް ކުރިމަތި ނިކަން ބަލާލަބަލަ، ތިން އަވަށުގެ ހުރީހާ ކުދިން ސުކޫލަށް ލާން ކޮންމެ ދުވަހަކު އެތަށް ވެހިކަލެއް އާދޭ، އެ ވަހިކަލް ތަށް ރަށު ތެރެއިން އަންނަ އިރު، އެޅޭ ވެލި އެ ހުރީ، ބާރަށް ދުއްވާފަ އެއްޗެއް ދާކަމަށްވާނަމަ، މޫނު މައްޗަށް ވެސް ވެލި  ބުރާ " ލ. ގަމުން ވާހަކަ ދެއްކި މީހަކު ބުންނެއެވެ.

މިއީ ލާމު ލިންކު ރޯޑްގެ ރީތިކަން ގެއްލޭ އެއް ސަބަބެއެވެ. ރަށުގެ ރައްޔިތުންގެ ހިތްހަމަނުޖެހުން ހުރީ ހަމަ އެކަނި މި މައްސަލައަކަށް ނޫނެވެ. މަގުގެ ދެ ފަރާތުގައި ގާއިމް ކޮށްފައިވާ ޕޭމަންޓް ދަނީ ވިނަ އަރާ ފޮރުވުމުންނެވެ. ބައެއް ހިސާބުތަކުން ޕޭމަންޓުން ހިނގާލާނެ ޖާގައެއް ނުލިބެއެވެ. ބޮޑު ރަށަކަށް ވެފައި، މަގުގެ ދެ ކާއިރީގައި ބިޔަ ޖަންގަލި އޮތުމުން، މަގުގެ ދެ ކާއިރި ސާފްކޮށް ބަލަހައްޓަންޖެހެއެވެ. އެހެންނަމަވެސް އެކަން އެގޮތަށް ކުރެވޭ ތަނެން ނާދެއެވެ.

"މިއީ ދެން އަރަތެއް، މަގެގައި ތާރު އެޅީމަ، ބަލަހައްޓާނެ ފަރާތެއް ނެތް، ކައުންސިލުން މިނިސްޓްރީގެ ބޮލަށް މި ޖަހަނީ، ހަވާލުނުކުރާ ކަމަށް ބުނެ، ދެން ނޭގެ، އެންމެންނަން ވެސް އެގޭ ހަގީގީގަތަކީ އެ މަގު ގާއިމްކޮށްފައި އެ އޮތީ ލ. ގަމުގައި ކަން، މާލޭގައި ނޫންކަން، އެހެންކަމަށް ވާނަމަ ބަލަ ކައުންސިލުން ޖެހޭނެ މަގުގެ ދެކާއިރި ސާފްކޮށް، މަގުމައްޗަށް ވިނަ ނާންނަ ގޮތަށް ސާފްކުރަން، ކައުންސިލްގެ މުވައްޒިފުން ލައްވާ ނަމަވެސް، ނޫނީ މުވައްޒިފުން ނަގާއިގެން ނަމަވެސް، އެކަން ކުރަންޖެހޭނެ" ލ.ގަމުން ވާހަކަ ދެއްކި ޒުވާނަކު ބުންޏެއެވެ.

ލިންކު ރޯޑްގެ ބައެއް ހިސާބުތަކުގައި ، ޕޭމަންޓް ނުފެންނަ ވަރަށް ވިނަ ބޯވެފައި

ރައްޔިތުންދެކޭ ގޮތުގައި މިކަމުގެ ޒިންމާ ނަގަންޖެހެނީ ގަމު ކައުންސިލުންނެވެ. އެހެންނަމަވެސް ގަމު ކައުންސިލްގެ ބައެއް މެމްބަރުންގެ ހިޔާލު މިކަމުގެ ތަފާތެއެވެ. އެމީހުން ދެކޭ ގޮތުގައި ލާމް ލިންކް ރޯޑް ކައުންސިލުން ބަލަހަށްޓަން ޖެހޭނީ ، އެ މަގު ރަސްމީކޮށް ގަމު ކައުންސިލާއި ހަވާލުކުރުމުނެވެ. މިހާރު އެ މަގަކީ ހައުސިންގް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް މަގައެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގަމު ކައުންސިލްގެ ރައީސް މުހައްމަދު ސިޔާމް ވިދާޅުވީ ލިންކު ރޯޑްގެ މަސައްކަތް ނިންމާފައި ހައުސިންގް މިނިސްޓްރީ އެ މަގު ބަލަހައްޓަން ބަޔަކާއި ހަވާލުކޮށްފައި ނުވާ ކަމަށެވެ. މަގު ބަލަހައްޓަން ބަޔަކާއި ހަވާލުކުރިތޯ ސާފްކުރުމަށް އެ މިނިސްޓްރީއަށް ސިޓީ ފޮނުވުމުން ވެސް ޖަވާބް ނުލިބޭ ކަމަށެވެ. އެހެންކަމުން ، އެ މަގު ސާފް ކުރުމުގެ މަސައްކަތް ކައުންސިލްގެ މުއައްޒިފުން ކުރަމުން އަންނަ ކަމަށް ސިޔާމް ވިދާޅުވިއެވެ. ބޮޑު މަގަކަށް ވުމުން އެ މަގު ސާފްކުރުމަށް ގޮންޖެހުންތަކާއި ކުރިމަތީވާ ކަމަށް ވެސް އެނާ ވިދާޅުވިއެވެ. އެގޮތުން މުއައްޒިފުންގެ މަދުކަމާއި، މަގު ސާފް ކުރުމަށް މެޝިނަރީ ނެތުމުން ދަތިތަކާއި ކުރިމަތިވާ ކަމަށް ވިދާޅުވިއެވެ.

" މިހާރު ވާން އޮންނަ ވަރަށް ސާފް ކުރަމުން މި ދަނީ ، މަސައްކަތް ނިންމާފައި ބަޔަކާއި ހަވާލުކުރި ކަމެއް ނޭގެ، ހައުސިންގް މިނިސްޓްރީއަށް މަގު ކޮން ބަޔަކާއި ތޯ ހަވާލުކޮށްފައި އޮތީ ބަލަން ސިޓީ ފޮނުވާފައި ވަނީ، ޖަވާބެއް ނުލިބޭ، އެ ސީޓީގައި ލިޔެފައި ވަނީ މަގު ވިނަ ވަމުންދާތީ، މަގު ސާފްކުރަން ބަޔަކާއި ހަވާލުކުރިތޯ ބަލަން" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ކައުންސިލްގެ މަސައްކަތު މުއައްޒިފުން ލައްވާ މަސައްކަތް ކުރެވޭނީ ރަސްމީ ގަނޑީގައި ކަމަށެވެ. ކައުންސިލްގެ މަސައްކަތު މީހުންނަކީ މީހާރު ވެސް ގަމުގެ އިޖުތިމާއީ ބައެއް އެހެން ސަރަހައްދުތަށް ވެސް ސާފް ކުރާ ބައެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ހަމަދު ސުކޫލް ކުރިމަތީގައި، ތާރުގަނޑު  މަތީގައި ވެލި ބޯވެފައި

" މީހުންގެ ދަތިކަން ، މުއައްޒިފުން މަދުވުމުން ސާފް ކުރެވީ ރަސްމީ ގަޑީގައި، އެކަމް ބަޖެޓެއް އޮވެއްޖެނަމަ ، ބަޔަކާއި ހަވާލުކޮށްގެން މަސައްކަތް ކުރެވޭނެ ، ބަޖެޓްގެ ދަތިކަން އިންތިހާއަށް ބޮޑު ، މީގެ ކުރިން އިޖްތިމާއި ސަރަހައްދުތަށް ސާފްކުރުމަށް ހަ ލައްކަ ރުފިޔާ ބަޖެޓުން ލިބޭ، މިހާރު ލިބެނީ ތިން ލައްކައެއްހާ ރުފިޔާ، މަގު ނޫންނަސް އިޖްތިމާއި ސަރަހައްދުގެ ގޮތުގައި ކައުންސިލުން ބަނދަރާއި، ކުޅިވަރު ދަނޑުތަކާއި އެނޫންވެސް ތަންތަން ސާފް ކުރަން ޖެހޭ، މިހާރު މަގު މި ސާފް ކުރަނީ ފިހިގަނޑުން ، މެޝިނެން ނެތި އަސްލު ތާރު މަތީގައި ހުރި ވެލިތަކެއް ރީތި ކޮށް ސާފެއް ނުކުރެވޭނެ" ސިޔާމް ވިދާޅުވިއެވެ.

މިއީ ކައުންސިލްގެ ވަހާކައެވެ. ހައުސިންގް މިނިސްޓްރީން މަގު ސާފް ކުރުމަށް ބަޔަކާއި ހަވާލުކުރުމަށް މި އަހަރުގެ ކުރީ ކޮޅުގައި ވަނީ އިއުލާން ކޮށްފައެވެ. އެހެންނަމެސް ބަޔަކާއި ހަވާލުކުރި ކަމެއް ނޭގެއެވެ. ހަމަޔަގީންނުން ވެސް މަގު ސާފެއް ނުކުރެއެވެ. މިކަމާއި ގުޅިގެން ހައުސިންގް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

 

މިއީ ހައްލެއް ބޭނުންވެފައިވާ ކަމަކެއެވެ. ގަމު ލިންކު ރޯޑުގެ ސާފްކޮށް ބަލަހައްޓަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
11%
13%
22%
41%
14%
0%
ކޮމެންޓް
24 ޖުލައި 2017 | ހޯމަ 19:03
ޚީޟ
މަގެއް ދިނީމާ ބަލަހައްޓަން ނޭގުނު ބަޔަކަށް..........
24 ޖުލައި 2017 | ހޯމަ 11:43
heta
ދުނިޔޭގެ އެހެން ތަންތަނުގައިވެސް ހައިވޭ ޓޯލްފީ ނަގާގޮތަށް ފީ ނަގާފައި އެލިބޭ ލާރިން މަގަ ބަލަހައްޓަންވީ. މުޅު ރައްޔިތުންގެ ޓެކްސް ފައިސާއިން ތިރަށު ހައިވޭ ބަލަހައްޓާކަށް ނުޖެހޭ. މިހާރު ރިވެތިދޯ؟
24 ޖުލައި 2017 | ހޯމަ 08:46
މާޖިދު
އެތަށް، ވެހިކަލްތަށް، މި ދެލަފުޒުގައި މިއޮތް ށަވިޔަނި ސުކުނަކީ ދިވެހިބަހުގެ ކޮން ހަމައަކުން ޖަހާފައި އޮތް ސުކުނެއް؟ ދިވެހިބަހުގެ ގަވާއިދުން އެތަނުގައި އޮންނާނީ އަލިފު ސުކުން. އެއީ، އެ ސުކުން ބަދަލުވާނީ ކާފެއްގައި ފިލިޖެހޭގޮތަށް "އެތަކެއް" ވެހިކަލްތަކެއް" މިގޮތަށް. ށަވިޔަނި ސުކުން ކުރެވޭނީ އަކުރުގައި ފިލިޖަހާއިރު ށަވިޔަނީގައި ފިލިޖެހޭ ތަންތަނުގައި. ނޫސްވެރިކަން ކުރާއިރު ދިވެހިބަހުން ލިޔެކިޔާގޮތް ދަސްކުރަންވީނު
24 ޖުލައި 2017 | ހޯމަ 08:37
ހަސަން
ދެވަނަ ޕެރެގްރާފުގައި އެބައޮތް "މާއްދޫ" ކިޔާ ރަށެއްގެ ވާހަކަ. އެއީ ކޮންތާކު އޮތް ރަށެއް. ކައްދޫއާ ޖެހިގެން އޮންނަ ރަށަށް ކިޔަނީ "މާންދޫ". ނޫސްވެރިކަން ކުރާއިރު ރަށްރަށަށް ކިޔާ ނަންނަންވެސް ރަނގަޅަށް ނޭނގޭ