ކ. މާލެ
|
21 ޖުލައި 2017 | ހުކުރު 23:00
ބަކަރީގެ ބިރުވެރި ސޫރަ
ބަކަރީގެ ބިރުވެރި ސޫރަ
ގޫގުލް
އާދަޔާ ޚިލާފު ބަކައްޓެއް
އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!
 
މި ބަކަރި،ގިނަ މީހުން ސިފަކުރީ ހައިވާނީ ސޫރައެއްގެ ގޮތުގައި
 
މި ބަކަރި އޭތީގެ ވެރިމީހާއަށް ފެނުމުން އޭނާއަށްވެސް ފުރަތަމަ ލިބުނީ ހައިރާންކަމެއް

އާޖެންޓީނާގެ ސެން ލުއިސް ޕްރޮވިންސަށް އުފަންވި އާދަޔާ ޚިލާފު ބަކަރިއެއް ސަބަބުން ސަރަހައްދުގެ މީހުން ބިރުގަންނަވާލައިފިއެވެ.

 

އުފަންވިއިރު ރަނގަޅަށް ފުރިހަމަ ނުވާ މި ބަކަރި އޭތީގެ ވެރިމީހާއަށް ފެނުމުން އޭނާއަށްވެސް ފުރަތަމަ ލިބުނީ ހައިރާންކަމެކެވެ.

 

އެތަށް ބައެއްގެ ސަމާލުކަން މި ބަކަށްޓަށް ހުއްޓި އޭތި ބަލާލުމަށް ގްލޭޑީސް އޮވެއިޑޯގެ ފާމަށް ދަނީ ޒިޔާރަތް ކުރަމުންނެވެ. ދެ ލޯވަރަށް ބޮޑަށް ބޭރަށް ނުކުމެފައިވާ މި ބަކަރީގެ ތުންފަތް ވައްތަރުވަނީ އިންސާނެއްގެ ތުންފަތާއިކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އޭތީގެ މުޅި ސޫރައަށް ބަލާ ގިނަ މީހުން ސިފަކުރީ ހައިވާނީ ސޫރައެއްގެ ގޮތުގައެވެ. އަދި ބައެއް މީހުން ބިރުން ވަނީ ފުލުހުންނަށް ވެސް ގުޅާ ރިޕޯޓްކޮށްފައެެވެ.

 

އޭތީގެ ސޫރައަށް އެހޭ ބޮޑު ބަދަލެއް އައިސްފައިވަނީ، ބޯ ރަނގަޅަށް އުފެދިފައި ނުވާތީކަމަށް އެކްސްޕާޓުންވަނީ ބުނެފައެވެ.

 

 

މި ބަކަރީގެ ވެރިމީހާ އާއި ހަވާލާދީ ޔޫކޭ މިރާރ ގައި ބުނެފައިވަނީ، އެ ބަކަށްޓަށް އެހަ ބޮޑު ސަމާލުކަމެއް ލިބުނީ އޭނާގެ ދަނބިދަރިއަކު އެތީގެ ފޮޓޯއެއް ނަގާ ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމުންެނެވެ. އެތަށް ބަޔަކުވަނީ އެ ފޮޓޯ ޝެއާކޮށްފައެވެ.

 

ވެރިމީހާ ގްލޭޑީސް އޮވެއިޑޯ ބުނީ، އަލަށް އުފަންވި ޅަ ބަކަރީގެ ހާލު އެހާ ގޯސް ނޫންކަމަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
21%
16%
13%
28%
21%
0%
ކޮމެންޓް
22 ޖުލައި 2017 | ހޮނިހިރު 16:34
ގޯސް
ގޯސްހަދާފަ ތިއޮތީ
22 ޖުލައި 2017 | ހޮނިހިރު 11:12
ޟޟ
ސޫރަ ބަދަލު ނުވެނުހުންނާނެ ދޯ ބަޔެއް އިންސާނުން ބަކައްޓެއް ވިޔަސް ދޫކުރަނީކީ ނޫން ވިއްޔަ