ކ. މާލެ
|
19 ޖުލައި 2017 | ބުދަ 18:06
މުޒާހަރާއެއްގެ ތެރެއިން
މުޒާހަރާއެއްގެ ތެރެއިން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް
 
އަދްލު އިންސާފް ޤާއިމް ކުރެވޭކަމަކަށް ގިނަ މީހުން ޤަބޫލެއް ނުކުރޭ
 
ރޯމާ ދުވާލު ކަންކަން ކުރާގޮތުން ރައްޔިތުން ތިބެނީ ކަންބޮޑުވެފައި
 
ޤާނޫނީ ވަކީލުން ބުނަނީ ވެރިކަން ކުރަމުންދަނީ ޤާނޫނީ ހަމަތަކުގެ ބޭރުން ކަމަށް

ޤާނޫން އަސާސީގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށެނީ ދިވެހި ރައްޔިތުންކިބައިން ކަމަށެވެ. އަދި އެބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގާ ކަމަށެވެ.

އެ ޤާނޫން އަސާސީއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގައި ޤާނޫން ހެދުމުގެ އެންމެހައި ބާރުތައް ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ވަކިވެފައިވާ ބާރުތަކުގެ ތެރެއިން އަނެއް ބާރަކީ ޤާނޫން އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވާ ރައީސުލް ޖުމްހޫރިއްޔާއެވެ. ހަމަ އެހެންމެ އަނެއް ބާރަކީ ޤާނޫން އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޢަދްލު އިންސާފްގެ ބާރު ލިބިގެންވާ ދިވެހިރާއްޖޭގެ ކޯޓުތަކެވެ.

ޤާނޫން އަސާސީގައި މިވާހަކަތައް މިގޮތަށް ބުނެފައިވަނީ ކޮންމެހެން އެއްޗެއް ލިޔާކަށް ނޫނެވެ. ޤާނޫން އަސާސީއެއް ހަދަން ޖެހެނީ އެރައްޔިތުންނަށް ކަމަށް ވާތީއެވެ.

އެކަމަކު ރާއްޖޭގެ ރައްޔިތުން ގާތްގަނޑަކަށް އެޤާނޫން އަސާސީގެ ފޮނި މީރުކަމުން މިހާރު މިވަނީ މަހްރޫމްވެފައެވެ. އެރައްޔިތުންގެ ޙައްޤުތައް ގެއްލި ނިކަމެތިވެފައެވެ. ޤާނޫނެއް ޤަވާއިދެއް އަދި އަމުދުން ޤާނޫން އަސާސީއެއް މިހާރު މިޤައުމުގައި އޮތްކަމަކަށް ގިނަބަޔަކު ޤަބޫލެއް ނުކުރެއެވެ. ފެންނަނީ ހުރިހާ ބާރަކީވެސް ރައީސުލް ޖުމްހޫރިއްޔާކަމަށް އަމިއްލައަށް ކަނޑައަޅައިގެން ކުރިއަށް ގެންދާތަނެވެ. ސަރުކާރުން ބޭނުންވި އެއްޗެއް ބޭނުންހާ ގޮތަކަށް އެހެރަ ގެންދަނީ ނިންމަމުންނެވެ. ޤާނޫނެއް ޤަވާއިދެއް އިންސާފުގެ ހަމައެއް އަމުދަކުން މިތާކު ނެތެވެ. ރޯމާ ދުވާލަށް މިހާރު ކަޅުފޮއި ރޭގަނޑޭ ހަމަ ނުބުނާކަމެވެ. އަންހެނުން ފިރިހެނުންނަށް ބަދަލު ނުކުރާކަމެވެ. ހަލާލު އަނބިމީހާއަކީ އެހެން މީހެއްގެ މިލްކެއްކަމާއި އޭނާއާއެކީ ރޭކުރާނީ އެހެން މީހަކު ކަމަށް ކަނޑައަޅާ ހާލަތައް ޤައުމު ވެއްޓިއްޖެއެވެ. ވައްކަންކޮށް ޤައުމު އެއްކޮށް ހުސްވެއްޖެއެވެ. ރޯމާ ދުވާލު މާސިންގާހާ ކޮރަޕްޝަން ހިންގާ ހެވިފައި ތިބޭއިރު އެއިން ކަމެއް ލޮލަށް ފެންނަ މީހާގެ ބުރިން ހަންނަގަން ފަށައިފިއެވެ. ރައްޔިތުން ކަޅާކޮށް އެރައްޔިތުން ކުޑަކަކޫ ޖައްސައިފިއެވެ.

ސަދޫމްގައިވެސް ކުރީ ވެރިކަމެކެވެ. އެޤައުމަށް ވީގޮތް ހަނދާނަށް ގެންނަނަމަ ރައްޔިތުންގެ ގައިން ހީބިހި ނަގައިގަނެގެން ދާނެއެވެ. އެހާލަތައް ދިވެހި ރާއްޖެ ވެއްޓިގެންދާއިރު މާތް ﷲ ގަންދީ ހުވާކޮށްގެން ތިބިމީހުން އަތްއުރާލައިގެން ތިބޭނަމަ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ.

ޤައުމަށްޓަކައި ދީނަށްޓަކައި އަދި ރައްޔިތުންނަށްޓަކައި މޭ އައްޑަނައަކަށް ދިއްކޮށްލާ ހިތުން ނިދިނައިސްގެން ތިބޭ މީހުން އެއީ ކަންދައްކަން ކިޔާއުޅޭ ލަވަޔަކަށް ހެދީމާ ތިއީ ބައެއް ކަމަކަށް މިއަދަކު ޤަބޫލު ކުރެވޭކަށް ނެތެވެ. ﷲ ގަންދީ ކޮށްގެން ތިތިބަ ހުވާ އުވާލާ ވަކިބައެއްގެ އަޅުންނަށް ވެވުނީމާ ރިހަބައެއް ނޫނޭ ބުނާނެ އެހެން ޖާގައެއް ނެތެވެ. ރައްޔިތުން ރޯމާ ދުވާލު ލޯބޯ ފިއްސައިގެން ހޯދާ ފައިސާކޮޅުން ކައިބޮއެ މަސްފަލަކޮށް ގަޔަށް ރީތި ޔުނީފޯމް ލައިގެން ދޮން އަންހެން ކުދިންނަށް ތިއްތި ދެއްކޭކަށް ތިޔައީކީވާ ރީތިކަމެއް ނޫނެވެ.  ޤާނޫން އަސާސީ ނަގަހައްޓައި ހަމަހަމަކަން ޤާއިމް ކުރުމަށް ނުކެރޭވަރުގެ ފިނޑި ބަޔަކަށް އެކަން ކުރަން މަތިވެފައިތިބި މީހުން ވެއްޓުނީމާ ހަތަރެސްފައިން ހޯހޯއޭ ބުނެ ދެން ރަނގަޅުވާނީ ތިކަމުން އެއްކައިރިވެލިއްޔާއެވެ. ހެދި މޮޅު ޓްރޭނިންގ ގެ ބޭނުމެއްނެތި އަމިއްލައަށް ބޮލާފޮށާއެޅުނީމާ ކޮންމެހެން އަންނައުނު އަނދެގެން މަގުމައްޗަށް ނުކުތުމުގެ ބޭނުމެއް ނެތެވެ.

ބާރު އޮތީތީ އެބާރު އިންތިހާއަށް ބޭނުން ކުރަމުންދާއިރު ވިސްނާލަން ޖެހޭ އެހެން ކަމެއްވެސް އެބައޮތެވެ. މުޅި ދުނިޔެއަށް އަތްގަދަ ކުރަމުން އައި ވެރިކަންތައް ބަސްބުނިހިނދުން ބިމާ ހަމަވިކަމެވެ. އެވެރިން ނިމިދިޔަ ގޮތެވެ. އަނިޔާވެރިންނަށް އެއަނިޔާ ތާއަބަދަށް ކުރިއަށް ނުގެންދެވުނުކަމެވެ. އެހާލަތު މަޑުމަޑުން ފެންނަމުންދާއިރު މަތިން ގަޑި ޖެހުމެވެ. ހާލަތު ބަދަލުވާކަށް ހަމަ ފަޅި ސިކުންތެއްހާ ހިނދުކޮޅެއްވެސް ނުނަގާނެއެވެ. ގޮޅިއަކަށްފަހު ގޮޅިއެއް ހުސްވެ އަތްޕުޅުގައި އޮތް ބޮޑު ބާރު އަތްދަށުން ދޫވާތަން ޚުދު ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާނެއެވެ. އެކަންކަމާ ކުރައްވާނެ ކަންކަން ހުސްވެ ފަސްމުގޫ ދޫވާ ކައިރިވީމާ ފަހު އެތިފަހަރަށްވެސް ތައްޔާރުވާކަހަލައެވެ. އެހާލަތަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނުކުމެ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނިހެން ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ނެގުންފަދަ ހާލަތަކަށް ހިނގައިދާނެއެވެ. ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން އެއްވިފަދަ ވަގުތެއް އަތުވެއްޖެ ނަމަ ވެރިކަން ދިފާއުކުރަން ނަގާ ހަތިޔާރަކަށް ބަޑި ނަގާފާނެ ކަމުގެ އަލާމާތްވެސް މިދަނީ ފެންނަމުންނެވެ. އެކަމަކުވެސް ތާއީދެއް ނެތި ކުރެވޭނެ ވެރިކަމެއް ނޯންނާނެއެވެ. ރައްޔިތެއް ނެތި ހިންގޭނެ ވެރިކަމެއްވެސް ނޯންނާނެއެވެ. ހަމަ އެހެންމެ ﷲ މިންވަރު ކުރެއްވީމާ ވެރިކަންވެސް ވެއްޓޭކަށް ލަހެއްފަހެއް ނޯންނާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
20%
20%
20%
30%
10%
0%
ކޮމެންޓް
24 ޖުލައި 2017 | ހޯމަ 15:15
ރައްޔިތު
ރައްޔިތުން ތިބީ ހަމަޖެހިލައިގެން ކަލޭމެން ޖަހާ ސަކަރާތްބަލަން. ރައްޔަތުން މިހާރު މޮޔަވެގެންނެތް ނޫޅެ
23 ޖުލައި 2017 | އާދީއްތަ 10:29
ޗޗޗޗޗޗ
މީގަ އެވަނީ މުޒާހިރާއެއްގެ ޕޮޓޯއެއް ނޫން
20 ޖުލައި 2017 | ބުރާސްފަތި 08:52
މަރީ
އާ ޔޫ ސީރިއަސް
19 ޖުލައި 2017 | ބުދަ 21:48
Hasan
Kaleymenge verimeehaa ves verikan kuree Yaameen e kuraa gothah. Kaleymenge verikan vettuneeves ehenvegen. Yaameen ge verikan ves iraadha kurevviyyaa v avahah vetteyne. Dhera kamakee verikamah hovaane rangalhu meehaku mihaaru siyaasee dhaairaagai ulhey meehun ge thereygai neiykan. Haththaaves thibee amilla edhumaaigen ulhey meehun. Thedhuveri ikhulaastheri meehaku neiy
19 ޖުލައި 2017 | ބުދަ 19:05
ގަނޖެ
އެހެންތަ