ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 08:27
ރާއްޖޭގެ ރައީސް ކަމުގެ މަގާމާ އަބްދުﷲ ޔާމީން ހަވާލުވެވަޑައިގަންނަވަނީ
ރާއްޖޭގެ ރައީސް ކަމުގެ މަގާމާ އަބްދުﷲ ޔާމީން ހަވާލުވެވަޑައިގަންނަވަނީ
ރައީސް އޮފީސް
ހުރިހާ ކަމެއް ކޯޓުން
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!
 
އިދިކޮޅު ސިޔާސީ ލީޑަރުންގެ މައްޗަށް ގިނަ ތަހުމަތު ތަކެއް، އިދިކޮޅު ގިނަ ބޭފުޅުންގެ މައްޗަށް ދަނީ ޝަރީއަތް ހިންގަމުން
 
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުގެއްލޭނެ ހާ ގޮތަކަށް ސަރުކާރުން ދަނީ ކަންކަން ރާވަމުން
 
އިންތިހާބުވީ ކޯޓުން ވެރިކަން ދަމަހައްޓަނީ ވެސް ކޯޓުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިމަން މަނިކުފާނު މިދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތައް ބަލިކޮށްލީ "ހަމަ ވަރަށް ސަޅިކޮށް" ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެފައިވެ އެވެ. ރައީސް ޔާމީން އެގޮތަށް ވިދާޅުވިއިރު، ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވި ގޮތް ދިވެހި ރައްޔިތުންނަށާއި ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކަށް ވަރަށް ސާފުކޮށް އެނގެއެވެ.

މިއީ ދުނިޔޭގައި ވެސް މިފަދަ ގޮތަށް ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އަށް ވުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެވެ. ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވިއިރު ރިޔާސީ އިންތިހާބުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ހިނގާ ގޮސްފައިވެއެވެ. އޭގެ ތެރެއިން ހިނގާފައިވާ ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމުވެ. އެ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލް ކުރިއިރު، ޖުމްހޫރީ ޕާޓީން ހުށަހެޅި އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވެ، ޕީޕީއެމްއިން ވެސް ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކުރުމަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ. އެންމެ ހެއްވާ ކަމަކީ ރިޔާސީ އިންތިހާބު ބާތިލް ކުރަން އެ އިންތިހާބުގައި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓަށް ނޭނގޭ ކަމަށް ވިދާޅުވެފައި ވާތީ އެވެ.

އިންތިހާބު ބާތިލް ކުރުމަށް ހުށަހެޅި ކަންކަމަށް ބަލާއިރު، އެންމެ ފާހަގަ ކޮށްލެވެނީ ދިރިތިބި ބަޔަކު މަރުވެފައިވާ ބަޔަކަށް ހަދާ ފުލުހުން ފޯރުކޮށްދިން އިންޓެލިޖެންސް ރިޕޯޓެވެ. މަރުވެފައިތިބި ބަޔަކު ވޯޓް ލާފައިވާކަމަށް ބުނެ، އަދި ވޯޓުލުން ހައްގު ނޫން ބަޔަކު ވޯޓްލާފައިވާ ކަމަށްބުނެ ހުށަހެޅި އިންޓެލިޖެންސް ރިޕޯޓަކީ މިހާތަނަށް ފުލުހުން ތައްޔާރުކުރި އެންމެ ހެއްވާ އިންތެލިޖެންސް ރިޕޯޓެވެ. އެ ރިޕޯޓްގެ މައްޗަށް ބިނާކޮށް ދިވެހި ރައްޔިތުން ލާފައިވާ އެ ވޯޓް ސުޕްރީމް ކޯޓުން ބާތިލްކުރުން ވެގެންދިޔައީ ރައީސް ޔާމީން ވިދާޅުވާ ގޮތުން އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ލިބިގެންދިޔަ ވަރަށް ފަހި ފުރުސަތެކެވެ. އެވަރުންވެސް އަދި ނުނިމެ އެވެ. ދެން ބޭއްވި އިންތިހާބުގެ ވޯޓުލުން އެންމެ ފުލުހެއް ނިކުމެ ހުއްޓުވިތައް ވެސް ފެނިގެންދިޔަ އެވެ.

"ވޮއިޑް އެބް އިނިޝިއޯ"ގެ ނަމުން މަޝްހޫރު ގާނޫނީ ވަކީލެއްގެ ވާހަކަތައްވެސް ރިޔާއަތް ކުރުމަށްފަހު، ސުޕްރީމް ކޯޓުން، އާއްމު އިންތިހާބުތަކުގައި ވޯޓުލުމުގައި އަމަލު ކުރާނެ ގައިޑް ލައިނެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރުނުއިރު، ރިޔާސީ އިންތިހާބަށްފަހު އެ ގައިޑް ލައިން އޮތްތަން އެނގޭ ބަޔަކު މިގައުމަކު ނޫޅެއެވެ. މިއަދު އެ މަޝްހޫރު ގާނޫނީ ވަކީލު ހުންނެވީ ރައީސް ޔާމީންގެ ލީގަލް އެފެއާރޒް މިނިސްޓަރަކަށެވެ.

މިހާރުވެސް "ހަމަ އެހާމެ ސަޅިކޮށް" ކަންކަން ކުރައްވާ ތަން މިދަނީ ފެންނަމުންނެވެ. މިހާރު ހިންގާ އެންމެ ސަޅި ކަންކަން ކުޑަކޮށް ފާހަގަ ކޮށްލާނަމެވެ.

މިއީ ޑިކޮމްރެސީގެ ނިޒާމުގެ ތެރެއިން ހިނގާ ގައުމެއް ކަމަށް ސަރުކާރުގެ ވެރިން ވިދާޅުވާއިރު، ދިމާގްރަތީ މިނިޒާމުގައި ވަކި އާއިލާއަކަށް ބެލުމެއް ނެތި ގާނޫނު ހުރިހާ ފަރާތްތަކެއްގެ މައްޗަށް ވެސް ހިނގާނެ ކަމަށް ބުނެއެވެ.

ސަރުކާރުގެ އިސްވެރިންގެ ބަސްމަގު ހުރި ގޮތުން ފާހަގަވި ކަމަކީ، ދިމަގްރަތީ ނިޒާމެއް ހިންގުމަށް ބޭނުންވާ އެންމެ މުހިއްމު ކަމަކީ ހުރިހާ ބާރުތަކެއް ސަރުކާރުގެ މުށުތެރޭގައި ބޭއްވުމެވެ. އެގޮތުން ފުރަތަމަ ކަމަކަށް ކުރަންޖެހޭ ކަމަކީ ސަރުކާރުގެ މުށުތެރޭގައި ގާނޫނު ހަދާ މަޖިލިސް ބޭއްވުމެވެ. ގާނޫނު ހަދާ މަޖިލިސް ސަރުކާރުގެ މުށު ތެރެއިން ދޫ ނުވާނެ ގޮތަށް ދައުލަތުގެ އަނެއް ބާރު ކަމަށްވާ ސުޕްރީމް ކޯޓުން ސަރުކާރަށް އެހީތެރިކަން ބޭނުންވެއެވެ.

ގާނޫނު ހަދާ މަޖިލިސް ސަރުކާރުގެ މުށުތެރޭގައި ބޭއްވުމަށް ހެޔޮވަރު ވަރުގެ ބަންޑާރަ ނައިބެއް އައްޔަން ކުރަންޖެއެވެ. އެ ބަންޑާ ނައިބަށް ލަފާ އެރުވުމަށާއި ރައީސަށް ލަފާއެރުވުމަށް ހަމަ އެވަރުގެ ފުންނާބުއުސް، އަދި ސަރުކާރުން ބޭނުން ނޫން ގޮތަށް ކަމެއް ހިނގާނަމަ "ވޮއިޑް އެބް އިނިޝިއޯ" އޭ ބުނުމުގެ ހިތްވަރުހުރި އުސްތާޛާއެއް ހުންނަޖެހެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމުން ފައިސާ ބެހިނަމަވެސް، އެއީ ކޮރަޕްޝަނެއް ނޫންކަމާއި އިދިކޮޅު ސިޔާސީ ޕާޓީއަކުން ގާނޫނު ހަދާމަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމަށް ސޮއި ހޯދުމާއި ހާއްސަކޮށް ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަކީ އެއީ ވަރަށް ބޮޑު ޖިނާއީ ކުށެއް ކަމަށް ބުނެވޭ ވަރުގެ ކޮމިޝަނަރު އޮފް ޕޮލިސްއެއް ހުންނަޖެހެ އެވެ. އަދި ފުލުހުން ބުނާހާ ގޮތަށް ކޯޓު އަމުރު ނެރެދެވޭނެ ކޯޓެއް މުށު ތެރޭގައި ބޭއްވުމަކީ ވެސް މި ސަރުކާރުގެ އިސްވެރިން ވިދާޅުވާ ދިމަގްރާތީ ނިޒާމު ހިންގުމަށް ބޭނުންވާ ވަރަށް އަސާސީ ކަންކަމެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ނަގައިފިނަމަ ހަދާނެ ގޮތްތައް ވަރަށް ރަނގަޅަށް އެއްކަލަ ބަންޑާރަ ނައިބާއި ލީގަލް އެފެއާރޒު މިނިސްޓަރަށް އެނގިވަޑައިގަންނަވާނެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ލިބުނަ ނުދިނުމަށް ކުރެވިދާނެ ކަންކަން އެބަހުޓެވެ.

އެގޮތުން ސުޕްރީމް ކޯޓުން ހުކުމެއް ހޯދާނީ އެވެ. އެހުކުމުގައި ސިޔާސީ ޕާޓީއަކުން ވަކިވާ ނުވަތަ ވަކި ކުރާ މެމްބަރަކު، އެމެމްބަރަކު ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލް ކުރައްވާ ގޮނޑި ގެއްލޭގޮތަށް ކޮންެމެހެންވެސް އޮންނަން ވާނެ އެވެ. އެކުމް ކުރުމުގެ ކުރިން ސަރުކާރު ހިންގާ ޕާޓީން ވަކިވެފައިވާ މެމްބަރުންގެ ގޮނޑި ގެއްލުވާލުމަށް ބޭނުންވާނީ ކުރިން "ބޯއީ"އެއްގެ ގޮތުގައި އުޅުއްވި އިލެކްޝަންސް ކޮމިޝަނަރަކެވެ. އޭރުން ސަރުކާރު ނިސްބަތްވާ ޕާޓީން ކުރިން ވަކިވެފައިވާ މެމްބަރުންގެ ގޮނޑިވެސް ގެއްލިއްޖެ ކަމަށް ނިންމި ދާނެތާއެވެ.

ރަނގަޅެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ފަރާތްތައް "ހަަމަ ވަރަށް ސަޅިކޮށް" ބަލިކޮށްލުމަށްފަހު އެވެ. އަދި މިހާރު ތިޔަ ކުރައްވާ ކަންކަން އެއަށްވުރެ "މާ ސަޅި" އެވެ. އެންމެ ސަޅި ކަމަކީ ވެރިކަމަށް ވަޑައިގެންެނެވީ ކޯޓުން ނެވެ، ވެރިކަން ދަމަހައްޓަނީވެސް ކޯޓުން ކަމަށްވާތީ އެވެ.

ސަރުކާރުން ހިންގަނީ ދިމަގްރާތީ ނިޒާމުގެ ތެރެއިން ކަމަށް ބުނާއިރު، ދިވެހިން ބުނަމުންދަނީ ސަރުކާރުން ހިންގަމުންދަނީ "ދިމާ ކުރާ ނިޒާމު"ގެ ދަށުން ކަމަށެވެ. އިދިކޮޅުގައި ތުހުމަތެއް ނެތް ދައުވާއެއް ނުކުރާ ލީޑަރެއް ނެތެވެ. އިސްކޮށް އުޅުއްވާ މެމްބަރުން ތިއްބެވީ ޖަލަށް ދާންޖެހޭނީ އަދުތޯ މާދަންތޯއޭ ހިތައް އަރާވަރުން ރަނގަޅަށް ހަމަ ނިދިވެސް ނުނިދިފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
8%
9%
6%
65%
13%
0%
ކޮމެންޓް
23 ޖުލައި 2017 | އާދީއްތަ 19:23
އަލީ ހަމީދު
މިރިޕޯޓްގަވާ ފޮޓޯއިންފެންނަގޮތުގައި ޔާމީނު އެހުންނެވީ ފަނޑިޔާރަށް ކުރިމަތިލައިގެންނެއްނޫން، ޤާނޫނު އަސާސީބުނަނީ ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވަންވާނީ ފަނޑިޔާރުގެ ކުރިފުޅުމަތީގަކަމަށް މިހެންވެގެންތާ މީނަ ހުވަޔަށް އިޙްތިރާމް ނުކުރަނީ
20 ޖުލައި 2017 | ބުރާސްފަތި 17:37
42
އަތޮޅު ތެރޭގެ 45 ރަށެއްގައި ބޯފެން ރާއްކާ ކުރާ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ކުރުމަށް ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ!؟
20 ޖުލައި 2017 | ބުރާސްފަތި 14:40
42
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، (މިކަން) ހާމަކޮށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށްޓަކައި އެކުލަވާލި ކޮމިޝަނެއް ކަމަށެވެ!؟ ކޮމިޝަން އޮން ސުޓޭޓް އެސެޓް ރިކަވަރީގެ ނަމުގައި އުފައްދާފައިވާ މި ކޮމިޝަނުން އޮޑިޓާ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާހަގަކޮށްފައިވާ ހިޔާނާތްތައް ހޯދުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ!؟ އަނިލް ވިދާޅުވިގޮތުގައި!؟
20 ޖުލައި 2017 | ބުރާސްފަތި 14:31
42
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިދިކޮޅު ފަރާތްތަކުން މީގެކުރިން ވެސް ދެފަހަރެއްގެ މަތިން މަޖިލީހަށް ވެއްދިއިރު، ވަނީ ބޮޑު ތަފާތަކުން ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި މަޖިލީހުގެ ނައިބު ރައީސް އާއި ދެކޮޅަށްވެސް މީގެ ކުރިން އެފަރާތްތަކުން ވެއްދި އިތުބާރު ނެތްކަމުގެ މައްސަލައެއް ނާކާމިޔާބު ވެފައި ވެއެވެ!؟ ނަމަވެސް މިފަހަރުގައި، ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮޔާއެކު މައްސަލަ ވެއްދުމުގެ ފުރުސަތު ލިބުމުން އިދިކޮޅު ފަރާތްތަކުން ތިބީ މަސީހު މަޤާމުން ދުރުކުރެވޭނެކަމުގެ ވަރަށް ބޮޑު އުންމީދެއްގައެވެ!؟
20 ޖުލައި 2017 | ބުރާސްފަތި 14:26
42 ހ މ ޒ
"މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 42 މެމްބަރުންގެ އަދަދު އުނިވެފައިވާތީ މިހާރު އެ މައްސަލަ ބާތިލުވެފައިވާ ވާހަކަ ދެންނެވީމެވެ،" މެމްބަރުންނަށް މަޖިލީހުން ފޮނުއްވި ސިޓީގައި ވެއެވެ!؟
20 ޖުލައި 2017 | ބުރާސްފަތި 13:56
ކޮސްވެއްޖެ
މިގައުމުގެ ކޯޓުތަކުން ހަމަ އެކަނި އިންސާފު ހޯދަ ދެނީ ޔާމީނަށް އެކަނި.