ކ. މާލެ
|
22 ޖުލައި 2017 | ހޮނިހިރު 16:05
ފިލްމު "ހައްދު" ގެ ޕޯސްޓަރެއްގައި ފިލްމީ ތަރި ރިޝްފާ
ފިލްމު "ހައްދު" ގެ ޕޯސްޓަރެއްގައި ފިލްމީ ތަރި ރިޝްފާ
ފޭސްބުކް
ހައްދު
"ހައްދު" ގެ އޮފިޝަލް ޓްރެއިލާ ނެރެފި
 
"ހައްދު" ސިނަމާތަކަށް އަންނާނީ ސެޕްޓެމްބަރ 6 ގައި

ޑައިރެކްޓަރ ފައްތާހުގެ އެންމެ ފަހުގެ ފިލްމު "ހައްދު" ގެ ޓްރެއިލާ އޮފިޝަލްކޮށް ރާއްޖެޓީވީ މެދުވެރިކޮށް ނެރެފިއެވެ.

މި ޓްރެއިލާ ނެރުމަށް ފަހު ޑައިރެކްޓަރ ފައްތާހު ބުނި ގޮތުގައި ރާއްޖެޓީވީ މެދުވެރިކޮށް ހައްދުގެ ޓްރެއިލާ ނެރުނީ އޮފިޝަލް މީޑިއާ ޕާޓްނާ ކަމަށް ވާތީ އެވެ. 

މިމަހުގެ ތެރޭގައި ވަނީ "ހައްދު"ގެ ޓީޒާ ވެސް ނެރެފައެވެ. 

 ފައްތާހު ބުނީ އޮގަސްޓް 6، 2017 ގައި މި ފިލްމުގެ ޓިކެޓް ވިއްކުމަށް ފަށާއިރު ފިލްމުގެ 87 ޕަސެންޓް މިހާރު ނިމިފައި ވާކަމަށެވެ.

"ހައްދު" ޝޫޓިން ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް އެފިލްމުގެ  މުޅި ކްރޫގެ ހީވާގިކަން ފައްތާހު ފާހަގަކުރެއެވެ.

ފައްތާހު ބުނީ މި ފިލްމުގައި ދިވެހިންގެ ހިތްތަކަށް ބޭނުންވާނެ ތަފާތު ރަހަތައް ފެންނާނެ ކަމަށެވެ.

"މި ފިލްމުގެ ޕްރެޒެންޓޭޝަން ތަފާތު ވާނެ.. ހުށައަޅައިދިނުން... ބަލާލަން ހިއްގައިމު ވާނެ...މިހާތަނަށް ދިވެހި ފިލްމަކުން ނުފެންނަ މަންޒަރުތައް ފެންނާނެ،" ފައްތާހު ބުންޏެވެ.

ސެޕްޓެމްބަރު 6 ގައި ސިނަމާތަކަށް ނިކުންނަ މި ފިލްމުގެ ހުރިހާ ޝޯއެއްގެ ޓިކެޓް ވެސް ވިއްކާނީ 100ރ. އަށް ކަމަށް ފައްތާހު ބުންޏެވެ.  

މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު ބަލާލުމުން "ހައްދު ފަހަނަ އެޅުމުން" ވާނެ ގޮތް އެނގިގެން ދާނެ ކަމަށް ވެސް ބުންޏެވެ. މި ފިލްގެ މަންޒަރުތައް ނަގާފައި ވަނީ ހއ. ކެލާ، ރ. ވާދޫ، މާލެ އަދި މާލެ ކައިރި ރިސޯޓްތަކުގައެވެ.

ތަރިންގެ ރޯލުން ފެނިގެން ދަނީ މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ ޝިބާން އަހުމަދު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
40%
10%
10%
40%
0%
0%
ކޮމެންޓް